Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ބްރެންޓްފޯޑުން ޗެލްސީ ބަލިކޮށްފި، ނިއުކާސަލް އެއްވަރު

ނިއުކާސަލް އެއްވަރުވީ ވުލްވްސްއާ ވާދަކޮށް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 29 އޮކްޓޯބަރު 2023 | އާދީއްތަ 03:30
ބްރެންޓްފޯޑް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ރޮއިޓަރސް

ބްރެންޓްފޯޑް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ރޮއިޓަރސް

އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރެންޓްފޯޑުން ޗެލްސީ ބަލިކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ޗެލްސީގެ މައްޗަށް ބްރެންޓްފޯޑުން ކުރިހޯދީ 2-0 ނެވެ. މިސީޒަންގައި ފޯމް ދަށްކޮށް ގެންނަ ޗެލްސީ ކޮޅަށް ދެ ލަނޑުވެސް ޖެހީ ދެވަނަ ހާފްގައެވެ. ފުރަތަމަ ލަނޑު ހާފްގެ ކުރީކޮޅު ޖެހީ އީތަން ޕިނޮކު އެވެ. ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ އެމްބެއުމޯ އެވެ. މި ލަނޑު ޖެހީ ފަހުވަގުތު ޗެލްސީއަށް ލިބު ކޯނަރަށް ކީޕަރު ރޮބާޓް ސަންޗޭޒްވެސް ކުރިއަށް އެރުމުން ލިބުނު ފުރުޞަތުގައެވެ. މިއީ ބްރެންޓްފޯޑުން މިސީޒަންގެ ލީގުގައި ދިހަ މެޗުން ހޯދި ތިންވަނަ މޮޅެވެ. މެޗުން ބަލިވިޔަން ޗެލްސީން މެޗުގައި ގިނަ ޝޮޓްތަކެއް ނެގިއެވެ. އެކަމަކު ގޯލަކަށް ބަދަލުކޮށްނުލެވި ނާކާމިޔާބުވީއެވެ.

މިމޮޅާއެކު ބްރެންޓްފޯޑް ވަނީ 13 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައަށް ކުރިއަށް ޖެހިލާފައެވެ. ޗެލްސީ އޮތީ 12 ޕޮއިންޓާއެކު 11 ވަނާގައެވެ. ލީގުގައި ނިއުކާސަލް ޔުނައިޓެޑް ވުލްވްސްއާ ވާދަކޮށް ފުއްދާލީ ޕޮއިންޓަކުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ދެފަހަރު ވެސް ކުރިހޯދީ ނިއުކާސަލްއިން ނެވެ. ނިއުކާސަލްއަށް ފުރަތަމަ ލީޑް ނަގައިދިނީ ވިލްސަން އެވެ. ލެމިނާ ނަތީޖާ ހަމަހަމަކޮށްދީފައި ވަނިކޮށް, ދެވަނަ ފަހަރަށް ނިއުކާސަލް އިން ކުރިހޯދީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ކާމިޔާބުކުރީވެސް ވިލްސަން އެވެ. ވުލުވްސް އިން ޕޮއިންޓެއް ޔަޤީންކުރީ 71 ވަނަ މިނެޓުގައި ހުވަން ހީ-ޗަންގ ޖެހި ލަނޑުންނެވެ.

ޕްރިމިއަރ ލީގުޗެލްސީނިއުކާސަލް ޔުނައިޓެޑްބްރެންޓްފޯޑު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު