Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެމްޓީސީސީ

އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 979 މިލިއަން ރުފިޔާގެ އާމްދަނީއެއް

3 ނޮވެމްބަރު 2023 | ހުކުރު 12:42

ހިންގުމުގެ ފައިދާގެ ގޮތުގައި 103.7 މިލިއަން ރުފިޔާ ލިބުނު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 3 ނޮވެމްބަރު 2023 | ހުކުރު 12:42
އެމްޓީސީސީގެ ބޯޑު މެމްބަރުން

އެމްޓީސީސީގެ ބޯޑު މެމްބަރުން

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް 979 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓުތަކުން ދައްކައިފިއެވެ.

އެމްޓީސީސީން އާއްމުކޮށްފައިވާ ރިޕޯޓުތަކުން ދައްކާ ގޮތުގައި އެ ކުންފުންޏަށް މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި 979،331،439 (ނުވަ ސަތޭކަ ހަތްދިހަ ނުވަ މިލިއަން ތިން ލައްކަ ތިރީސް އެއްހާސް ހަތަރުސަތޭކަ ތިރީސް ނުވަ) ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު 34.68 އިންސައްތައިގެ އިތުރުވުމެކެވެ. ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނީ 727 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމާރާތް ކުރުމާއި ޑްރެޖިން ދާއިރާއިންނެވެ. އެ ދެ ދާއިރާއިން 873.56 މިލިއަން ރުފިޔާގެ އާމްދަނިއެއް ލިބުނުއިރު ޓްރޭޑިން އިން 64.07 މިލިއަން ރުފިޔަ އަދި ޓްރާންސްޕޯޓް ދާއިރާއިން 37.02 މިލިއަން ރުފިޔާގެ އާމްދަނީއެއް އެ ކުންފުންނަށް ވަނީ ލިބިފައެވެ. އެމްޓީސީސީން ފާހަގަކުރާގޮތުގައި މިއަހަރު ޗުއްޓީ ދުވަސްތައް އިތުރުވުމުގެ ސަބަބުން ޓްރޭޑިން ދާއިރާއަށް ވަނީ އޭގެ އަސަރު ކޮށްފައެވެ.

އާމްދަނީގެ އިތުރުން އެމްޓީސީސީގެ ހިންގުމުގެ ފައިދާ ވެސް ވަނީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ތިން ވަނަ ކުއާޓަރުގައި އިތުރުވެފައެވެ. އެގޮތުން، ދެވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 96.9 މިލިއަން ރުފިޔާ ލިބުނުއިރު ތިން ވަނަ ކުއާޓަރުގައި 103.7 މިލިއަން ރުފިޔާ ވަނީ ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައެވެ.

އެމްޓީސީސީގެ މާލީ ރިޕޯޓުތައް ދައްކާ ގޮތުގައި އެ ކުންފުނީގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާ ހުރީ 43.3 މިލިއަން ރުފިޔާގައެވެ. ސާފު ފައިދާއަށް އެހާ ބޮޑު އަސަރެއް ކޮށްފައިވަނީ ބޭރު ފައިސާގެ އަގު އުފުލުމާއި ކެޕިޓަލް އިންވެސްޓްމަންޓުތަކުގެ ސަބަބުން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

އެމްޓީސީސީއިން ވަނީ މިއަހަރުގެ ތިންވަނަ ކުއާޓަރުގައި 205 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ. މީގެ ތެރޭގައި ބަނދަރު ހެދުމާއި އެއަރޕޯޓު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބިން ހިއްކުމާއި މަގު ހެދުމާއި ކޯސްވޭ މަޝްރޫއުތައް ހިމެނެއެވެ. މި 205 މަޝްރޫއުގެ ތެރެއިން ފަސް މަޝްރޫއެއްގެ މަސައްކަތް ތިންވަނަ ކުއާޓަރުގައި އެއްކޮށް ނިންމާލާފައިވާ ކަމަށާއި 36 މަޝްރޫއެއްގެ މަސައްކަތް ފެށި ކަމަށް އެ ކުންފުނިން ބުންޏެވެ.

ތިން ވަނަ ކުއާޓަރުގައި އެމްޓީސީސީން ފުރިހަމަކޮށްފައިވަނީ ހޯރަފުށީ ޖެޓީގެ މަސައްކަތާއި އިހަވަންދޫ މަލްޓިޕާޕަސް ހޯލުގެ މަސައްކަތާއި ހިންނަވަރު ބަނދަރު ބޮޑު ކުރުމުގެ މަސައްކަތާއި ދިއްގަރު ބިންހިއްުމާއި ސ. ހިތަދޫ 264 ހައުސިންގ ޔުނިޓުގެ ރެއިލިން މަސައްކަތެވެ.

އެމްޓީސީސީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
29 ސެޕްޓެމްބަރު 2025

ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި

29 ސެޕްޓެމްބަރު 2025
ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި
26 ސެޕްޓެމްބަރު 2025

317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ސެޕްޓެމްބަރު 2025
317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް