Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

ފުޓުބޯޅަ ކުޅުން ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ނެތް: ނޯޔާ

ނޯޔާ ފާހަގަ ކުރި ގޮތުގައި ކޮންމެ ކުޅުންތެރިޔަކަށް ވެސް، ރަނގަޅަށް ކުޅެވޭ ދުވަސްކޮޅަކާއި، ރަނގަޅަށް ނުކުޅެވޭ ދުވަސްކޮޅެއް އަންނާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2023 | ހޯމަ 02:14
ބަޔާނުން ކުޅުނު މެޗުގައި ނޯޔާ

ބަޔާނުން ކުޅުނު މެޗުގައި ނޯޔާ

ފުޓުބޯޅަ ކުޅުން ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށް ޖަރުމަނު އަދި ބަޔާން މިއުނިކްގެ ގޯލް ކީޕަރު މެނުއަލް ނޯޔާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު އެނބުރި އައިސް، ބަޔާނަށް ކުޅެދިން ފުރަތަމަ މެޗަށްފަހު އެވެ. މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފައި ބިންދައިގެން ދިޔުމުގެ ސަބަބުން ނޯޔާ ވަނީ 10 މަސް ދުވަސް ވަންދެން ކުޅުމާ ދުރުގައި ހުރެފަ އެވެ. އެ އަނިޔާއިން މުޅިން އެއްކޮށް ރަނގަޅު ނުވަނީވެސް، ނޯޔާ އަށް ވަނީ އިތުރު އަނިޔާއެއް ލިބިފަ އެވެ. އެކަމުން އަރައިގަނެ، ބަޔާންގެ ފަރިތަކުރުންތަކަށް ނޯޔާ ނުކުންނަން ފެށީ، މިދިޔަ އޯގަސްޓު މަހުގެ ތެރޭގަ އެވެ.

ޖަރުމަނު ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ބަޔާނުން ކުޅުނު މެޗުގެ ފުރަތަމަ 11 އިން ނޯޔާ އަށް ވަނީ ފުރުސަތު ދީފަ އެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން ނޯޔާ ބުނީ، އެއްވެސް ވަރަަކަށް ފުޓުބޯޅަ ކުޅުން ހުއްޓާލުމުގެ ވިސްނުމެއް އޭނާ ގެންގުޅެފައި ނުވާނެ ކަމަށެވެ. ނޯޔާ ފާހަގަ ކުރި ގޮތުގައި ކޮންމެ ކުޅުންތެރިޔަކަށް ވެސް، ރަނގަޅަށް ކުޅެވޭ ދުވަސްކޮޅަކާއި، ރަނގަޅަށް ނުކުޅެވޭ ދުވަސްކޮޅެއް އަންނާނެ އެވެ. ނަމަވެސް އެއީ މާޔޫސްވެ ފަހަތަށް ޖެހެން ޖެހޭ ސަބަބެއް ނޫންކަން ފާހަގަކޮށް ނޯޔާ ބުނީ، އަނިޔާއެއް ވެއްޖެ ނަމަ އަބަދު ވެސް އޭނާގެ އަޒުމަކީ އަނބުރާ ކުޅުމުގެ ތެރެއަށް ވަރުގަދަކޮށް އައުން ކަމަށެވެ.

ގިނަ ދުވަސްތަކަށް ފަހު ކުޅުނު ފުރަތަމަ މެޗާ ގުޅޭ ގޮތުން ނޯޔާ ބުނީ އެހެން ކުޅުންތެރިންނާ އެކުވެގެން އެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކުނު ކަމަށެވެ. އޭނާ ބުނީ އަބަދު ވެސް ބޭނުންވަނީ އެންމެން އެކުވެގެން ކުރެވޭ މަސައްކަތުން މޮޅުވަން ކަމަށާއި، ބަޔާނަށް މޮޅުވެވޭނެ ކަމަށެވެ. އަބަދު ވެސް ސިކުނޑީގައި އިންނަނީ ބަޔާނަށް ކޮންމެ ކަމެއް ވެސް ހާސިލްކުރެވޭނެކަން ކަމަށް ވެސް ނޯޔާ ވަނީ ބުނެފަ އެވެ.

ނޯޔާ ބަޔާނަށް ސޮއި ކުރީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން މި ފާއިތުވި 13 ސީޒަންގައި އޭނާ ވަނީ 490 މެޗުގައި ބަޔާންގެ ގޯލު ބަލައްޓައިފަ އެވެ. ބަޔާނާއެކު ނޯޔާ ވަނީ 28 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އުމުރުން 37 އަހަރުގެ ކުޅުންތެރިޔާ އަކީ ޖަރުމަނު ޤައުމީ ޓީމުގެ ވެސް ކީޕަރެވެ. ޤައުމީ ޓީމަށް އޭނާ ވަނީ 117 މެޗުގައި ގޯލު ބަލަހައްޓައިދީފަ އެވެ. ޖަރުމަނުން 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާާބު ކުރިއިރު، އެ މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކީ ވެސް ނޯޔާ އެވެ.

ބަޔާން މިއުނިކްމެނުއަލް ނޯޔާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު