Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިކެޓް ވޯލްޑް ކަޕް

އިންޑިޔާގެ ވައި ނުސާފުވުމާގުޅިގެން ލަންކާއާއި ބަނގްލަދޭޝް ޕްރެކްޓިސް ހުއްޓާލައިފި

ވައިގެ ނުސާފު މިންވަރު ނުވަތަ އެއަރކޮލިޓީ އިންޑެކްސް ވަނީ 400 ފަހަނައަޅައި ގޮސްފައި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 4 ނޮވެމްބަރު 2023 | ހޮނިހިރު 10:38
އިންޑިޔާގެ ނިއުދިއްލީގެ ވައި ނުސާފުވެފައި

އިންޑިޔާގެ ނިއުދިއްލީގެ ވައި ނުސާފުވެފައި

އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ ވައި ނުސާފުވުމާގުޅިގެން، ސްރީލަންކާއާއި ބަނގްލަދޭޝް ޕްރެކްޓިސް ހުއްޓާލައިފިއެވެ.

އަންނަ ހޯމަ ދުވަހު މި ދެ ގައުމު ކްރިކެޓް ވޯލްޑްކަޕުގައި ކުޅޭ މެޗަށް ބާއްވަން އުޅުނު ފަރިތަކުރުންތައް ހުއްޓާލިނަމަވެސް، އިންޑިޔާގައި މިވަގުތު ތިބި އެހެން އެއްވެސް ޓީމަކުން އަދި މިފަދަ ނިންމުމެއް ނިންމާފައެއް ނުވެއެވެ.

ނަމަވެސް މި ދެ ގައުމުން މި ގޮތަށް އަމަލުކުރީ، ވައި ނުސާވުމުން ދިމާވެދާނެ ސިއްހީ ނުރައްކަލަކުން ސަލާމަތްވުމަށް ދެ ގައުމުގެ ޑޮކްޓަރުން ވެސް ލަފާދިނުމުންނެވެ. އަދި އިންޑިޔާ ސަރުކާރުންވެސް ވަނީ، ނިއުދިއްލީގެ ވައިނުސާފުވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. މީގެތެރޭގައި، ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް ވަނީ އަންގާރަ ދުވަހާ ހަމައަށް ބަންދުކޮށްފައެވެ.

އިންޑިޔާ ސަރުކާރުން ވަނީ، ނިއުދިއްލީގެ ވައިގެ ނުސާފު މިންވަރު ނުވަތަ އެއަރކޮލިޓީ އިންޑެކްސް 400 ފަހަނައަޅައި ގޮސްފައިވާކަން އިއުލާނުކޮށްފައެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ނުސާފުވާން ފެށި ޖައްވު ސާފުވެ، އަލިވާނީ އަންގާރަ ދުވަހުން ފެށިގެން ކަމަށް ލަފާކޮށްފައެވެ.

މިކަމާ ގުޅިގެން ދުނިޔޭގެ ކްރިކެޓް ޖަމިއްޔާއިންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ޖަމާއަތުން ބުނީ، މި މައްސަލަ ސަމާލުކަމަށް އައުމާއެކު ވޯލްޑްކަޕަށް އިންޑިޔާއަށް ގޮސްތިބި ހުރިހާ ޓީމެއްގެވެސް ހާލަތުވެސް ބަލަމުންދާކަމަށެވެ. އަދި ރައްކާތެރި ފިޔަވަޅު އެޅުމާއި ޓީމުތަކަށް އެހީތެރިވުމަށް ތައްޔާރަށް ތިބިކަމަށެވެ.

އިންޑިޔާގައި ވައި ނުސާފުވި ދުވަސްވަރެއްގައި އެކަން ތަޖުރިބާކޮށްފައިވާ އެއް ގައުމަކީވެސް ލަންކާއެވެ. އެ ފަހަރު ލަންކާގެ ގިނަ ކުޅުންތެރިން ޗޭންޖިން ރޫމުގައި ހޮޑުލައި، ދަނޑު މަތީގައިވެސް ފަރުވާދޭން ޖެހުނެވެ.

ކްރިކެޓް ވޯލްޑްކަޕް 2023

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2023

ކްރިކެޓް ވޯލްޑްކަޕް ޗެމްޕިއަންކަން އޮސްޓްރޭލިޔާ އަށް

20 ނޮވެމްބަރު 2023
ކްރިކެޓް ވޯލްޑްކަޕް ޗެމްޕިއަންކަން އޮސްޓްރޭލިޔާ އަށް
13 ނޮވެމްބަރު 2023

ލަންކާއިން ސަސްޕެންޝަން އިސްތިއުނާފު ކުރަނީ

13 ނޮވެމްބަރު 2023
ލަންކާއިން ސަސްޕެންޝަން އިސްތިއުނާފު ކުރަނީ
13 ނޮވެމްބަރު 2023

ގްރޫޕް ސްޓޭޖުން ކެޓިޔަސް ޕާކިސްތާނަށް 280000 ޑޮލަރު

13 ނޮވެމްބަރު 2023
ގްރޫޕް ސްޓޭޖުން ކެޓިޔަސް ޕާކިސްތާނަށް 280000 ޑޮލަރު
12 ނޮވެމްބަރު 2023

ޕާކިސްތާން ކެޓުމުން ކެޕްޓަން އިސްތިއުފާދޭން ގޮވާލައިފި، ކޯޗުގެ ވިސްނުން ތަފާތު

12 ނޮވެމްބަރު 2023
ޕާކިސްތާން ކެޓުމުން ކެޕްޓަން އިސްތިއުފާދޭން ގޮވާލައިފި، ކޯޗުގެ ވިސްނުން ތަފާތު
11 ނޮވެމްބަރު 2023

ސަރުކާރުން ކްރިކެޓް ބޯޑު އުވާލުމުން، އައިސީސީން ލަންކާ ސަސްޕެންޑްކޮށްފި

11 ނޮވެމްބަރު 2023
ސަރުކާރުން ކްރިކެޓް ބޯޑު އުވާލުމުން، އައިސީސީން ލަންކާ ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު