Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކްރިކެޓް ވޯލްޑްކަޕް

ފަޚުރުއްޒަމާނަށް، އިނާމަކަށް 1 މިލިއަން ރުޕީސް

ނިއުޒީލޭންޑް މެޗުގައި އޭނާ ވަނީ 81 ބޯޅައިން، ނުބައިނުވެ 126 ލަނޑު ހަދާފައި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2023 | ހޯމަ 13:30
ޕާކިސްތާނުގެ ކްރިކެޓް ކުޅުންތެރިޔާ، ފަޚުރުއްޒަމާން

ޕާކިސްތާނުގެ ކްރިކެޓް ކުޅުންތެރިޔާ، ފަޚުރުއްޒަމާން

ޕާކިސްތާނުގެ ބެޓްސްމަން ފަޚުރުއްޒަމާނަށް، އިނާމެއްގެ ގޮތުން އެއް މިލިއަން ރުޕީސް ދޭން ނިންމައިފިއެވެ.

ޕާކިސްތާނުގެ ކްރިކެޓް ބޯޑުން މިގޮތަށް ނިންމައި އެކަން އޭނާއަށް އެންގީ މެނޭޖްމަންޓް ކޮމިޓީގެ ޗެއަރމަން ޒަކާ އަޝްރަފް، ކުޅުންތެރިޔާއަށް ފޯނުން ގުޅައި ވާހަކަ ދައްކަމުންނެވެ.

މިއީ، އިންޑިޔާގައި މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑްކަޕުގައި އިއްޔެ ނިއުޒީލޭންޑާ ދެކޮޅަށް ފަޚުރުއްޒަމާން ދެއްކި މޮޅު ކުޅުމާ ގުޅިގެން ދިން އިނާމެކެވެ. އޭނާ ވަނީ މި މެޗުގައި 81 ބޯޅައިން، ނުބައިނުވެ 126 ލަނޑު ހަދާފައެވެ. ވާރޭގެ ސަބަބުން މެޗު ކުރުކޮށްލައި ޕާކިސްތާން މޮޅުވިކަމަށް ނިންމިއިރު، ޓީމު މޮޅުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީވެސް ފަޚުރުއްޒަމާނެވެ.

މި މެޗުގައި އޭނާ ވަނީ 11 ފަހަރު ހަޔަކަށް އަދި 8 ފަހަރު ހަތަރަކަށް ބޯޅަ ފޮނުވާލާފައެވެ. ވާތުން ކުޅޭ ބެޓްސްމަން ވެފައިވަނީ ކްރިކެޓް ވޯލްޑްކަޕުގައި 10ށްވުރެ ގިނަ ފަހަރު އެއް މެޗެއްގައި ހަޔަކަށް ޖެހި ހަތަރުވަނަ ކުޅުންތެރިޔާއަށެވެ.

މެޗަށްފަހު ޕާކިސްތާނުގެ ޓީމުގެ ކެޕްޓަން ބާބަރު އަޒަމްވެސް ވަނީ ފަޚުރުއްޒަމާނަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ.

ޕާކިސްތާނުގެ ނޫސްތަކުން ބުނެފައިވަނީ އިއްޔެގެ މެޗުގައި "ފުރަތަމަ ބޯޅައާއެކު ވެސް ފަޚުރުއްޒަމާން ހުރީ ޗާޖުވެފައި" ކަމަށެވެ. ފަޚުރުއްޒަމާނަކީ ވޯލްޑްކަޕުގައި ޕާކިސްތާނަށް އެންމެ އަވަހަށް 100 ލަނޑު ހަމަކޮށްދިން ކުޅުންތެރިޔާވެސް މެއެވެ. އޭނާ ސައްތަ ހަމަކުރީ 63 ބޯޅައިންނެވެ.

ވޯލްޑްކަޕުގައި ޕާކިސްތާނަށް ސެމީ ފައިނަލަށް ދެވޭނީ ކުރިއަށް އޮތް އިންގްލެންޑް މެޗުން މޮޅުވެ، ނިއުޒީލެންޑާއި ސްރީލަންކާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

ކްރިކެޓް ވޯލްޑްކަޕް 2023

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކްރިކެޓް ވޯލްޑްކަޕް ޗެމްޕިއަންކަން އޮސްޓްރޭލިޔާ އަށް

ކްރިކެޓް ވޯލްޑްކަޕް ޗެމްޕިއަންކަން އޮސްޓްރޭލިޔާ އަށް

20 ނޮވެމްބަރު 2023
ލަންކާއިން ސަސްޕެންޝަން އިސްތިއުނާފު ކުރަނީ

ލަންކާއިން ސަސްޕެންޝަން އިސްތިއުނާފު ކުރަނީ

13 ނޮވެމްބަރު 2023
ގްރޫޕް ސްޓޭޖުން ކެޓިޔަސް ޕާކިސްތާނަށް 280000 ޑޮލަރު

ގްރޫޕް ސްޓޭޖުން ކެޓިޔަސް ޕާކިސްތާނަށް 280000 ޑޮލަރު

13 ނޮވެމްބަރު 2023
ޕާކިސްތާން ކެޓުމުން ކެޕްޓަން އިސްތިއުފާދޭން ގޮވާލައިފި، ކޯޗުގެ ވިސްނުން ތަފާތު

ޕާކިސްތާން ކެޓުމުން ކެޕްޓަން އިސްތިއުފާދޭން ގޮވާލައިފި، ކޯޗުގެ ވިސްނުން ތަފާތު

12 ނޮވެމްބަރު 2023
ސަރުކާރުން ކްރިކެޓް ބޯޑު އުވާލުމުން، އައިސީސީން ލަންކާ ސަސްޕެންޑްކޮށްފި

ސަރުކާރުން ކްރިކެޓް ބޯޑު އުވާލުމުން، އައިސީސީން ލަންކާ ސަސްޕެންޑްކޮށްފި

11 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު