Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަ ސްކޫލް ވޮލީ މުބާރާތް 2023

އިންޓަ ސްކޫލް ވޮލީ މުބާރާތް: 16 އަހަރުން ދަށުގެ އަންހެން ތައްޓާއެކު ފ.އަތޮޅު މަދަރުސާ އަށް ބޮޑު ކާމިޔާބެއް

މިއަހަރުގެ މުބާރާތުގެ ދެ އުމުރުފުރާއެއްގެ ހަތަރު ބައިގައި ވާދަކުރިއިރު، ތިން ތަށި ވަނީ ކާމިޔާބު ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2023 | ބުރާސްފަތި 00:19
އިންޓަ ސްކޫލް 16 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދުމަށް ފަހު ފ.އަތޮޅު މަދަރުސާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިންޓަ ސްކޫލް 16 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދުމަށް ފަހު ފ.އަތޮޅު މަދަރުސާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ވޮލީ މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ފ.އަތޮޅު މަދަރުސާ އިން ހޯދައިފި އެވެ.

ބުދަ ދުވަހުގެ ރޭ މާފަންނު އައުޓްޑޯ ވޮލީ ކޯޓުގައި ކުޅުނު ފައިނަލް މެޗު ފ.އަތޮޅު މަދަރުސާ އިން ކާމިޔާބު ކުރީ، އދ.ކުނބުރުދޫ ސްކޫލާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މިއީ މިއަހަރުގެ މުބާރާތުގައި ފ.އަތޮޅު މަދަރުސާ އިން ހޯދި ތިން ވަނަ ތައްޓެވެ. ދެ އުމުރުފުރާގެ ހަތަރު ބައިގައި އެ ސްކޫލުން ބައިވެރިވެފައިވާއިރު، 16 އަހަރުން ދަށުގެ ފިރިހެން ފިޔަވައި ހުރިހާ ތައްޓެއް ވަނީ ކާމިޔާބު ކޮށްފަ އެވެ.

މީގެ ކުރިން 2019 ވަނަ އަހަރު އޮތް އިންޓަ ސްކޫލް ވޮލީ މުބާރާތުގައި ވެސް އެ ސްކޫލް ވަނީ މި ބައިގެ ފައިނަލްގައި ވާދަކޮށްފަ އެވެ. ނަމަވެސް އެ އަހަރުގެ ފައިނަލުން އެ ސްކޫލް ވަނީ ބަލިވެފަ އެވެ. އެ މުބާރާތުގައި ވެސް އެ ސްކޫލުން ތިން ތަށި ހޯދިއިރު، ގެއްލުނީ 16 އަހަރުން ދަށުގެ އަންހެން ތައްޓެވެ.

ފައިނަލް މެޗުގައި ފ.އަތޮޅު މަދަރުސާ އިން ވަނީ މޮޅަށް ކުޅެފަ އެވެ. މެޗުގެ ފުރަތަމަ ސެޓު އެ ސްކޫލުން ކާމިޔާބު ކުރީ 25-09 ގެ ބޮޑު ތަފާތަކުންނެވެ. ނަމަވެސް ޖެހިގެން އައި ދެ ވަނަ ސެޓުގައި ކުނބުރުދޫ ސްކޫލުން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. ނަމަވެސް މި ސެޓުގެ ވަކި ހިސާބަކުން ފ.އަތޮޅު މަދަރުސާ އިން ވަނީ ލީޑު ނަގައިފަ އެވެ. އެ ލީޑު ހިފަހައްޓައި އެ ސްކޫލުން ދެ ވަނަ ސެޓު ކާމިޔާބު ކުރީ 25-21 އިންނެވެ. ތިން ވަނަ ސެޓުގައި ފ.އަތޮޅު މަދަރުސާ އިން ވަނީ މޮޅަށް ކުޅެ، ބޮޑު ލީޑެއްގައި އޮވެ ސެޓު ނިންމާލައިފަ އެވެ. ތިން ވަނަ ސެޓު އެ ސްކޫލުން ކާމިޔާބު ކުރީ 25-15 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެ ސްކޫލުގެ އީމާން އަލީ އެވެ.

މި ބައިގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ، ޗެމްޕިއަން ފ.އަތޮޅު މަދަރުސާގެ އީމާން، ލީމް އަޙުމަދު ލަތީފް، އައިޝަތު ޝިޔާ މުޙައްމަދު (ލިބަރޯ)، ކުނބުރުދޫ ސްކޫލްގެ އައިމިނަތު އާޝިޔާ މުޙައްމަދު، ފާތިމަތު ފައިހާ މުޙައްމަދު، ކެޔޮދޫ ސްކޫލްގެ އައިމިނަތު އާނީ މުޙައްމަދު ނާސިރު އަދި އައިޝަތު ދީނާ ސަލީމް އެވެ. 16 އަހަރުން ދަށުގެ އަންހެން ބައިގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެމްޕިއަން ފ.އަތޮޅު މަދަރުސާގެ ކޯޗު އަލީ ޒާހިރު އެވެ.

މިއަހަރުގެ މުބާރާތުގައި ވަނީ 19 ސްކޫލަކުން ވާދަކޮށްފަ އެވެ. އެއީ އަތޮޅު ތެރެއަށް ނިސްބަތްވާ ނުވަ ސްކޫލުގެ އިތުރުން މާލޭ ސަރަހައްދުން 10 ސްކޫލެކެވެ. މުބާރާތުގައި ޖުމުލަ 42 ޓީމެއް ވާދަކުރެ އެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ ތިން އަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހު އެވެ. އެންމެ ފަހުން އިންޓަ ސްކޫލް ވޮލީ މުބާރާތް ބާއްވާފައި ވަނީ 2019 ވަނަ އަހަރު އެވެ. މިއަހަރުގެ މުބާރާތުގެ 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ ކުޅުން ނިމިފައިވާއިރު، ދެން އޮންނާނީ 19 އަހަރުން ދަށުގެ ކުޅުމެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް 2023

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު