Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

ގޯލު ޖެހީ ބެލިންހަމް، މެޗު ބަދަލުކޮށްލީ މޮޑްރިޗް: އެންޗެލޯޓީ

ބާސެލޯނާގެ ކޯޗު ޒަވީ ބުނީ ރެއާލް މެޑްރިޑް މޮޅުކޮށްދިނީ ބެލިންހަމް އެކަނިމާ އެކަނި ކަމަށް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 29 އޮކްޓޯބަރު 2023 | އާދީއްތަ 03:33
ބެލިންހަމް އާއި މޮޑްރިޗް މެޗަށް ފަހު އުފާ ފާޅުކުރަނީ

ބެލިންހަމް އާއި މޮޑްރިޗް މެޗަށް ފަހު އުފާ ފާޅުކުރަނީ

ބާސެލޯނާ އަތުން ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑް ފަހަތުން އަރައި މޮޅުވި މެޗުގައި ޖޫޑް ބެލިހަމް ވަރަށް މޮޅު ކަމަށާއި ނަމަވެސް މެޗު ބަދަލުކޮށްލީ ކްރޮއޭޝިޔާގެ ކެޕްޓަން ލޫކާ މޮޑްރިޗް ކަމަށް ކޯޗު ކާލޯ އެންޗެލޯޓީ ބުނެފި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އޭނާ ބުނީ އިނގިރޭސި މިޑްފީލްޑަރު ބެލިންހަމް އަކީ ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށެވެ. ނަމަވެސް 63 ވަނަ މިނެޓުގައި ޓޯނީ ކްރޫސްގެ ބަދަލުގައި 38 އަހަރުގެ މޮޑްރިޗް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނެރުނީ ވަރަށް މުހިންމު ޕްލޭނެއްގެ ދަށުންކަން އޭނާ ފާހަގަކުރި އެވެ.

އޭނާ ބުނީ އުމުރުން ކިތަންމެ ދޮށި ވިޔަސް މޮޑްރިޗް ފަދަ ކުޅުންތެރިންގެ މުހިންމުކަން މެޗުން ފެނިގެންދިޔަ ކަމަށެވެ.

ބާސެލޯނާގެ ކޯޗު ޒަވީ ހަނާންޑޭޒްގެ ތައުރީފް ލިބުނީ ބެލިންހަމަށެވެ. އޭނާ ބުނީ ރެއާލް މެޑްރިޑް މޮޅުކޮށްދިނީ ބެލިންހަމް އެކަނިމާ އެކަނި ކަމަށެވެ.

މި ނަތީޖާއާއެކު ސްޕެނިޝް ލީގުގައި ރެއާލް އާއި ބާސެލޯނާގެ ފަހަތު ވަނީ ހަތަރު ޕޮއިންޓަށް ފުޅާވެފަ އެވެ. 11 މެޗުން ރެއާލް އާއި ޖިނޯރާ އަށް 28 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނާގައި ބާސެލޯނާ އޮތީ 24 ޕޮއިންޓާއެކުގަ އެވެ.

ރެއާލް މެޑްރިޑްޖޫޑް ބެލިންހަމްލޫކާ މޮޑްރިޗް

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު މޮޅުވެ، ރެއާލް ގަދަ 16 އަށް

18 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު މޮޅުވެ، ރެއާލް ގަދަ 16 އަށް
15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު