Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނަޝީދުގެ އިތުބާރު ނެތް މައްސަލަ

އަފީފު އާއި އީވާ މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންނެވި ކަމަށް ފާސްކޮށްފި

އެ ދެބޭފުޅުންގެ ސުލޫކީ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2023 | އާދީއްތަ 09:59
އީވާ އަދި އަފީފު

އީވާ އަދި އަފީފު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރުގެ މައްސަލައާ ގުޅިގެން އާދިއްތަ ދުވަހު ބޭއްވި ދެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އަދި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު، މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންނެވި ކަމަށް އިމްތިޔާޒާއި ސުލޫކު ކޮމިޓީން ފާސްކޮށްފި އެވެ.

އާދިއްތަ ދުވަހުގެ ހެނދުނު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ، ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރަކީ މަޖިލިސް ގަވާއިދާ ޚިލާފު ގަރާރެއް ކަމުގައި ބުނެ އެ ގަރާރު ބޭރުކޮށްލައި ޖަލްސާ ނިންމާލާފަ އެވެ.

Advertisement - newsAdvertisement

އެކަމުގެ ސަބަބުން އެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު، ހަސަން އަފީފު، އެ ޖަލްސާ ނިންމަވާލެއްވީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ އެމްޑީޕީގެ މެންބަރުންގެ އެދިވަޑައިގެންނެވުމުގެ މަތިން މަޖިލިސް އިދާރާއިން އާދިއްތަ ދުވަހުގެ މެންދުރު 11:30 ގައި ޖަލްސާއެއް ބޭއްވި އެވެ.

އެހެން ނަމަވެސް އެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވަނީ، އާދިއްތަ ދުވަހު ހެނދުނު ބޭއްވި ޖަލްސާގައި ނިންމެވި ނިންމެވުން ދަމަހައްޓަވައި، އެ ޖަލްސާ ވެސް ނިންމަވާލައްވާފަ އެވެ.

މިއާ އެކު، އެމްޑީޕީގެ އެ ދެ ޖަލްސާ އެފަދައިން ނިންމުމުގެ އިޙްތިޔާރެއް މަޖިލީހުގެ ރިޔާސަތަށް ލިބޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި، މަޖިލީހުގެ އިމްތިޔާޒަށް އެ ދެބޭފުޅުން އަރައިގަންނަވާފައިވާ ކަމަށް ވިދާޅުވެ އެ މައްސަލަ ސުލޫކީ ކޮމިޓީއަށް ވަނީ ހުށަހަޅާފަ އެވެ.

އެގޮތުން އެމްޑީޕީގެ އިސްނެގުމުގެ މަތިން އެ ދެބޭފުޅުންގެ ސުލޫކީ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމެވެ.

އަސްލަމް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައިވަނީ، ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި އަފީފް ޖަލްސާ ނިންމާލެއްވީ މަޖިލީހުގެ ގަވައިދާ ހިލާފަށް، މުޅި މަޖިލީހުގެ ހައްގަށް އުނިކަން އަންނަ ގޮތަށް ކަމަށެވެ.

އެ ކޮމެޓީގައި ދެ ކަމެއް ހުށަހެޅި އިރު، އެއީ ދެ މެންބަރުން މަޖިލީހުގެ އިމްތިޔާޒަށް އަރައިގަންނަވާފައިވާ ކަމަށް ފާސްކުރުމަށާއި އަދި މަސްލަހަތު ފުށު އަރާތީ ކަމަށް ވިދާޅުވެ، ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރު އެޖެންޑާ ކުރާ ޖަލްސާތަކުގައި އަފީފާއި އީވާ ހިމެނޭ ގޮތަށް، ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް ނުބެލެހެއްޓެވޭނެ ކަމަށް ނިންމައި އެކަން މަޖިލީހުގެ އިދާރާއަށް އެންގުމަށެވެ.

އެގޮތުން އެ ކޮމެޓީއަށް ހުށަހެޅި ދެ ކަންތައް ވެސް ކޮމެޓީގެ ބައްދަލުވުމުގައި ފާސްކުރުމަށް ނިންމެވީ މެންބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲމެމްބަރު އަފީފްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު