Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބެލޮންޑީއޯ އެވޯޑް

މެސީގެ ބެލޮންޑީއޯ އެވޯޑް ބަހައްޓާނީ ކޮންތާކު؟

އޭނާގެ ހަތް ބެލޮންޑީއޯ އެވޯޑް ބަހައްޓާފައިވަނީ ބާސެލޯނާގެ ދާރުލްއާސާރުގައި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2023 | އަންގާރަ 06:37
ބެލޮންޑީއޯ އެވޯޑާއެކު މެސީ (ކ) އާއި ބާސެލޯނާގެ ބޮންމާޓީ

ބެލޮންޑީއޯ އެވޯޑާއެކު މެސީ (ކ) އާއި ބާސެލޯނާގެ ބޮންމާޓީ

އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ރޭ ވަނީ އަށް ވަނަ ފަހަރަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑީއޯ އެވޯޑް ހާސިލްކޮށްފަ އެވެ.

މިއީ ދުނިޔޭގެ ރެކޯޑެކެވެ. އަދި އެހެން ކުޅުންތެރިއަކަށް މުގުރާލަން ވަރަށް އުނދަގޫވާނެ ރެކޯޑެއް ކަމަށް ވެސް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

އެވޯޑަށް ފަހު މިހާރު އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ މި އެވޯޑް ބަހައްޓާނީ ކޮންތާކު ހެއްޔެވެ؟ މެސީ މިހާތަނަށް ކުޅުނީ އެންމެ ތިން ކުލަބަކަށެވެ. އެއީ ސްޕޭނުގެ ބާސެލޯނާ އާއި މިދިޔަ ދެ އަހަރު ފްރާންސްގެ ޕީއެސްޖީ އަށް އަދި މި އަހަރުން ފެށިގެން އެމެރިކާގެ އިންޓަމިއާމީ އަށެވެ. ދެން އާޖެންޓީނާގެ ގައުމީ ޓީމަށެވެ.

މެސީ އަށް ލިބުނު ގިނަ އެވޯޑްތައް ލިބިފައިވަނީ ބާސެލޯނާގެ ޖާޒީގަ އެވެ. މިހެންވެ އެ ކުލަބުގެ ދާރުލްއާސާރުގައި އޭނާ އަށް ހާއްސަ ކޯނަރެއް ހަދާފައިވެ އެވެ. މެސީ ބާސެލޯނާއިން ދާން ޖެހުނުއިރު އޭނާ އަށް ލިބުނު ބެލޮންޑީއޯ އެވޯޑްގެ ހަ އެވޯޑް ވެސް ބަހައްޓާފައިހުރީ ބާސެލޯނާގަ އެވެ.

މެސީ އަށް ހަތްވަނަ ފަހަރަށް ބެލޮންޑީއޯ އެވޯޑް ލިބުނީ ޕީއެސްޖީއަށް ކުޅެނިކޮށެވެ. އެކަމަކު އެއީ ބާސެލޯނާގައި އޭނާ ދެއްކި ކުޅުމަށާއި އެ ސީޒަނަށް ފަހު އާޖެންޓީނާގެ ގައުމީ ޓީމަށް ކޮޕާ އެމެރިކާގައި ދެއްކި ކުޅުމަށް ބަލައިފަ އެވެ. ހަތް ވަނަ އެވޯޑްގައި ޕީއެސްޖީގެ ދައުރެއް ނެތުމާއެކު މެސީގެ ހަތް ވަނަ އެވޯޑް ބާސެލޯނާގެ ދާރުލް އާސާރުގައި ބަހައްޓަން އިސްނެގީ ވެސް އެ ކުލަބުންނެވެ. އެކަން އިއުލާނުކުރީ ބާސެލާނާގެ ރައީސް ހުއާން ލަޕޯޓާ އެވެ.

ނަމަވެސް އަށް ވަނަ ބެލޮންޑީއޯއާއި ބާސެލޯނާއާ އެއްވެސް ގުޅުމެއްނެތެވެ. މި އެވޯޑާ ގުޅުން އޮތީ ޕީއެސްޖީ އާއި އާޖެންޓީނާގެ ގައުމީ ޓީމެވެ. އެކަމަކު ޕީއެސްޖީގައި މެސީގެ އެއްވެސް އެއްޗެއް ރައްކާކޮށްފައި ނެތެވެ. މިހެންވެ އެމެރިކާގައި މެސީ ދިރިއުޅޭ ގެއަށް މި އެވޯޑް ގެންގޮސްފިނަމަ ޖެހޭނީ އެކަމަށް ހާއްސަ ތަނެއް ތައްޔާރުކުރާށެވެ. އަދި އާޖެންޓީނާގެ އެފްއޭގައި ވެސް މެސީ އެވޯޑްތައް ރައްކާކޮށްފައިނުވެ އެވެ. މިހެންވެ ތަޖުރިބާކާރުން ބޮޑަށް ބުރަވަނީ އަށްވަން ބެލޮންޑީއޯ އެވޯޑް ވެސް ރައްކާކޮށް އާއްމުންނަށް ދައްކާލަން ބަހައްޓާނީ ބާސެލޯނާގައި ކަމަށެވެ.

ބަލޮންޑޯ އެވޯޑްލިއޮނެލް މެސީކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު