Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަޝީދުގެ އިތުބާރު ނެތް މައްސަލަ

ތަޅުން ދޫކޮށް ދާނީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް މަޖިލިސް ބައްޓަންކުރެވުމުން: މެންބަރު އިސްމާއީލް

އާދިއްތަ ދުވަހުގެ ޖަލްސާގައި ރިޔާސަތުން އަމަލުކުރެއްވީ ގާނޫނާ ޚިލާފަށް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2023 | އާދީއްތަ 08:33
މެންބަރު އިސްމާއީލް އަޙްމަދު

މެންބަރު އިސްމާއީލް އަޙްމަދު

މަޖިލިސް މެންބަރުންގެ އިތުބާރު ގެއްލިފައި ހުންނެވި ވެރިޔަކު މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ކޮންމެ ދުވަހަކީ ރައްޔިތުންގެ ހައްގުތައް ގެއްލޭ ދުވަހެއް ކަމަށާއި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރެވޭ ފަދަ ގޮތަކަށް މަޖިލިސް ބައްޓަންވުމުން ނޫނީ ތަޅުން ދޫކުރައްވައި ވަޑައިގަތުމުގެ ވިސްނުމެއް އެމްޑީޕީގެ މެންބަރުން ނުގެންގުޅުއްވާ ކަމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަޙްމަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށަހެޅިފައިވާ ގަރާރާ މެދު ގޮތެއް ނިންމުމަށްޓަކައި އާދިއްތަ ދުވަހުގެ ހެނދުނު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ، އެ ގަރާރަކީ މަޖިލިސް ގަވާއިދާ ޚިލާފު ގަރާރެއް ކަމުގައި ބުނެ އެ ގަރާރު ބޭރުކޮށްލައި ޖަލްސާ ނިންމާލާފަ އެވެ.

އެކަމުގެ ސަބަބުން އެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު، ހަސަން އަފީފު ޖަލްސާ ނިންމަވާލެއްވީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެމްޑީޕީގެ މެންބަރުންގެ އެދުމުގެ މަތިން މަޖިލިސް އިދާރާއިން އާދިއްތަ ދުވަހުގެ މެންދުރު 11:30 ގައި ޖަލްސާއެއް ބޭއްވި އެވެ. އެހެން ނަމަވެސް އެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވަނީ، އާދިއްތަ ދުވަހު ހެނދުނު ބޭއްވި ޖަލްސާގައި ނިންމެވި ނިންމެވުން ދަމަހައްޓައި، އެ ޖަލްސާ ވެސް ނިންމަވާލައްވާފަ އެވެ.

އެއާ އެކު އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި ޚިޔާލު ފާޅުކުރައްވަމުން ގެންދަވާއިރު، ގިނަ މެންބަރުން އަދި ވެސް ތިއްބެވީ ތަޅުމުގައި އެވެ. އެގޮތުން އެކަމުގެ ވާހަކަ ވިދާޅުވެދެއްވަމުން ދުވާފަރު ދާއިރާގެ މެންބަރު އިސްމައީލް އަޙްމަދު ވިދާޅުވީ އާދިއްތަ ދުވަހުގެ ޖަލްސާ ނިންމާލެއްވީ ގާނޫނާ ޚިލާފަށް ކަމަށާއި ގާނޫނު ބުނާ ގޮތުން ނަމަ އެ ޖަލްސާ އެފަދައިން ނިންމުމުގެ އިޙްތިޔާރެއް މަޖިލީހުގެ ރިޔާސަތަށް ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އެގޮތުން އެމްޑީޕީގެ މެންބަރުން އަދިވެސް ތިއްބެވީ ތަޅުމުގައިކަން ފާހަގަ ކުރައްވަމުން މެންބަރު އިސްމާއީލް ވިދާޅުވީ އެބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި މެންބަރުންގެ އިތުބާރު ގެއްލިފައި ހުންނެވި ވެރިޔަކު މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ކޮންމެ ދުވަހަކީ ރައްޔިތުންގެ ހައްގުތައް ގެއްލޭ ދުވަހެއް ކަމަށެވެ. އެހެން ކަމުން ތަޅުން ދޫކުރައްވައި ވަޑައިގަންނަވާނީ ރައްޔިތުންގެ ހައްގުތަށް ކަށަވަރުކުރެވޭނެ ފަދަ ބީދާއިން މަޖިލިސް ބައްޓަން ކުރެވިގެން ކަމުގައި މެންބަރު އިސްމާއީލް ވިދާޅުވި އެވެ.

އިސްމާއީލް އެހެން ވިދާޅުވި އިރު، މަޖިލިސް ގަވާއިދު ބުނާ ގޮތުންނަމަ، މަޖިލީހުގެ އިތުރު މަސައްކަތްތަކެއް ކުރެވެނީ މަޖިލީހަށް ހުށަހެޅިފައިވާ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ފަހު އެވެ. އެހެން ކަމުން ނިމިދިޔަ މަހު މަޖިލީހަށް ހުށަހެޅި ސަޕްލެމެންޓަރީ ބަޖެޓާއި އަދި އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓު ފަދަ މުހިންމު މަސައްކަތްތަކެއް މިހާރު ވަނީ ހުއްޓިފަ އެވެ.

މެންބަރު އިސްމާއީލް އިތުރަށް ވިދާޅުވީ އާދިއްތަ ދުވަހުގެ ޖަލްސާގެ މައްސަލަ އިމްތިޔާޒީ ކޮމެޓީއަށް ހުށަހެޅީ ވެސް މަޖިލިސް މެންބަރުންގެ އިމްތިޔާޒަށް ރިޔާސަތުން އަރައިގަނެފައިވާތީ އާއި މެޖޯރިޓީއަށް ލިބެންޖެހޭ ހައްގުތަކަށް ރިޔާސަތުން ފުރުސަތު ދީފައި ނުވާތީ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ އިމްތިޔާޒީ ކޮމެޓީގައި އެދުމަށް ނިންމަވާފައިވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ނުލައި، މަޖިލީސް ރައީސްގެ އިތުބާރު ނެތްކަމުގެ ޖަލްސާ ކުރިއަށް ގެންދިޔުމަށް މަޖިލީހުގެ އިދާރާގައި އެދުމަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްރައްޔިތުންގެ މަޖިލިސްކުރީގެ ރައީސް، މުހައްމަދު ނަޝީދުރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲމެމްބަރު އަފީފް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު