Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިނަރެސް

ވިނަރެސްގެ ނުވިކި ހުރި ފްލެޓުތައް ގަތުމަށް މާދަމާއިން ފެށިގެން ފޯމު ހުށަހެޅޭނެ!

ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް ފޯމު ބަލައިގަންނާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 4 ނޮވެމްބަރު 2023 | ހޮނިހިރު 07:53
ވިނަރެސް ފްލެޓުތައް

ވިނަރެސް ފްލެޓުތައް

ވިނަރެސް މަޝްރޫއިން ނުވިކި ހުރި ފުލެޓުތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އާދީއްތަ ދުވަހުން ފެށިގެން ފޯމު ހުށަހެޅޭނެ ކަމަށް އަރބަންކޯއިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ހުޅުވާލާ މި ފުރުސަތުގައި ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް ފޯމު ބަލައިގަންނާނެ ކަމަށެވެ. އަދި ފޯމު ހުށަހެޅުން ބަންދުވާނީ ވިއްކަން ކަނޑައަޅާފައިވާ ހުރިހާ ފްލެޓަކަށް ފޯމު ހުށަހަޅާ ނިމުމުން ކަމަށްވެސް އަރބަންކޯ އިން ބުންޏެވެ.

ވިނަރެސް ފްލެޓް ވިއްކުމަށް މިފަހަރު ހުޅުވާލާ ފުރުސަތުގައި ވިއްކުމަށް ކަނޑައަޅާފައިވާ ފްލެޓުތަކަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 15 ދުވަހުގެ ނިޔަލަށް ވިއްކި ފްލެޓްތަކަށްފަހު ބާކީ ހުރި ފްލެޓްތައްކަން އަރބަންކޯއިން ފާހަގަކުރެއެވެ. އަދި މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް ފްލެޓް ގަތުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން މާލީ ގާބިލުކަން ފުރިހަމަ ނުވާ ފަރާތްތަކާއި ޔުނިޓު އިހްތިޔާރުކުރުމަށް ދައުވަތު ދިނުމަށްފަހު ޔުނިޓު އިހްތިޔާރުކުރުމަށް ހާޒިރުވެފައި ނުވާ ފަރާތްތަކުގެ ފޯމް ބާތިލްކޮށް ބާކީ ނުވިކި ހުރި ފްލެޓްތައްވެސް މީގެތެރޭގައި ހިމެނެއެވެ.

އަރބަންކޯއިން ވަނީ ވިނަރެސް ފްލެޓްތަކަށް ދިގު މުއްދަތަށް ބަހާލައިގެން ފައިސާދައްކާ ފަރާތްތަކަށް ލުއިކޮށްދިނުމުގެ ގޮތުން އިންޓްރެސްޓް ރޭޓު 9 އިންސައްތައިން 6 އިންސައްތައަށް ކުޑަކޮށްދީފައެވެ.

އަރބަންކޯއިން ބުނެފައިވާ ގޮތުގައި ވިނަރެސް ފްލެޓްތަކަށް ދިގުމުއްދަތަށް ބަހާލައިގެން ފައިސާދައްކާ ފަރާތްތަކުން ޑައުންޕޭމަންޓުގެ 15 އިންސައްތަ ދެއްކުމުން، ގަނެވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެއެވެ. އަދި، 3 މަސްދުވަހުގެ ތެރޭގައި ޑައުންޕޭމަންޓުގެ އަދަދު އެއްކޮށް ދައްކައި ނިމުމުން ޔުނިޓްގެ ތަޅުދަނޑި ހަވާލުކުރެވޭނެ ކަމަށާއި އެއާއެކު، ގަނެވިއްކުމުގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ އުސޫލުތަކަށް އަމަލު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ވިނަރެސް އެޕާޓްމަންޓުތަކަކީ ހުޅުމާލޭގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އަރބަންކޯއިން ހިންގާފައިވާ މަޝްރޫއުތަކުގެ ތެރެއިން، އެއްވެސް މައްސަލައެއް ކުރިމަތިނުވެ ވަރަށް ފުރިހަމަކަމާއެކު ކުރިއަށް ގެންދެވުނު މަޝްރޫއެއް ކަމަށް އެކުންފުނިން ފާހަގަކުރެއެވެ. 10 ޓަވަރުގެ މި މަޝްރޫއަކީ އާބަންކޯއިން ފުރަތަމަ ފަހަރަށް، މެދުފަންތީގެ ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން ހިންގައި، ޚިދުމަތް ފޯރުކޮށްދީފައިވާ މަޝްރޫއެވެ.

މި 10 ޓަވަރުގައި ޖުމްލަ 1344 ފްލެޓް ހަދާފައިވެއެވެ. ވިނަރެސްގައި ދެ ވައްތަރެއްގެ އެޕާޓްމަންޓު ހިމެނެއެވެ. އެއީ 902 އަކަފޫޓު އަދި 883 އަކަފޫޓުގެ އެޕާޓްމަންޓުތަކެވެ.

ވިނަރެސްއަރބަންކޯ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
21 ސެޕްޓެމްބަރު 2025

ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

21 ސެޕްޓެމްބަރު 2025
ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި
21 ޑިސެމްބަރު 2024

އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ރަޖުނީ ޝުއައިބު މަސައްކަތުން އެކަހެރި ކޮށްފި

21 ޑިސެމްބަރު 2024
އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ރަޖުނީ ޝުއައިބު މަސައްކަތުން އެކަހެރި ކޮށްފި
21 ޑިސެމްބަރު 2024

ކޮރަޕްޝަންގެ ތެރެއިން ވިނަރެސް ފްލެޓު ގަތް ކަމަށް ތުހުމަތުކުރެވޭ ފުލުހުންގެ މައްސަލަ ތަހުގީގު ކުރަނީ

21 ޑިސެމްބަރު 2024
ކޮރަޕްޝަންގެ ތެރެއިން ވިނަރެސް ފްލެޓު ގަތް ކަމަށް ތުހުމަތުކުރެވޭ ފުލުހުންގެ މައްސަލަ ތަހުގީގު ކުރަނީ
04 ޑިސެމްބަރު 2024

ހިޔާ ފްލެޓް ތަކުގައި ލިފްޓް ހަރުކުރަން 278 މިލިއަން ރުފިޔާ ޚަރަދު ކުރާކަން ހާމަ ވެއްޖެ

04 ޑިސެމްބަރު 2024
ހިޔާ ފްލެޓް ތަކުގައި ލިފްޓް ހަރުކުރަން 278 މިލިއަން ރުފިޔާ ޚަރަދު ކުރާކަން ހާމަ ވެއްޖެ
22 ސެޕްޓެމްބަރު 2024

ވިނަރެސް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: ދައުވާ ކުރުމާމެދު މި ހަފްތާ ތެރޭގައި ގޮތެއް ނިންމަނީ

22 ސެޕްޓެމްބަރު 2024
ވިނަރެސް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: ދައުވާ ކުރުމާމެދު މި ހަފްތާ ތެރޭގައި ގޮތެއް ނިންމަނީ
30 އެޕްރީލު 2024

ޓެކްނިކަލް މައްސަލަ އެއް ދިމާވެފައިވާތީ އޮންލައިން ޕޯޓަލްމެދުވެރިކޮށް ވިނަރެސް އެޕާޓްމަންޓް ގަތުމަށް ހުށަހެޅި ފޯމުތައް ބާތިލު

30 އެޕްރީލު 2024
ޓެކްނިކަލް މައްސަލަ އެއް ދިމާވެފައިވާތީ އޮންލައިން ޕޯޓަލްމެދުވެރިކޮށް ވިނަރެސް އެޕާޓްމަންޓް ގަތުމަށް ހުށަހެޅި ފޯމުތައް ބާތިލު
01 ފެބުރުއަރީ 2024

ވިނަރެސް ފްލެޓްތަކުގެ މަހު ކުލިން 4،200 ރުފިޔާ ކުޑަކޮށްފި

01 ފެބުރުއަރީ 2024
ވިނަރެސް ފްލެޓްތަކުގެ މަހު ކުލިން 4،200 ރުފިޔާ ކުޑަކޮށްފި
11 ޖެނުއަރީ 2024

ތިލަފުށީގެ ޝޯ ލައިނުން ދޫކޮށްފައިވާ ބިންތަކުގައި ކުރަމުންދާ މަސައްކަތް ހުއްޓުވާތީ އެމްޑީޕީން އެކަން ކުށްވެރިކޮށްފި

11 ޖެނުއަރީ 2024
ތިލަފުށީގެ ޝޯ ލައިނުން ދޫކޮށްފައިވާ ބިންތަކުގައި ކުރަމުންދާ މަސައްކަތް ހުއްޓުވާތީ އެމްޑީޕީން އެކަން ކުށްވެރިކޮށްފި
10 ޖެނުއަރީ 2024

ޤައުމީ މުބާރާތްވެސް ސިފައިން ކާމިޔާބުކޮށްފި

10 ޖެނުއަރީ 2024
ޤައުމީ މުބާރާތްވެސް ސިފައިން ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު