Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުލަމް

ފުލަމްގެ އެއްބަސްވުން މާކޯ ސިލްވާ އައު ކޮށްފި

މިހާރު އޭނާ ސޮއި ކުރި އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 އޮކްޓޯބަރު 2023 | ބުދަ 00:41
ފުލަމްގެ ކޯޗު މާކޯ ސިލްވާ

ފުލަމްގެ ކޯޗު މާކޯ ސިލްވާ

ފުލަމްގެ ކޯޗު މާކޯ ސިލްވާ، އެކުލަބުގެ އެއްބަސްވުން އައު ކޮށްފި އެވެ.

ފުލަމް އިން ވަނީ އުމުރުން 46 އަހަރުގެ ސިލްވާ އެކުލަބުގެ އެއްބަސްވުން އައު ކުރިކަން ރަސްމީކޮށް އިއުލާން ކޮށްފަ އެވެ. ފުލަމްގެ އެއްބަސްވުން ސިލްވާ އައު ކޮށްފައި ވަނީ އިތުރު ދެ އަހަރު ދުވަހަށެވެ. 2021 ވަނަ އަހަރު އޭނާ ފުލަމްއާ ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، މިހާރު އޭނާ ސޮއި ކުރި އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ފުލަމްގެ އައު އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ސިލްވާ ބުނީ، ފުލަމް އިން އޭނާއާ ހަވާލު ކުރި މަސައްކަތް އެއްކޮށް ނުނިމޭ ކަމަށެވެ. އޭނާ ބުނީ ފުލަމްއާއެކު ހޭދަކުުރެވުނީ ކާމިޔާބު ދެ ސީޒަން ކަމަށާއި، ކުލަބުން ހާސިލް ކުރަން ބޭނުންވާ ކަންކަން އަދި ވެސް ހުރި ކަމަށެވެ. އެހެންކަމުން އޭނާގެ ހުރިހާ ވަގުތަކާއި، އިސްކަމެއް އޮންނާނީ އެކަންކަން ހާސިލް ކުރުމަށް ކަމަށް ވެސް ސިލްވާ ވަނީ ބުނެފަ އެވެ. އިތުރަށް އޭނާ ބުނީ ކުލަބުގެ އިސްވެރިން އޭނާއާ މެދު ބާއްވާ އިތުބާރަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށެވެ. ސިލްވާ ފާހަގަ ކުރި ގޮތުގައި އެއްބަަސްވުން އައު ކުރުމަށް އޭނާ އަށް އެންމެ ފަސޭހަވީ ވެސް ވެރިންގެ އިތުބާރު އޮތުމުންނެވެ.

ފުލަމްގެ އެއްބަސްވުން ސިލްވާ އައު ކުރީ، ސައުދީ ޕްރޯ ލީގުގެ އަލް އަހްލީން ވެސް އޭނާ ހޯދުމަށް މަސައްކަތް ކޮށްފައި ވަނިކޮށެވެ. ނަމަވެސް އެންމެ ފުރަތަަމަ ވެސް ސިލްވާ ނިންމީ ފުލަމްގައި މަޑު ކުރުމަށެވެ. ޕޯޗުގަލަށް ނިސްބަތްވާ ސިލްވާ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް އައިއިރު، ފުލަމް އަކީ އޭނާ އިރުޝާދު ދޭ ހަތް ވަނަ ކުލަބެވެ. އޭނާ އިރުޝާދު ދިން ކުލަބުތަކުގެ ތެރޭގައި ޕޯޗުގަލްގެ އެސްޓޮރިލް، ސްޕޯޓިން، ގްރީކްގެ އޮލިމްޕިއާކޯސް، އިންގްލެންޑުގެ ހަލް ސިޓީ، ވަޓްފޯޑު އަދި އެވަޓަން ހިމެނެ އެވެ. އެވަޓަންގެ ކޯޗުކަމުން އޭނާ ވަކިކޮށްފައި ވަނީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން ފުލަމްއާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން ފުލަމް ވަނީ މިހާތަނަށް 105 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 51 މެޗުން މޮޅުވެ، 33 މެޗުން ބަލިވެފަ އެވެ. 21 މެޗެއް ނިމުނީ އެއްވަރުވެގެންނެވެ.

ފުލަމްމާކޯ ސިލްވާ

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ފުލަމް އަތުން މޮޅުވެ އާސެނަލް އިން ލީޑު ނަގައިފި

19 އޮކްޓޯބަރު 2025
ފުލަމް އަތުން މޮޅުވެ އާސެނަލް އިން ލީޑު ނަގައިފި
31 އޯގަސްޓު 2025

ޗެލްސީ އިން ފުލަމް ބަލިކޮށްފި

31 އޯގަސްޓު 2025
ޗެލްސީ އިން ފުލަމް ބަލިކޮށްފި
15 ޑިސެމްބަރު 2024

ފުލަމް ކައިރިން ލިވަޕޫލް އެއްވަރު

15 ޑިސެމްބަރު 2024
ފުލަމް ކައިރިން ލިވަޕޫލް އެއްވަރު
09 ޑިސެމްބަރު 2024

ފުލަމް ކައިރިން އާސެނަލަށް ޕޮއިންޓެއް

09 ޑިސެމްބަރު 2024
ފުލަމް ކައިރިން އާސެނަލަށް ޕޮއިންޓެއް
06 އޮކްޓޯބަރު 2024

ޗެމްޕިއަން ސިޓީން ފުލަމް ބަލިކޮށްފި

06 އޮކްޓޯބަރު 2024
ޗެމްޕިއަން ސިޓީން ފުލަމް ބަލިކޮށްފި
12 މެއި 2024

ޗެމްޕިއަން ސިޓީ އަލުން އެއް ވަނަ އަށް

12 މެއި 2024
ޗެމްޕިއަން ސިޓީ އަލުން އެއް ވަނަ އަށް
16 މާރިޗު 2024

ފުލަމް އަތުން ބަލިވެ، ޓޮޓެންހަމުން ފުރުސަތު ނަގާލައިފި

16 މާރިޗު 2024
ފުލަމް އަތުން ބަލިވެ، ޓޮޓެންހަމުން ފުރުސަތު ނަގާލައިފި
14 ޖެނުއަރީ 2024

ފުލަމް އަތުން ޗެލްސީ މޮޅުވީ ޕާމާ ޖެހި ޕެނަލްޓީން

14 ޖެނުއަރީ 2024
ފުލަމް އަތުން ޗެލްސީ މޮޅުވީ ޕާމާ ޖެހި ޕެނަލްޓީން
11 ޖެނުއަރީ 2024

ލީގު ކަޕް ސެމީފައިނަލް ފުރަތަމަ ލެގުން ލިވަޕޫލް ކުރި ހޯދައިފި

11 ޖެނުއަރީ 2024
ލީގު ކަޕް ސެމީފައިނަލް ފުރަތަމަ ލެގުން ލިވަޕޫލް ކުރި ހޯދައިފި
31 ޑިސެމްބަރު 2023

އަހަރުގެ ފަހު މެޗުން އާސެނަލް ބަލި، ފުރުސަތު ނަގާލައިފި

31 ޑިސެމްބަރު 2023
އަހަރުގެ ފަހު މެޗުން އާސެނަލް ބަލި، ފުރުސަތު ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު