Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަަ

ތިޔަ އުޅުއްވަނީ ސިޔާސީ ފޮޓޯގަނޑުން ގެއްލިދާނެތީ ބިރުފުޅުންތޯ؟

ނަޝީދު އަށް މެމްބަރުންގެ ފާޑުކިޔުން ވަރަށް ބޮޑަށް ވަނީ އަމާޒުވެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2023 | ބުރާސްފަތި 14:42
މަޖިލީހުގެ ރައީސް

މަޖިލީހުގެ ރައީސް

 މަޖިލީހުގެ ރައީސްކަމުގައި އަބްދުﷲ މަސީހު ހުންނެވި އިރު އޭނާގެ އިތުބާރު ނެތްކަމަށް ހުށަހެޅުމުން އޭނާގެ ހައިސިއްޔަތު ނެތް ކަމުގެ ވާހަކަ އާއި މަސީހުގެ ޚުދުމުހުތާރު ކަމުގެ ވާހަކަ ދެއްކެވި އަޑު ވެސް އެހީމެވެ. ވިދާޅުވި އަޑު އެހީމު، މަސީހު މި އުޅުއްވަނީ ހާދަހާ ވާ ވިޔާ ނުދާ ގޮތަކަށެވެ. މަސީހު އުޅުއްވާ ގޮތުން ލަދު ގަންނަ ވާހަކަވެސް ދެއްކެވިއެވެ. މަސީހުގެ ހައިސިއްޔަތެއް ނެތް ކަމުގެ ވާހަކަ ތަކުރާރުކުރައްވާ މީސްމީޑިއާގައި ވެސް އެ ވާހަކަތައް ހިއްސާކުރެއްވިއެވެ. މި ވާހަކަތައް އެންމެ ބާރަށް ދެއްކެވި ބޭފުޅަކީ މިހާރު މަޖިލީހުގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ނަޝީދެވެ.

މިއަދު މަޤާމުގައި މި މަނިކުފާނު ހުންނަވަނިކޮށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން އަމަލުފުޅު ބަހައްޓަވަނީ މިއާއި ދިމާ އިދިކޮޅަށެވެ. ބައެއް ބޭފުޅުން ވިދާޅުވަނީ އެމަނިކުފާނު ޑިމޮކްރަސީގެ ވާހަކަދެއްކެވުމަށް ފަހުގައި ވޯޓަށް ފިއްލެވުމަކީ ނިކަން ލަދުވެތި ކަމެއް ކަމަށެވެ. އަނެއް ބައި ބޭފުޅުން ވިދާޅުވަނީ މިއީ ހައްތަހާވެސް އާރާއި ބާރުގެ ބޭނުމުގައި ކުރައްވާ ކަންކަން ކަމަށެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް އެތައް މެމްބަރުންނެއްގެ ސޮޔާއި އެކު ހުށަހެޅުމުން ވެސް މަޤާމުގައި ބަގުޑިބައްދަވައިގެން އެ ހުންނަވަނީ ރެލެވެންސް ގެއްލިދާނެތީ ބިރުފުޅުން ކަމަށް ވެސް ބައެއް ބޭފުޅުން ވިދާޅުވެއެވެ. ތިމާ މީހާ އާއި ތިމާ ދެއްކި ވާހަކަ އަރާ ހަމަ ކުރި އިރު އަމަލުފުޅު ކުރައްވަނީ ބަހާއި އަމަލާއި ދިމާ ނުވާ މޭރުމަކުންނެވެ. މިއަށްކިޔަންވީ "ޑަބަލް ސްޓޭންޑަރޑްސް" ނޫން ދެން ކޯޗެކޭތޯއެވެ؟

އަނެއްކާ ސިޔާސީ ފޮޓޯތަކާއި ނުލާހިކު ދޯޅު ބޭފުޅަކަށް މި މަނިކުފާނު ވާއިރު މީގެ ކުރިން ސިޔާސީ މަގުބޫލުކަން ހޯއްދެވީ ޕޯޑިއަމް ތަކުގައި ދައްކަވާ މޮޅެތި ސަޅިބައިސާ ވާހަކަތަކުންނެވެ. މިއަދު އެމަނިކުފާނުގެ ސިޔާސީ ޕްލެޓްފޯމަކީ ރައްޔިތުންގެ މަޖިލީހެވެ. މަޖިލީހުގެ ގަވާއިދު ބޮލާލާ ޖައްސަވާފައި މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބަހުސްގައި ބައިވެރިވެ، ބަހުސްގެ ވަގުތުގައި މެމްމަބަރުންނަށް ރައްދު ދިނުމަކީ ވެސް އާއްމު ކަމެކެވެ. ވީ ގޮތަކުން އަބަދުވެސް ބެއްލެވީ ސިޔާސީ ފޮޓޯ އިން ނުގެއްލި ވޭތޯއެވެ. ނުބެހޭ ކަމެއް، ބަސް ނުބުނާ ކަމެއް މި ގައުމަކު ނުހިނގައެވެ. ފަލަ ސުރުހީގައި ކޮންމެވެސް ގޮތަކުން އުޅުއްވޭތޯ ބައްލަވައެވެ.

ކަން މިހެން ހުރި އިރު 4 ފަހަރު އެޖެންޑާކޮށްގެން ވެސް މި މައްސަލަ  ކުރިއަށް ނުދާ ސަބަބަކީ މަޖިލީހުގެ ރައީސް ނަޝީދު ބާރު ދޫކޮށްލައްވަން ބޭނުން ނުވުން ކަމަށް ވިދާޅުވާ މެމްބަރުން ވެސް މަދެއް ނޫނެވެ. ކުރިއަށް އޮތް އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ފޮޓޯގައި އިންނަވަން ބޭނުންވާ ގޮތް ވެސް ބޮޑީއެވެ. އެފަދަ ބޭބޭފުޅުން ވިދާޅުވަނީ އެ ފޮޓޯ އިން ނަޝީދު ގެއްލެން ހިލާ ބޭނުން ފުޅު ނުވާ ކަމަށެވެ. މިއީ ވެސް ސިޔާސީ ސްޓަންޓަކަށް ވެދާނެއެވެ. ޑިމޮކްރަސީ އަށް މި މަނިކުފާނު އަމަލު ނުކުރާ ކަމާއި މަސައްކަތް ކުރައްވަނީ އެ މަނިކުފާނުގެ ސިޔާސީ ފޮޓޯ އޮފް ކުރަން ކަން މެމްބަރުންގެ ވާހަކައިން އެނގެއެވެ.

ސިޔާސީ ގޮތުން މަގްބޫލު ވާން ހެޑްލައިންގައި އުޅުއްވަން ޖައްސަވާ އުކުޅަކަށް ވެދާނެއެވެ. މަގްސަދަކީ ސިޔާސީ ފޮޓޯ އިން ނުގެއްލުމެވެ. އެއްގޮތުން ނުވެއްޖެއްޔާ އަނެއް ގޮތުން ވެސް ސުރުހީތަކުގައި އުޅުއްވަން ބޭނުން ފުޅުވާ ގޮތް ވެސް ބޮޑީއެވެ. އެއީ ކިތަންމެ ހުދުމުހުތާރު ގޮތަކަށް ވިޔަސް ވަރިހަމައެވެ. އަދި މަޤާމާއި ޖާހާއި ލައްޒަތު ގެއްލި ސިޔާސީ ފޮޓޯގައި ތިމާގެ ރެލެވެންސް ގެއްލިދާނެ ކަމުގެ ބިރު ވެސް ގަންނަ ގޮތް ބޮޑީއެވެ.

އިތުބާރެއް ހަމަ ގައިމުވެސް ނެތެވެ. މަޤާމަށް ގެނައި މެމްބަރުން ގޮވަނީ އިސްތިއުފާ އަށެވެ. ރައީސްކަން ކުރި ޕާޓީން ގޮވަނީ ހޯހޯ ސަލާމެވެ. ދެން އޮތީ މަގްބޫލުކަމެވެ. ގަޥާއިދުތަކަށް ފައިން އަރާ، ގަވާއިދުތައް މުގުރާލާފައި ކިހާ ދުވަހަކު ސިޔާސީ ތަސްވީރުގައި މަގްބޫލުވެވިދާނެތޯއެވެ؟

ކުރީގެ ރައީސް، މުހައްމަދު ނަޝީދުމަގޭ ރިޕޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

02 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

26 ނޮވެމްބަރު 2025
ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

04 ނޮވެމްބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު