Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީން

ފަލަސްތީނެވެ. މުޅި އުންމަތް ތި އަޚުންނާއި އުޚްތުންނަށް ދަރަނިވެރި ވެއްޖެ އެވެ.

ޣައްޒާއަށް ރޭގައި އިސްރާއީލުން ދިން ހަމަލާތަކާއެކު މުވާސަލާތީ ގުޅުމާއި އިންޓަރނެޓްގެ ޚިދުމަތް ކެނޑިފައިވޭ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2023 | ހޮނިހިރު 18:15
ފަލަސްތީންގެ މުޖާހިދުންނަށް ނަސްރު ދެއްވުން އެދި ދުއާ ކުރަނީ

ފަލަސްތީންގެ މުޖާހިދުންނަށް ނަސްރު ދެއްވުން އެދި ދުއާ ކުރަނީ

ޝަހީދު ވަނީ ކުށެއް ނެތް މައުސޫމް ޅަ ދަރިންނެވެ. ލޯބިވާ އަނބިންނާއި އަންހެން ދަރިންނެވެ. ސަލާމަތްވާނެ ގޮތެއް ހޯދުމުގައި އަވަދިނެތި އުޅޭ ލޯބިވާ ބައްޕަ އެވެ. މިއީ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންގެ މިދިޔަ 75 އަހަރުގެ ހާލަތެވެ. އަމިއްލަ ބިމުގައި ތަހައްމަލު ކުރި ވޭނީ ދިރިއުޅުމެވެ.

ވަކިން ޚާއްސަކޮށް މިދިޔަ ވިއްސަކަށް ދުވަހުގެ ތެރޭގައި އެ އަޚުންނާއި އުޚްތުންގެ ހިތި ދިރިއުޅުމަކީ މިއީ އެވެ. ކުޑަކުޑަ ތަންކޮޅެއްގެ ތެރޭގައި ތާށިވެފައި ތިބި 2 މިލިއަނަށް ވުރެ ގިނަ މީހުންގެ ނިކަމެތި ހާލަކީ ވެސް މިއީ އެވެ. މިއީ ނުލަފާ ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކެވެ.

މި ލާއިންސާނީ އަދި ނިރުބަވެރި އަނިޔާތަކަކީ އިއްޔެއަކު މިއަދަކު ހިނގި އަދި ފެށި ކަމެއް ވެސް ނޫނެވެ. މި އަނިޔާތަކަކީ މިދިޔަ 75 އަހަރު، އަހަރުމެންގެ މުޅި އުންމަތް އެ މައުސޫމް ފަލަސްތީނުގެ ރައްޔިތުންނަށް ދަރަނިވެރިވެފައިވާ 75 އަހަރެވެ.

ބާރު ހުރި އަރަބި ލީޑަރުންގެ ފަރާތުން ފެނުނު އަދި ފެންނަމުންދާ ފިނޑި ކަމާއި، ހުޅަނގު ދެކެ ގަންނަ ބިރަކީ އަހަރުމެންގެ މުޅި އުންމަތް އެ ރައްޔިތުންނަށް ދަރަނިވެރިވެފައިވާ ކަންކަމެވެ. އާރާއި ބާރު ހުރި ބައެއް އަރަބި ގައުމުތަކުން ހުޅަނގާއި ޔަހޫދީ ޒަޔަނިސްޓު އިސްރާއީލަށް ވާގިވަމުންދާ ކަމީ އެކަމަށް މުޅި މި އުންމަތް ތި އަޙުންނާއި އުޙްތުންނަށް ދަރަނިވެރިވެފައިވާ ކަންކަމެވެ. އަހަރުމެންނަށް މައާފު ކުރާށެވެ.

އަހަރުމެންނަށް މިއަދު ކުރެވޭ ވަރަކަށް ހުޅަނގުގެ އެ ވާހަކަތައް ދޮގު ކުރަމެވެ. ތިޔަ ރައްޔިތުންގެ މައުލޫމާތު ފަތުރަމެވެ. ސޯޝަލް މީޑިޔާ އަދި އެނޫން ވެސް އެކި ވިއުގަތަކުން މީހުން ހޭލުންތެރިކޮށް، ތިޔަ އަޙުންނާއި އުޙްތުންނަށް ހެޔޮ ދުއާ ކޮށްދެމެވެ. އެކަންތައް އެފަދައިން ކުރި ނަމަވެސް، ހުޅަނގާއި ބާރު ގަދަ ފަރާތްތަކުން އަހަރުމެންގެ ވާހަކަތަކެއް އަޑެއް ނާހަ އެވެ.

ވަކި ޕްރޮޕަގެންޑާއެއްގެ ދަށުން އެމީހުން ބޭނުންވާ ވާހަކަތައް އެމީހުން ފަތުރަ އެވެ. ތިޔަ އަޙުންނާއި އުޙްތުންގެ ނަމުގައި މުޅިން ދޮގުހަދާ އޮޅުވާލައެވެ. ތިޔަ އަޙުންނަކީ އިންސާނުންނަށް ވުރެ ނުބައި ބައެއް ކަމަށް އެމީހުން މުޅި ދުނިޔެ އަށް ދައްކަ އެވެ.

ނަމަވެސް، ހަގީގަތަކީ ބަދަލު ނުކުރެވޭނެ އެއްޗެކެވެ. ހަގީގަތަކީ އެމީހުން ތިޔަ އަޙުންނާއި އުޙްތުންގެ މުޅި ދިރިއުޅުން ހަލާކުކޮށްފި ކަމެވެ. ރެޔާ ދުވާލު ގަދައަޅައި، ދާ އޮހޮރުވައިގެން ކުރި މަސައްކަތް ވެއްޔާއި މޮޑެލައިފި ކަމެވެ. ލޯބިވާ އަނބިންނާއި އަންހެން ދަރިންގެ އިއްފަތް ނަގާލައިފި ކަމެވެ. ތިޔަ އަހުންނާއި އުޚްތުންގެ ލެއިން މުޅި ބިން ފުރާލައިފި ކަމެވެ.

ނަމަވެސް، އާޙިރުގައި އުފާ ފާގަތިކަން އޮތީ ތިޔަ އަޙުންނާއި އުޙްތުންނަށެވެ. ތިޔަ އަޙުންނާއި އުޙްތުން މި އަނިޔާވެރި ދުނިޔެ ދޫކޮށް ދާނީ ޝަހީދުންގެ މަތިވެރި ދަރަޖައިގަ އެވެ. ހަމަ ގައިމު ވެސް، އެ ނުލަފާ މީހުންނަކީ އިންސާނިއްޔަތުކަމެއް ނެތް، ކުލުނެއް ނެތް މީހުންނެވެ. ދުނިޔަވީ އެދުމުން ފޯވެފައި ތިބި މީހުންނެވެ. އާޙިރުގައި އޭގެ ނުބައި ރަހަ، އެމީހުންގެ ކަރުތަކުގައި ލާނެ އެވެ. ހަމަ ގައިމު ވެސް، އަހަރުމެން އެ ނުބައި މީހުންނަކަށް މައާފެއް ނުކުރާނަމެވެ.

އަހަރުމެން، ވަކި ފަރުދުންގެ ހައިސިއްޔަތުން ނަމަވެސް، ތިޔަ ރައްޔިތުންދެކެ އިންތިހާއަށް ލޯބިވެ އެވެ. ތިޔަ އަޙުންނާއި އުޙްތުން އުޅޭ ހާލު ފެނި އަހަރުމެން ކަރުނަ އަޅައި ރޮމެވެ. ކާނެ އެއްޗެއް، ބޯނެ ފެން ފޮދެއް ވެސް ނެތް ކަން އަހަރުމެންނަށް އިނގެ އެވެ. އެހެން ކަމުން ވީ ވަރަކުން އަހަރުމެން ތިިޔަ ރައްޔިތުންނަށް އެހީގެ އަތެއް ދިއްކުރަމެވެ. އެންމެ ބޮޑު ކަމަކަށް، މުޅި އުންމަތް އެކީ ތިޔަ އަޚުންނާއި އުޚްތުންނަށް ނަސްރު ދެއްވުން އެދި ﷲ ގެ ހަޟްރަތުގައި ދުއާ ދަންނަވަމު އެވެ.

ޣައްޒާފަލަސްތީނުއިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު