Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

"މަޖިލިސް ހޫނުވި ނަމަވެސް، އިދާރާއިން އެދުނީ ޖަލްސާ ކުރިއަށްގެންދަން"

މަޖިލިސް ތެރޭގައި މެންބަރުން އިހުތިޖާޖް ކުރަމުން ގެންދިޔަ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2023 | އަންގާރަ 07:57
މަޖިލީހުގެ ރިޔާސަތުގައި ވިލިފުށީ ދައިރާގެ މެންބަރު ހަސަން އަފީފު

މަޖިލީހުގެ ރިޔާސަތުގައި ވިލިފުށީ ދައިރާގެ މެންބަރު ހަސަން އަފީފު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނުފެއްޓި، މަޖިލީހުގެ ތަޅުމުގައި މެންބަރުން އިހުތިޖާޖުކުރަމުން ގެންދިޔަ ނަމަވެސް، މަޖިލީހުގެ އިދާރާއިން އެދުނީ ޖަލްސާ ކުރިއަށް ގެންދަން ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ވިދާޅުވެއްޖެ އެވެ.

ޖަލްސާ ކުރާ މާލަމުގައި ހުންނަވައިގެން ރާއްޖެ ޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައި މުޣުނީ ވަނީ ޖަލްސާ ހޫނުވި ވަގުތު، ރައީސް އިންނަވާ ޗެމްބަރުގައި ހިނގި ކަންކަމުގެ ތަފްސީީލު ދެއްވާފަ އެވެ. އެގޮތުން މުޣުނީ ވިދާޅުވީ އެވަގުތު އޭނާ ރިޔާސަތުގެ ޗެމްބަރުގައި ހުންނެވި އިރު، އަރިހުގައި ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ހުންނެވި ކަމަށެވެ.

Advertisement - newsAdvertisement

މަޖިލިސް އެފަދައިން ކުރިއަށް ނުގެންދިޔުމަށް އާޒިމް އެދިވަޑައިގެންނެވި ނަމަވެސް އެވަގުތު އަފީފު އަމަލު ކުރައްވާނެ ގޮތެއް ނޭނގުމުން ވެސް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އެދިވަޑައިގަތީ މަޖިލީހުގެ މަސްލަހަތު ކޮންމެ ފަދަ ހާލަތެއްގައި އޮތް ނަމަވެސް، އަފީފު ޖަލްސާ ކުރިއަށް ގެންދެވުމަށް ކަމަށް މުޣުނީ ވިދާޅުވި އެވެ.

މުޣުނީ ވިދާޅުވީ އެހާ ހިސާބުން އަފީފުގެ އަތްޕުޅުގައި އޮތް ގަނޑުކޮޅު ނެންގެވުމަށް މުޣުނީގެ އަރިހުން އަފީފު އެދިވަޑައިގެންނެވި ކަމަށެވެ. އަދި ވީޑިޔޯގައި ފެންނަ ފަދައިން މުޣުނީ ގަނޑު ދަމައިގެންނެވީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޣުނީ ވިދާޅުވީ އެހާ ހިސާބުން ޖަލްސާ ކުރާ މާލަން ދޫކުރައްވައި އަފީފު ވަޑައިގެންނެވި ކަމަށެވެ.

އަންގާރަ ދުވަހުގެ ޖަލްސާ ނުފެށެނީސް އެ ޖަލްސާ ހޫނުވެ އެމްޑީޕީގެ މެންބަރުން ދެކޮޅު ހަދާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމަށްފަހު އެ މައްސަލަ ނުނިންމައި މަޖިލީހުގެ އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އިން ހޯމަ ދުވަހު ދެއްވި ލަފަޔަށް އިޝާރަތް ކުރައްވަމުންނެވެ.

އެގޮތުން އަންގާރަ ދުވަހުގެ ޖަލްސާ އަކީ ގާނޫނާ ހިލާފަށް ބާއްވަމުންދާ ޖަލްސާއެއް ކަމަށް ބުނެ އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި ޝުއޫރު ފާޅުކޮށްފަ އެވެ. އަދި މަޖިލީހުގެ ރިޔާސަތުގައި ވިލިފުށީ ދައިރާގެ މެންބަރު ހަސަން އަފީފު އިންނެވުމަށް ވެސް އެމްޑީޕީގެ މެންބަރުން ވަނީ ދެކޮޅުހަދާފަ އެވެ.

މެމްބަރު އަފީފްއަލީ އާޒިމް

ކޮމެންޓް

އިތުރަށް ކިޔާލަން

"ރައީސް މުއިއްޒުގެ އަރިހުގައި ގިނައީ ވަގުން، އެއީ ބައި އަޅައިގެން ވައްކަންކުރި މީހުން"

"ރައީސް މުއިއްޒުގެ އަރިހުގައި ގިނައީ ވަގުން، އެއީ ބައި އަޅައިގެން ވައްކަންކުރި މީހުން"

17 ނޮވެމްބަރު 2024
ޑިމޮކްރެޓްސް އުފެއްދުމަށް ކުރީގެ ރައީސް ނަޝީދު ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި: މެންބަރު އާޒިމް

ޑިމޮކްރެޓްސް އުފެއްދުމަށް ކުރީގެ ރައީސް ނަޝީދު ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި: މެންބަރު އާޒިމް

30 އެޕްރީލު 2024
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް

ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް

30 އެޕްރީލު 2024
ސަރުކާރުން ބައިވަރު ސިއްރު އެއްބަސްވުންތަކެއް އެބަ ހަދާ، އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް - އާޒިމް

ސަރުކާރުން ބައިވަރު ސިއްރު އެއްބަސްވުންތަކެއް އެބަ ހަދާ، އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް - އާޒިމް

08 އެޕްރީލު 2024
ރައީސް މުއިއްޒު އަކީ ހީ ނުކުރާ ވަރުގެ މަކަރުވެރި އެއް، ޑރ.މުއިއްޒު އަކީ އިޚުލާސްތެރި އެއް ނޫން - އާޒިމް

ރައީސް މުއިއްޒު އަކީ ހީ ނުކުރާ ވަރުގެ މަކަރުވެރި އެއް، ޑރ.މުއިއްޒު އަކީ އިޚުލާސްތެރި އެއް ނޫން - އާޒިމް

07 އެޕްރީލު 2024

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު