Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަ ސްކޫލް ވޮލީ މުބާރާތްވ 2023

އިންޓަ ސްކޫލް ވޮލީ މުބާރާތް: ފ.އަތޮޅު މަދަރުސާގެ ތިން ޓީމު ވެސް ސެމީ ފައިނަލްގައި

ސެމީ ފައިނަލަށް ފ.އަތޮޅު މަދަރުސާ ދަތުރު ކުރީ 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން އަދި 14 އަހަރުން ދަށުގެ އަންހެން ޓީމު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2023 | ހޮނިހިރު 05:41
އިންޓަ ސްކޫލުގައި ފ.އަތޮޅު މަދަރުސާ އިން ކުޅުނު މެޗެއްގެ ތެރެއިން

އިންޓަ ސްކޫލުގައި ފ.އަތޮޅު މަދަރުސާ އިން ކުޅުނު މެޗެއްގެ ތެރެއިން

މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ ތިން ސެމީ ފައިނަލުން ފ.އަތޮޅު މަދަރުސާގެ ޓީމުތައް ޖާގަ ހޯދައިފި އެވެ.

ފ.އަތޮޅު މަދަރުސާ އިން ސެމީ ފައިނަލްގެ ޖާގަ ހޯދީ 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގެ އިތުރުން، 14 އަހަރުން ދަށުގެ އަންހެން ބައިންނެވެ. އެ ސްކޫލުން ވާދަކުރާ 14 އަހަރުން ދަށުގެ ފިރިހެން ޓީމު ވަނީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފަ އެވެ. ފައިނަލްގައި އެޓީމާ ދެކޮޅަށް ނިކުންނާނެ ޓީމެއް ކަށަވަރުވާނީ ކެޔޮދޫ ސްކޫލާއި، މުހުޔިއްދީނު ސްކޫލް ބައްދަލުކުރާ ސެމީފައިނަލް މެޗަށްފަހުއެވެ.

ފ.އަތޮޅު މަދަރުސާގެ 16 އަހަރުން ދަށުގެ ފިރިހެން ޓީމު ސެމީ ފައިނަލުން ޖާގަ ހޯދީ ގްރޫޕް އޭގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. އެއީ މި ގްރޫޕުގައި އެ މަދަރުސާ އިން އދ.ކުނބުރުދޫއާ ދެކޮޅަށް ކުޅުނު މެޗުން ބަލުވެފައިވާތީ އެވެ. ސެމީ ފައިނަލްގެ ޖާގަ އެ ސްކޫލުން ކަށަވަރު ކުރީ ހުކުރު ދުވަހު ކަލާފާނު ސްކޫލާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެގެންނެވެ. އެ މެޗުން ފ.އަތޮޅު މަދަރުސާ އިން ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް އެ ޓީމުން ހޯދީ 25-20 އަދި 25-9 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަަށް ހޮވުނީ އެ ޓީމުގެ އަޒާން ފަތުހުﷲ އެވެ.

ފ.އަތޮޅު މަދަރުސާގެ 16 އަހަރުން ދަށުގެ އަންހެން ޓީމު ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އެވެ. އެހެންކަމުން މި ގްރޫޕްގެ އެއް ވަނައިގައި އެ ޓީމު ވަނީ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. 14 އަހަރުން ދަށުގެ އަންހެން ޓީމަށް ގްރޫޕް ސްޓޭޖުގައި ބާކީ އޮތީ ކެޔޮދޫ ސްކޫލާ ދެކޮޅަށް ކުޅޭ މެޗެވެ. މި ދެ ޓީމު ވަނީ މީގެ ކުރިން ގްރޫޕް ބީގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްފަ އެވެ. އެހެންކަމުން ގްރޫޕް ބީގެ އެއް ވަނަ ޓީމާއި، ދެ ވަނަ ޓީމު ކަނޑައެޅޭނީ މި ދެ ޓީމު ބައްދަލު ކުރާ މެޗުންނެވެ. އެ މެޗުން މޮޅުވާ ޓީމަކަށް އެއް ވަނަ ލިބޭއިރު، ބަލިވާ ޓީމަކަށް ލިބޭނީ ދެ ވަނަ އެވެ.

މިއަހަރުގެ މުބާރާތުގައި އަތޮޅު ތެރެއިން ވާދަ ކުރާ ސްކޫލްތައް އަންނަނީ ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް 2023

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު