Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފާރިސްގެ ޝަރީއަތް

ފާރިސް ބަންދުކޮށްފައި ވާތީ، ދައުވާއަށް ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް!

ފާރިސް ހުންނެވީ ފުލުހުންގެ ބަންދުގައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 23 ޖުލައި 2017 | އާދީއްތަ 09:09
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަޙްސް އޮޅުވާލުމުގެ ކުށުގެ ދައުވާއަށް ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން ދީފި އެވެ.

ފާރިސްއަށް އެ ފުރުސަތު ދެއްވުމަށް މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ނިންމެވީ، އެހެން މައްސަލައަކާ ގުޅިގެން ފުލުހުންގެ ބަންދުގައި ފާރިސް ހުންނެވުމުގެ ސަބަބުން ދައުވާއަށް ޖަވާބުދާރީވުމަށް ތައްޔާރުވެވިފައިނުވާ ކަމަށް ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވުމުންނެވެ.

Advertisement - newsAdvertisement

ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ ޕީޕީއެމްއިން ފާރިސް ވަކިކޮށްފައިވަނިކޮށް، އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކައުންސިލުގެ ހުއްދަ ހޯއްދެވުމެއް ނެތި، މާޗް 22 ވަނަ ދުވަހު މޫކައި ސޫޓްސްގައި ބޭއްވި ޕްރެސް ކޮންފެރެންސްގައި އެ ޕާޓީގެ ލޯގޯއާއި ނަން ބޭނުންކޮށް، ޕާޓީގެ ނަމުގައި ފާރިސް ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

ޝަޙްސް އޮޅުވާލުމުގެ ދައުވާކޮށް ޝަރީއަތް ފަށާފައިވަނިކޮށް، މިމަހުގެ 18 ވަނަ ދުވަހު ފާރިސް ހައްޔަރުކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މަޖިލިސް މެންބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގަ އެވެ. ފާރިސް ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހުގެ 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ އެ މައްސަލައިގެ ތަހުގީގާއި، ދައުވާ ކުރުމާއި، ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

ފާރިސްގެ މައްޗަށް ހިންގާ ޝަރީއަތުގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިމަހުގެ 17 ވަނަ ދުވަހު އެވެ. އެ ދުވަހުގެ އަޑުއެހުމުގައި ވެސް ދައުވާއަށް ޖަވާބުދާރީވެވިފައިނުވަނީ މައްސަލައާ ގުޅުން ހުރި ހުރިހާ ލިޔުންތައް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ފާރިސްއަށް ރައްދުކޮށްފައިނުވާތީ އެވެ. އެ އަޑުއެހުމުގައި ގާނޫނީ ވަކީލު މައުމޫން ވަނީ އިންސާފުވެރިކަމާއެކު ޝަރީއަތްކޮށް، އެކަށީގެންވާ ވަސީލަތާއި ވަގުތު ލިބުމަކީ ދައުވާ ލިބޭ މީހާއަށް ކަށަވަރުކޮށްދޭންޖެހޭ ހައްގުތަކެއްކަން ފާހަގަކުރައްވައި، ދައުވާއަށް ޖަވާބުދާރީވުމަށް ވާހަކަ ދެއްކޭނީ އެ މައުލޫމާތުތައް ލިބިގެން ކަމަށް ވިދާޅުވެފަ އެވެ. މިމަހުގެ ދެ ވަނަ ދުވަހު އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހަވާލާ ދެއްވަމުން މައުމޫން ވިދާޅުވީ ދައުވާ ބިނާކޮށްފައިވާ ކަންތައްތަކުގެ މައުލޫމާތު ދައުވާ ލިބޭ ފަރާތަށް ފޯރުކޮށްދޭންޖެހޭނެ ކަމަށެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ވެސް މައުމޫން ހަމީދު ވަނީ އެ ކަންތައްތައް ފާހަގަކުރައްވާފަ އެވެ. މައުމޫން ވިދާޅުވީ ފާރިސް ބަންދުކޮށްފައިވާއިރު އޭނާއާ ބައްދަލުކުރުމުގެ ފުރުސަތެއް ވަކީލުންނަށް ލިބިފައިނުވާ ކަމަށެވެ. އަދި ހުސްވި ހަފްތާ ބަންދުގައި ވެސް ފާރިސްއާ ބައްދަލުކުރުމުގެ ފުރުސަތު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕްރޮސެކިއުޓާރ ޖެނެރަލްގެ އެދިވަޑައިގަތުމަސް ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ފާރިސް ހައްޔަރުކުރުމަށް ފަހު، މައްސަލައާ ގުޅިގެން ފޯރުކޮށްދިނުމަސް އޭނާގެ ފަރާތުން އެދުނު ބައެއް ތަކެތި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ވަނީ ފޯރުކޮށްފަ އެވެ. އެގޮތުން ފޯރުކޮށްދިނީ މައްސަލައާ ގުޅުން ހުރި ސީޑީއަކާއި ސިޓީއެކެވެ. މައުމޫން ހަމީދު ވިދާޅުވީ ފާރިސް ހައްޔަރުކުރުމަށް ފަހު އެތަކެތި ފޮނުވިއިރު، މިއަދާ ހަމައަށް ވެސް ފާރިސްއަށް އެތަކެތި ފެނިފައިނުވާ ކަމަށެވެ. އަދި ފާރިސްއަށް ފޮނުވި ސިޓީގައި، އެދިފައި ހުރި ހުރިހާ ތަކެތި ފޮނުވެން ނެތް ކަމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ޕްރޮސެކިއުޓާރ ޖެނެރަލްއާއި ފުލުހުން ގުޅިގެން ޝަރީއަތަށް ހުރަސްއެޅޭ ގޮތަށް ކަންކަން ކުރަމުންދާ ކަމަށެވެ. އެކަންކަން ފާހަގަކޮށް މައުމޫން ހަމީދު ވަނީ ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ދެއްވުމަށާއި، މައްސަލައާ ގުޅުން ހުރި ލިޔެކިޔުން ފޯރުކޮށްދިނުމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ މައްޗަށް އަމުރުކޮށް ދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ.

ފާރިސް އިތުރު ފުރުސަތަކަށް އެދިވަޑައިގެންނެވުމުން ދައުލަތުން ވެސް އެކަމަށް އިއުތިރާޒް ކޮށްފައެއް ނުވެ އެވެ. އެހެންކަމުން ގާޒީ އިބްރާހިމް އަލީ ވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ބާއްވާ އަޑުއެހުމުގައި ޖަވާބުދާރީވުމަށް ފުރުސަތު ދެއްވާފަ އެވެ. އަދި ފާރިސްގެ ވަކީލުންނަށް އޭނާއާ ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ފުލުހުންނަށާއި ކަރެކްޝަނަލް ސާވިސްއަށް އަންގަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ފާރިސްގެ މައްޗަށް ހިންގާ ޝަރީއަތުގައި އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމަށް ފާރިސްގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަދެވަޑައިގަތެވެ. ފާރިސް ކޯޓަށް ވެއްދި ވަގުތު، ރައީސް މައުމޫން ފާރިސާ ބައްދާލެއްވި އެވެ. އެވަގުތު ރައީސް މައުމޫންގެ ލޯފުޅުން ކަރުނަ ފެނުނެވެ.

މިއީ ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތެއް އަޑުއެއްސެވުމަށް ރައީސް މައުމޫން ވަދެވަޑައިގަތް ފުރަތަމަ ފަހަރު އެވެ. ރައީސް މައުމޫން ވަދެވަޑައިގަތުމާއެކު ކޯޓުގެ އޮފިޝަލުން ވަނީ، ޝަރީއަތުގެ މަޖިލީހުގައި ރައީސް މައުމޫން އިށީންދެވަޑައިގެން އިންނެވި ގޮނޑިކޮޅުގެ ކުރިމަތީގައި ކުޑަ މޭޒެއް ބަހައްޓާފަ އެވެ. އަދި ޓިޝޫ ފޮއްޓަކާއި، ފެން ތައްޓެއް އެ މޭޒުގެ މަތީގައި ބެހެއްޓި އެވެ.

ރައީސް މައުމޫނާއި އެމަނިކުފާނުގެ ބޭފުޅުންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އާއި، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ އިތުރުން، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ވެސް އަޑުއެހުމަށް ވަދެވަޑައިގަތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި

މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި

04 މާރިޗު 2017
ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!

ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު