Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ކޭންގެ ހެޓްރިކާއެކު ބަޔާނަށް އަށް ލަނޑުގެ މޮޅެއް

މެޗުގައި ބަޔާނުން އެ ޓީމުގެ އަށް ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 އޮކްޓޯބަރު 2023 | އާދީއްތަ 02:48
ބަޔާނުން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު، ޓީމުގެ ކުޅުންތެރިންނާއެކު ކޭން އުފާ ފާޅުކުރަނީ

ބަޔާނުން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު، ޓީމުގެ ކުޅުންތެރިންނާއެކު ކޭން އުފާ ފާޅުކުރަނީ

ޖަރުމަނު ލީގުގައި ޑާމްސްޓަޑާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އަށް ލަނޑުގެ ބޮޑު މޮޅެއް ހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 8-0 އިންނެވެ. މެޗުގައި ބަޔާނުން އެ ޓީމުގެ އަށް ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ބަޔާންގެ ޔޯޝުއާ ކިމިކް އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. އޭގެ ފަހުން 10 ކުޅުންތެރިންނާއެކު ބަޔާނުން ކުޅެމުން އަންނަނިކޮށް، ޑާމްސްޓަޑާގެ ދެ ކުޅުންތެރިޔަކަށް ވަނީ ސީދާ ރަތް ކާޑު ދައްކައިފަ އެވެ. އެއީ ދެ ޑިފެންޑަރުން ކަމަށްވާ މަޓެޖް މަޖްލިކާ އަދި ކްލައުސް ޖަސުލާ އެވެ.

މެޗުގެ 51 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އެވެ. އޭގެ ފަސް މިނެޓު ފަހުން އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ލެރޯއީ ސާނޭ އެވެ. ބަޔާންގެ ތިން ވަނަ ލަނޑު ޒުވާން ކުޅުންތެރިޔާ ޖަމާލް މުސިއާލާ ޖެހީ 60 ވަނަ މިނެޓުގަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ސާނޭ ވަނީ ބަޔާންގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. ބަޔާންގެ ފަސް ވަނަ ލަނޑު ޖެހީ 69 ވަނަ މިނެޓުގައި ކޭން އެވެ. އޭގެ ދެ މިނެޓު ފަހުން އެ ޓީމުގެ ހަ ވަނަ ލަނޑު ޖެހީ ތޯމަސް މުލާ އެވެ. ބަޔާންގެ ހަތް ވަނަ ލަނޑު މުސިއާލާ ޖެހީ 76 ވަނަ މިނެޓުގަ އެވެ. އޭގެ ފަހުން މެޗުގެ 88 ވަނަ މިނެޓުގައި ކޭން ވަނީ އޭނާގެ ތިން ވަނަ ލަނޑު، އަދި ބަޔާންގެ އަށް ވަނަ ލަނޑު ޖަހައިފަ އެވެ.

މޮޅާއެކު ބަޔާނުން ވަނީ ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު ނުވަ މެޗުން 23 ޕޮއިންޓު ހޯދައިގެންނެވެ. ބަޔާނަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި ބަޔާ ލެވަކޫސަން އޮތީ 22 ޕޮއިންޓާއެކު އެވެ. ލީގުގައި އާދީއްތަ ދުވަހުގެ ރޭ ފްރެއިބާގާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، އަލުން އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު ލެވަކޫސަން އަށް އޮންނާނެ އެވެ.

ބުންޑެސްލީގާޖަރުމަން ލީގުބަޔާން މިއުނިކްހެރީ ކޭން

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
30 ޖޫން 2025

ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް

30 ޖޫން 2025
ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް
25 ޖޫން 2025

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

25 ޖޫން 2025
ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު