Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުނިއުރޭޑިއަންޓް

ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއެކު ނިއުރޭޑިއަންޓްގެ ފިޔަ އަތޮޅުތަކަށް ފަތުރާލަނީ!

6 ނޮވެމްބަރު 2023 | ހޯމަ 00:45

9 ރަށެެއްގައި އެކަޑަމީ ފަށައިފި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 6 ނޮވެމްބަރު 2023 | ހޯމަ 00:45
ނިއުރޭޑިއަންޓް އެކަޑަމީ

ނިއުރޭޑިއަންޓް އެކަޑަމީ

ޝައްކެއްވެސް ނެތް ގޮތުގައި އެއީ ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބެވެ. އެއީ ރާއްޖޭގެ އެންމެ ފަޚުރުވެރި ތާރީޚެއް އޮތް އެއް ކްލަބެވެ. އެއީ އެންމެ ކާމިޔާބު ކްލަބެވެ. އެއީ މިއަދު ދެވަނަ ޑިވިޝަނަސް ރެލިގޭޓްވެ, އަލުން ކުރީގެ މަގާމަށް ދިއުމަށް މަސައްކަތްކުރަމުން އަންނަ ނުލާއި ހުދުގެ ނިއުރޭޑިއަންޓެވެ.

ނިއުރޭޑިއަންޓް ރެލިގޭޓްވީ ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ނުދީ އޮތް މައްސަލާގައި ކުރިމަތިވި ސަސްޕެންޝަނާއެކު އެވެ. ފައިސާގެ ބޮޑު އަދަދެއް ދައްކާ ހަލާސް ކުރުމަށްފަހު އަލުން ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދަން ކުރާ މަސައްކަތާއެކު ނިއުރޭޑިއަންޓުން ވަނީ އެކްލަބްގެ ފިޔަ އަތޮޅުތަކަށް ފަތުރާލުމުގެ މަސައްކަތްވެސް ފަށާފައެވެ. އެއީ ކްލަބްގެ އެކަޑަމީތައް އަތޮޅުތަކުގައި ފަށައިގެންނެވެ. ނުލާއި ހުދުގެ ޖަރޒީގައި ނިއުރޭޑިއަންޓްގެ އެކަޑަމީ މިހާތަނަށް ނުވަ ރަށެއްގައި ފަށައިފިއެވެ.

 ނިއުރޭޑިއަންޓުން އަތޮޅު ތެރޭގައި ފެށި ފުރަތަމަ އެކަޑަމީ އަކީ އދ.މާމިގިލީގައި ފެށި އެކަޑަމީއެވެ. މީގެ ހަތަރު ފަސްމަހެއްހާ ދުވަސް ކުރިން ފެށި އެ އެކަޑަމީ ފެށީ ނިއުރޭޑިއަންޓުން ސްޕޮންސަރގެ ދަށުންނެވެ. ނިއުރޭޑިއަންޓުން ޖަރޒީއާއި ވަސީލަތްތައް ފޯރުކޮށްދީގެންނެވެ. އޭގެފަހުން ރ.މަޑުއްވަރީގައިވެސް ނިއުރޭޑިއަންޓްގެ އެކަޑަމީ ފެށީ މިއުޞޫލުންނެވެ. އެކަމަކު ތިންވަނަ އެކަޑަމީގެ ގޮތުގައި ރ.މީދޫގައި ނިއުރޭޑިއަންޓުން އެކަޑަމީ ފެށީ ސީދާ ކްލަބްގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ކްލަބްގެ އެކަޑަމީއެވެ. ކޯޗުން ހަމަޖައްސާ ކޯޗުންނަށް މުސާރަވެސް ދެނީ ކްލަބުންނެވެ. އޭގެ ފަހުން ފެށި ކޮންމެ އެކަޑަމީއެއް މެނޭޖްކުރަނީ ނިއުރޭޑިއަންޓުންނެވެ.

ރ.މީދޫގައި ހިންގާ އެކަޑަމީގައި ބޭރު ކޯޗެއްވެސް މަސައްކަތް ކުރެއެވެ. ނިއުރޭޑިއަންޓުން ބުނީ ބޭރު ކޯޗުން ގެންނަނީ އެކަމަށް އެދޭ, ކައުންސިލާ ގުޅިގެން ކޯޗުން އެކޮމެޑޭޓް ކުރެވޭ ރަށްތަކަށް ކަމަށެވެ. މީދޫގެ ފަހުން ފެށީ ބޮޑު ފުޓްބޯޅަ ދަނޑެއްވެސް އޮތް ދިއްފުށީގައެވެ. ނިއުރޭޑިއަންޓްގެ ކޯޗު އަހުމަދު ނިމާދު (ނިމާ) ބުނީ ދިއްފުށްޓަކީ ވަރަށް ހުނަރުވެރި ކުދިންތަކެއް ތިބި ރަށެއް ކަމަށެވެ. އަދި ބޮޑު ދަނޑެއް އޮތުމުން އެކަޑަމީ ހިންގަންވެސް ފަސޭހަ ރަށެއް ކަމަށެވެ.

ނިއުރޭޑިއަންޓުން އެކަޑަމީ ފެށި ފަސްވަނަ އަތޮޅަކީ އަދި ރަށަކީ ފ.މަގޫދޫ އެވެ. އެރަށުގައި ގިނަ ކުދިންތަކެއް ތިއްބަސް ބޮޑު ދަނޑެއް ނެތުމުން އޮތް ގޮންޖެހުން ބޮނޑެވެ. އެރަށުގައި އެކަޑަމީ ހިންގަނީ ފުޓްސަލް ދަނޑުގައެވެ. އޭގެފަހުން ފެށި ގއ.ވިލިގިނލީގައި އަށްޑިހަ އަށްވުރެ ކުދިން މިވަގުތުވެސް އެބަތިއްބެވެ. އެކުދިން ތަމްރީނު ކުރުމުގައި ބޭރު ކޯޗެއް މަސައްކަތް ކުރެއެވެ. ގއ. އަތޮޅުން ދެއްވަދޫ ގައިވެސް ނިއުރޭޑިއަންޓްގެ އެކަޑަމީ ވަނީ ފަށާފައެވެ. ދެއްވަދޫގައިވެސް ބޮޑު ދަނޑެއްގެ މަސައްކަތް ފަށާފައި ވިޔަސް ދަނޑު ނިމި ބޭނުން ނުކުރެވުމަކީ އޮތް ގޮންޖެހުމެކެވެ ލ.އަތޮޅުގައިވެސް ނިއުރޭޑިއަންޓްގެ އެކަޑަމީ އެއް އެބައޮތެވެ. އެއީ އިސްދޫ ގައެވެ. އެރަށުގައި އެކަޑަމީ ކުރިއަށް ގެންދަން އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ވަރަށް ރީތި ނެޗުރަލް ދަނޑެއް އޮތުމެވެ. އިސްދޫގައި އެކަޑަމީ ކުރިއަށް ގެންދަނީ ފަސްދޮޅަހަށްވުރެ ގިނަ ކުދިންނާ އެކުއެވެ. ނިއުރޭޑިއަންޓުން އެންމެ ފަހުން އެކަޑަމީ ފެށީ ރ.އުނގޫފާރު ގައެވެ. އެ އެކަޑަމީގައި ސަތޭކައެއްހާ ކުދިން އެބަތިއްބެވެ. އޮތް ދައްޗަކީ ދަނޑުގެ ދަތިކަމެވެ. އުނގޫފާރު ބޮޑު ފުޓްބޯޅަ ދަނޑު އަދި ނުނިމެއެވެ.

ފުރަތަމަ ދެ ރަށަށްފަހު ނިއުރޭޑިއަންޓްގެ އެކަޑަމީތައް ފެށީ ކޯޗު އަހުމަދު ނިމާދުގެ ސީދާ ބެލުމުގެ ދަށުންނެވެ. މިއަދު ނިއުރޭޑިއަންޓްގެ އެކަޑަމީތައް ކުރިއަށް ގެންދަނީ ނިމާގެ ލަފާގެ މަތީންނެވެ. ބައެއް ސެޝަންތަކަށް ސީދާ ނިމާ ދަތުރުކުރެއެވެ. މިވަގުތު ނުވަ އެކަޑަމީ އޮތަސް, އިތުރު ރަށްތަކުންވެސް ނިއުރޭޑިއަންޓްގެ އެކަޑަމީ އެރަށްތަކުންގައި ފަށަން ބޭނުންވެއެވެ. އެގޮތުން މިހާރުވެސް ހދ.ނޮޅިވަރަމާއި, ވައިކަރަދޫގެ ރިކްއިސްޓް އެބައޮތްކަމަށް ނިއުރޭޑިއަންޓުން ބުންޏެވެ.

ނިއުރޭޑިއަންޓް އަލުން ގަދަ ބާރަކަށް ވުމަށް ކުރާ މަސައްކަތުގައި މިއީ އެކްލަބުން އެޅި ހަރުދަނާ ފިޔަވަޅެކެވެ. ކްލަބްގެ ނަން އަތޮޅުތަކުގައި ގުގުމާލާ, ސަޕޯޓަރުންގެ އަދަދު އިތުރުކުރުމަށްވެސް އެކަޑަމީތަކުގެ ސަބަބުން ފުރުޞަތު ފަހިވެގެންދާނެއެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްކުޅިވަރު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި
09 ނޮވެމްބަރު 2025

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި
05 ނޮވެމްބަރު 2025

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް
08 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"
01 ސެޕްޓެމްބަރު 2025

ނިއު ރޭޑިއަންޓަށް ފުރަތަމަ ޑިވިޝަން އިން ޖާގަ ދޭން އެފްއޭއެމް އިން ނިންމައިފި

01 ސެޕްޓެމްބަރު 2025
ނިއު ރޭޑިއަންޓަށް ފުރަތަމަ ޑިވިޝަން އިން ޖާގަ ދޭން އެފްއޭއެމް އިން ނިންމައިފި
28 ޖޫން 2025

ނިއު އާއި ވިކްޓްރީ އަށް އަލުން އެފްއޭއެމްގެ މެމްބަރުކަން ދޭން ހިމަނައި، އަސާސީ ޤަވާއިދު ފާސް ކޮށްފި

28 ޖޫން 2025
ނިއު އާއި ވިކްޓްރީ އަށް އަލުން އެފްއޭއެމްގެ މެމްބަރުކަން ދޭން ހިމަނައި، އަސާސީ ޤަވާއިދު ފާސް ކޮށްފި
14 މެއި 2025

ނިއު ރޭޑިއަންޓުން ޓީސީ ބަލިކޮށްފި

14 މެއި 2025
ނިއު ރޭޑިއަންޓުން ޓީސީ ބަލިކޮށްފި
06 މެއި 2025

އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް

06 މެއި 2025
އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް
23 ނޮވެމްބަރު 2024

ނިއު އޮތީ ދަރަނީގައިކަން އިނގޭ، އެ ދަރަނިން ސަލާމަތް ކުރާނަން: މުބީން

23 ނޮވެމްބަރު 2024
ނިއު އޮތީ ދަރަނީގައިކަން އިނގޭ، އެ ދަރަނިން ސަލާމަތް ކުރާނަން: މުބީން
23 ނޮވެމްބަރު 2024

މުބީން ވިދާޅުވީ ނިކުންނެވީ ދިވެހި ފުޓުބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށް ކަމަށް!

23 ނޮވެމްބަރު 2024
މުބީން ވިދާޅުވީ ނިކުންނެވީ ދިވެހި ފުޓުބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށް ކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް