Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަ ސްކޫލް ވޮލީ މުބާރާތް 2023

އިންޓަ ސްކޫލް ވޮލީ މުބާރާތް: ފ.އަތޮޅު މަދަރުސާ، އިމާދުއްދީން، ކެޔޮދޫ އަދި ކުނބުރުދޫ މޮޅުވެއްޖެ

ބުދަ ދުވަހު ކުޅެފައި ވަނީ 16 އަހަރުން ދަށް އަދި 14 އަހަރުން ދަށުގެ އަންހެން ބައިގެ މެޗުތައް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2023 | ބުރާސްފަތި 00:36
އިންޓަ ސްކޫލް ވޮލީ މުބާރާތުގައި ފ.އަތޮޅު މަދަރުސާ އަދި މަޖީދިއްޔާ ސްކޫލް ކުޅުނު މެޗުގެ ތެރެއިން

އިންޓަ ސްކޫލް ވޮލީ މުބާރާތުގައި ފ.އަތޮޅު މަދަރުސާ އަދި މަޖީދިއްޔާ ސްކޫލް ކުޅުނު މެޗުގެ ތެރެއިން

އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ބައިގައި ފ.އަތޮޅު މަދަރުސާ، އިމާދުއްދީން ސްކޫލް، ކެޔޮދޫ ސްކޫލް އަދި އދ.ކުނބުރުދޫ ސްކޫލް ކުޅުނު މެޗު އެ ޓީމުތަކުން ކާމިޔާބު ކޮށްފި އެވެ.

ބުދަ ދުވަހުގެ ހަވީރު މާފަންނު އައުޓްޑޯ ވޮލީ ކޯޓުގައި ކުޅުނު މެޗުތަކުގައި ފ.އަތޮޅު މަދަރުސާ އިން ވަނީ ތާޖުއްދީން ސްކޫލް ބަލިކޮށްފަ އެވެ. އެ ސްކޫލުން އެ މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ފ.އަތޮޅު މަދަރުސާ އިން ކާމިޔާބު ކުރީ 25-8 އަދި 25-7 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެ ޓީމުގެ އީމާން އަލީ އެވެ. ކުނބުރުދޫ ސްކޫލް އިން ވަނީ އދ.އަތޮޅު މަދަރުސާގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދައިފަ އެވެ. މެޗުގެ ސެޓުތައް އެ ޓީމުން ކާމިޔާބު ކުރީ 25-9 އަދި 25-22 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެ ޓީމުގެ ފާތިމަތު ފައިޙާ މުޙައްމަދު އެވެ.

މިބައިގައި އިމާދުއްދީން ސްކޫލް އަދި ކަލާފާނު ސްކޫލް ވާދަކުރި މެޗު އިމާދުއްދީނުން ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް އިމާދުއްދީނުން ހޯދީ 25-14 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެ ޓީމުގެ މިންހަތު އަޙުމަދު އެވެ. ކ.އަތޮޅު ތައުލީމީ މަރުކަޒު ވަނީ ކެޔޮދޫ ސްކޫލާ ވާދަކޮށް ސީދާ ދެ ސެޓުން ބަލިވެފަ އެވެ. މެޗުގެ ސެޓުތައް ކެޔޮދޫން އިން ކާމިޔާބު ކުރީ 25-16 އަދި 25-12 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކެޔޮދޫ ސްކޫލްގެ އާމިނަތު ޝަފުޤާ ޔޫސުފް އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު 14 އަހަރުން ދަށުގެ އަންހެން ބައިގެ މެޗުތަކަށް ބަލާއިރު، ތާޖުއްދީން ސްކޫލް އިން ވަނީ މުހްޔިއްދީން ސީދާ ދެ ސެޓުން ބަލިކޮށްފަ އެވެ. މެޗުގެ ސެޓުތައް ތާޖުއްދީނުން ކާމިޔާބު ކުރީ 25-23 އަދި 25-16 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތާޖުއްދީންގެ ޚަދީޖާ ޖިއާން ޖަވާދު އަޙުމަދު އެވެ. ހުރަވީ ސްކޫލާ ވާދަކޮށް ކެޔޮދޫ ސްކޫލް ވެސް މޮޅުވެފައި ވަނީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ކެޔޮދޫން އިން ހޯދީ، 25-6 އަދި 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކެޔޮދޫގެ އައިޝަތު އަޒްކާ މުޙައްމަދު ނާޝިދު އެވެ.

މިބައިގައި މަޑިފުށި ސްކޫލް އަދި ކ.އަތޮޅު ތައުލީމީ މަރުކަޒު ބައްދަލު ކުރި މެޗު، ސީދާ ދެ ސެޓުން ކާމިޔާބު ކުރީ މަޑިފުށި ސްކޫލް އެވެ. މެޗުގެ ސެޓުތައް އެ ޓީމުން ހޯދީ 25-13 އަދި 25-14 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަަކަށް ހޮވުނީ މަޑިފުށި ސްކޫލްގެ މަރިޔަމް ޔާނީ ޚަލީލް އެވެ. ފ.އަތޮޅު މަދަރުސާ އިން ވަނީ ސީދާ ދެ ސެޓުން މަޖީދިއްޔާ ސްކޫލް ބަލިކޮށްފަ އެވެ. އެ ޓީމުން މެޗުގެ ސެޓުތައް ކާމިޔާބު ކުރީ 25-16 އަދި 25-11 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފ.އަތޮޅު މަދަރުސާގެ އީޝާ އަލީ އެވެ.

މުބާރާތުގެ ކުޅުން ބުރާސްފަތި ދުވަހު ވެސް ކުރިއަށް ދާނެ އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް 2023

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު