Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންތިޚާބީ ރައީސްގެ އޮފީސް

ދެވަނަ ބުރުގައި ހުށަހެޅި ފޯމުތަކާމެދު އަމަލުކުރާނެ ގޮތެއް އަދިި ނުނިންމާ: އިންތިޚާބީ ރައީސްގެ އޮފީސް

ދެވަނަ ބުރުގައި 40,594 ފޯމު ވަނީ ހުށަހަޅާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 25 އޮކްޓޯބަރު 2023 | ބުދަ 11:56
އިންތިޚާބީ ރައީސް އޮފީހުގެ ތަރުޖަމާނު، ފިރުޒުލް

އިންތިޚާބީ ރައީސް އޮފީހުގެ ތަރުޖަމާނު، ފިރުޒުލް

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން، ދެވަނަ ބުރުގައި ހުށަހެޅި ފޯމުތަކަށް ހަދާނެ ގޮތަކާމެދު ގޮތެއް އަދި ނިންމާފައި ނުވާކަމަށް އިންތިޚާބީ ރައީސް އޮފީހުން ބުނެފިއެވެ.

މި ސަރުކާރުން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހިންގާ މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ ދެވަނަ ބުރަކަށް ހުޅުވާލުމުން 40,594 ފޯމު ވަނީ ހުށަހަޅާފައެވެ. އެގޮތުން، ބަންޑާރަ ގޯއްޗަށް އެދި 19،347 ފޯމު ހުށަހަޅާފައިވާއިރު، ފުލެޓަށް އެދި 21،247 ފޯމް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވަނީ ބުނެފައެވެ.

މި ފޯމުތަކާ ގުޅޭގޮތުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޚާބީ ރައީސް އޮފީހުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ވިދާޅުވީ، އެ ފޯމުތަކާމެދު ގޮތެއް ނިންމުމަށް މަޝްވަރާކުރަމުން ދާކަމަށެވެ. ނަމަވެސް މިހާތަނަށް ފޯމުތަކާމެދު ކަންކުރާނެ ގޮތަކާމެދު ގޮތެއް ނުނިންމޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވީ، ފުރަތަމަ ފިޔަވަހީގެ ދަށުން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓަށް ކަމަށާއި، ފަހުން ކުރި އިއުލާނާ ގުޅިގެން އެޕްލިކޭޝަންތަކާ ގުޅޭގޮތުން މަޝްވަރާ ކުރަމުން ދާކަމަށެވެ. އެ މަޝްވަރާތައް ކުރިއަށްދާތީ އޭނާ އިތުރު ތަފްސީލެއް ނުދެއްވައެވެ.

މި ސަރުކާރުން ހިންގަން ފަށާ މަޝްރޫއުތައް ނުހުއްޓުވާނެ ކަމަށް، އިންތިޚާބުގެ ދުވަސްވަރާއި އިންތިޚާބުވެވަޑައިގަތުމަށްފަހު ވެސް މުއިއްޒު ވަނީ އެކި މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި ވިދާޅުވެފައެވެ. އަދި މި ސަރުކާރުން ދޭ ގޯއްޗާއި ފްލެޓުތައް އަތުނުލައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ދެވަނަ ބުރަށް ހުޅުވާލީ، މާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ ރައްޔިތުންނަށްވެސް ބޯހިޔާވަހިކަން ލިބޭ ގޮތަށެވެ. އެގޮތުން މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ ފަރާތްތަކަށް ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއިރު، ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކަށެވެ.

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުފިރުޒުލް އަބްދުﷲ

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ

04 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ
05 ޑިސެމްބަރު 2024

ރައީސް ސާލިޙްގެ ސަރުކާރުން ފައްޓާފައިވާ ޕްރޮޖެކްޓްތައް ނުހުއްޓި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްދެވޭނެ ގޮތެއް ފަހި ކޮށްދިނުމަށް ރައީސްގެ ކިބައިން މަސްވެރިންގެ ލޮބީން އެދިއްޖެ

05 ޑިސެމްބަރު 2024
ރައީސް ސާލިޙްގެ ސަރުކާރުން ފައްޓާފައިވާ ޕްރޮޖެކްޓްތައް ނުހުއްޓި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްދެވޭނެ ގޮތެއް ފަހި ކޮށްދިނުމަށް ރައީސްގެ ކިބައިން މަސްވެރިންގެ ލޮބީން އެދިއްޖެ
21 އެޕްރީލު 2024

ހުރިހާ ރައްޔިތުން ވެސް ނުކުމެ އަވަހަށް ވޯޓުލުމަށް ރައީސް އިލްތިމާސްކުރައްވައިފި

21 އެޕްރީލު 2024
ހުރިހާ ރައްޔިތުން ވެސް ނުކުމެ އަވަހަށް ވޯޓުލުމަށް ރައީސް އިލްތިމާސްކުރައްވައިފި
20 ނޮވެމްބަރު 2023

ތިލަމާލެ ބްރިޖުގެ މަސައްކަތް ލަސްވި ސަބަބުތައް ދެނެގަތުމަށް ދަނީ މަސައްކަތް ކުރަމުން: ސަރުކާރު

20 ނޮވެމްބަރު 2023
ތިލަމާލެ ބްރިޖުގެ މަސައްކަތް ލަސްވި ސަބަބުތައް ދެނެގަތުމަށް ދަނީ މަސައްކަތް ކުރަމުން: ސަރުކާރު
20 ނޮވެމްބަރު 2023

މުލީއާގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރާނީ އެ އިމާރާތުގެ އަސްލަށް ގެއްލުން ނުވާ ގޮތަށް: ރައީސް އޮފީސް

20 ނޮވެމްބަރު 2023
މުލީއާގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރާނީ އެ އިމާރާތުގެ އަސްލަށް ގެއްލުން ނުވާ ގޮތަށް: ރައީސް އޮފީސް
20 ނޮވެމްބަރު 2023

ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށް "ވިޒިޓާ އިކޮނޮމީ ކައުންސިލް"ގެ ނަމުގައި ޚާއްސަ ކައުންސިލެއް އުފައްދަވައިފި

20 ނޮވެމްބަރު 2023
ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށް "ވިޒިޓާ އިކޮނޮމީ ކައުންސިލް"ގެ ނަމުގައި ޚާއްސަ ކައުންސިލެއް އުފައްދަވައިފި
20 ނޮވެމްބަރު 2023

ސަރުކާރަށް ބޭނުންވާ އެއްބާރުލުން މަޖިލީހުން ލިބޭނެކަމުގެ އިތުބާރު އެބައޮތް، މިތިބީ ޕޮޒިޓިވްކޮށް - ފިރުޒުލް

20 ނޮވެމްބަރު 2023
ސަރުކާރަށް ބޭނުންވާ އެއްބާރުލުން މަޖިލީހުން ލިބޭނެކަމުގެ އިތުބާރު އެބައޮތް، މިތިބީ ޕޮޒިޓިވްކޮށް - ފިރުޒުލް
20 ނޮވެމްބަރު 2023

އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އިންޑިއާގެ އެއްބާރުލުން ލިބޭނެ، މަސައްކަތް ކުރިއަށް ދާނީ އޮމާންކޮށް- ފިރުޒުލް

20 ނޮވެމްބަރު 2023
އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އިންޑިއާގެ އެއްބާރުލުން ލިބޭނެ، މަސައްކަތް ކުރިއަށް ދާނީ އޮމާންކޮށް- ފިރުޒުލް
02 ނޮވެމްބަރު 2023

ވެމްކޯގެ މާލީ އޮޑިޓްތައް 2020ން ފެށިގެން ނުހަދާކަމަށް ދެކެވޭ ވާހަކަ އެ ކުންފުނިން ދޮގުކޮށްފި

02 ނޮވެމްބަރު 2023
ވެމްކޯގެ މާލީ އޮޑިޓްތައް 2020ން ފެށިގެން ނުހަދާކަމަށް ދެކެވޭ ވާހަކަ އެ ކުންފުނިން ދޮގުކޮށްފި
01 ނޮވެމްބަރު 2023

އައު ސަރުކާރުގެ 458 މަޝްރޫއުއަކަށް 1.5 ބިލިއަން ރުފިޔާ

01 ނޮވެމްބަރު 2023
އައު ސަރުކާރުގެ 458 މަޝްރޫއުއަކަށް 1.5 ބިލިއަން ރުފިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު