Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިކެޓް ވޯލްޑްކަޕް

ވާރޭގެ އެހީގައި ނިއުޒީލޭންޑް ބަލިކޮށް ޕާކިސްތާން ސެމީއާ ގާތަށް

މެޗުގެ ނަތީޖާ ކަނޑައެޅީ 21 އޯވަރުގެ ކުޅުމަށް ބަލާފައި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 4 ނޮވެމްބަރު 2023 | ހޮނިހިރު 23:08
ޕާކިސްތާން ކުޅުންތެރިން: ސެމީގެ އުއްމީދު އެބައޮތް

ޕާކިސްތާން ކުޅުންތެރިން: ސެމީގެ އުއްމީދު އެބައޮތް

ވާރޭވެހުމުގެ ސަބަބުން ނުކުޅެވޭ ގޮތްވި މެޗުން ނިއުޒީލޭންޑް 21 ލަނޑުން ބަލިކޮށް ޕާކިސްތާން ކްރިކެޓް ވޯލްޑްކަޕުގެ ސެމީ ފައިނަލަށް ދިއުމުގެ އުއްމީދު ދަމަހައްޓައިފި އެވެ.

އިންޑިޔާގައި މިހާރު ކުރިއަށްދާ މުބާރާތުގެ ސެމީ ފައިނަލަށް ދިއުމަށް ދެ ގައުމަށް ވެސް ބާކީ އޮތީ އެންމެ މެޗެކެވެ. މިވަގުތު ޕޮއިންޓްގެ ގޮތުން ދެ ޓީމު ހަމަހަމަވެ، ރަންރޭޓުން ޓޭބަލުގެ ހަތަރުވަނަ ނިއުޒީލޭންޑު އަދި ޕާކިސްތާނަށް ލިބެނީ ފަސްވަނަ އެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ކުޅެން ނުކުމެ ނިއުޒީލޭންޑުން 50 އޯވަރުގެ އިނިންގްސް ނިންމާލީ 401 ލަނޑު ހަމަކޮށްގެންނެވެ. ރަވިންދްރާ 108 ލަނޑު ހެދިއިރު އަނިޔާއިން ރަނގަޅުވެގެން އެނބުރި އައިސް ކެޕްޓަން ވިލިއަމްސަން މޮޅަށް ކުޅެ 95 ލަނޑު ހެދި އެވެ.

ކުރިން ވެސް ވިއްސާރަވެ، ވާރޭވެހިދާނެ ކަމަށް ބެލެވިފައި އޮއްވައި ކުޅުނު މެޗުގައި ޕާކިސްތާނު ބެޓްކުރަނިކޮށް މެޗު ހުއްޓާލަން ޖެހުނީ 21 ވަނަ އޯވަރާ ހިސާބުންނެވެ. އެއިރު ޕާކިސްތާނުން ހެދިފައި އޮތީ އެއް ވިކެޓަށް 160 ލަނޑެވެ. ވާރޭ ހުއްޓާލުމުން މެޗުގެ އޯވަރު މަދުކޮށް ދެ ވަނަ ފަހަރަށް ދެ ޓީމު ކުޅެން އެރީ 41 އޯވަރުވެ ތެރޭގައި ޕާކިސްތާނުން 342 ލަނޑު ހަދައިފިނަމަ މެޗުން މޮޅުވާނެ ކަމަށް ދެ ޓީމު އެއްބަސްވެގެންނެވެ.

ނަމަވެސް ހަޔަރު އޯވަރަށް ފަހު މެޗު ކުރިއަށް ނުގެންދެވި ދެ ވަނަ ފަހަރަށް ހުއްޓާލަން ޖެހުމުން އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލުން ނިންމީ ވާރޭ ވެހިގެން ފުރަތަމަ ހުއްޓާލަން ޖެހުނު 21 އޯވަރާ ހިސާބަށް މެޗުގެ ނަތީޖާ ގުނުމަށެވެ. މި ގޮތުން 21 އޯވަރުގެ ތެރޭގައި ދެ ޓީމުން ކުރެ ގިނަ ލަނޑު ހަދާފައިވަނީ ޕާކިސްތާން ކަމަށްވާތީވެ އެ ގައުމު މޮޅުވީ ކަމަށް ނިންމީ އެވެ.

ނިއުޒީލޭންޑްގެ ކެޕްޓަން ވިލިއަމްސަން މެޗަށް ފަހު ބުނީ ޕާކިސްތާނުގެ ބެޓްސްމަނުންގެ ކުޅުން މޮޅު ކަމަށާއި އެމީހުން މެޗު ފެށީ ވެސް ވިއްސާރައިގެ އަސަރުކޮށްފާނެތީވެ އެކަމަށް ވިސްނައިގެން ބެޓްކުރަންކަން އެނގުނު ކަމަށެވެ.

މުބާރާތުގައި ޕާކިސްތާނަށް ބާކީ އޮތީ އިންގްލޭންޑް މެޗެވެ. ނިއުޒީލޭންޑަށް ލަންކާ މެޗެވެ. މި ދެ ގައުމު ވެސް ވަނީ މުބާރާތުން ކަޓާފަ އެވެ.

ކްރިކެޓް ވޯލްޑްކަޕް 2023

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2023

ކްރިކެޓް ވޯލްޑްކަޕް ޗެމްޕިއަންކަން އޮސްޓްރޭލިޔާ އަށް

20 ނޮވެމްބަރު 2023
ކްރިކެޓް ވޯލްޑްކަޕް ޗެމްޕިއަންކަން އޮސްޓްރޭލިޔާ އަށް
13 ނޮވެމްބަރު 2023

ލަންކާއިން ސަސްޕެންޝަން އިސްތިއުނާފު ކުރަނީ

13 ނޮވެމްބަރު 2023
ލަންކާއިން ސަސްޕެންޝަން އިސްތިއުނާފު ކުރަނީ
13 ނޮވެމްބަރު 2023

ގްރޫޕް ސްޓޭޖުން ކެޓިޔަސް ޕާކިސްތާނަށް 280000 ޑޮލަރު

13 ނޮވެމްބަރު 2023
ގްރޫޕް ސްޓޭޖުން ކެޓިޔަސް ޕާކިސްތާނަށް 280000 ޑޮލަރު
12 ނޮވެމްބަރު 2023

ޕާކިސްތާން ކެޓުމުން ކެޕްޓަން އިސްތިއުފާދޭން ގޮވާލައިފި، ކޯޗުގެ ވިސްނުން ތަފާތު

12 ނޮވެމްބަރު 2023
ޕާކިސްތާން ކެޓުމުން ކެޕްޓަން އިސްތިއުފާދޭން ގޮވާލައިފި، ކޯޗުގެ ވިސްނުން ތަފާތު
11 ނޮވެމްބަރު 2023

ސަރުކާރުން ކްރިކެޓް ބޯޑު އުވާލުމުން، އައިސީސީން ލަންކާ ސަސްޕެންޑްކޮށްފި

11 ނޮވެމްބަރު 2023
ސަރުކާރުން ކްރިކެޓް ބޯޑު އުވާލުމުން، އައިސީސީން ލަންކާ ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު