Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަ ސްކޫލް ވޮލީ މުބާރާތް 2023

އިންޓަ ސްކޫލް ވޮލީ މުބާރާތް: ފ.އަތޮޅު މަދަރުސާގެ ތިން ޓީމަށް ވެސް ވަރުގަދަ ފެށުމެއް!

24 އޮކްޓޯބަރު 2023 | އަންގާރަ 00:40

16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޓީމާއި، 14 އަހަރުން ދަށުގެ ފިރިހެން ޓީމު ވަނީ މޮޅުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 އޮކްޓޯބަރު 2023 | އަންގާރަ 00:40
ފ.އަތޮޅު މަދަރުސާގެ 16 އަހަރުން ދަށުގެ އަންހެން ޓީމު ކުޅުނު މެޗުގެ ތެރެއިން

ފ.އަތޮޅު މަދަރުސާގެ 16 އަހަރުން ދަށުގެ އަންހެން ޓީމު ކުޅުނު މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގައި ހޯމަ ދުވަހު ކުޅުނު ތިން މެޗުން ވެސް، ފ.އަތޮޅު މަދަރުސާގެ ޓީމުތައް މޮޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ހަވީރު ފ.އަތޮޅު މަދަރުސާގެ 16 އަހަރުން ދަށުގެ ފިރިހެން ޓީމު ވާދަކޮށްފައި ވަނީ މަޖީދިއްޔާ ސްކޫލާ އެވެ. އެ މެޗުން ފ.އަތޮޅު މަދަރުސާ އިން ވަނީ ފަސޭހެކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށްފަ އެވެ. މެޗުގެ ސެޓުތައް އެ ޓީމުން ކާމިޔާބު ކުރީ 25-7 އަދި 25-14 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފ.އަތޮޅު މަދަރުސާގެ އަޒާން ފަތުހުﷲ އެވެ.

ހޯމަ ދުވަހުގެ ރޭ ފ.އަތޮޅު މަދަރުސާގެ 14 އަހަރުން ދަށުގެ ފިރިހެން ޓީމު ވަނީ ކެޔޮދޫ ސްކޫލް ބަލިކޮށްފަ އެވެ. އެ މެޗު ފ.އަތޮޅު މަދަރުސާ އިން ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. ފ.އަތޮޅު މަދަރުސާ އިން ސެޓުތައް ކާމިޔާބު ކުރީ 25-12 އަދި 25-13 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފ.އަތޮޅު މަދަރުސާގެ އިކާން ޢަބްދުލް ޣައްފާރު އެވެ.

ފ.އަތޮޅު މަދަރުސާގެ 16 އަހަރުން ދަށުގެ އަންހެން ޓީމު ވަނީ ސީދާ ދެ ސެޓުން އިމާދުއްދީން ސްކޫލްގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެ ޓީމުން މި މެޗުގެ ސެޓުތައް ކާމިޔާބު ކުރީ 25-14 އަދި 25-13 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، ފ.އަތޮޅު މަދަރުސާގެ އީމާން އަލީ އެވެ.

މި ޑިވިޝަންގައި ކުނބުރުދޫ ސްކޫލް އިން ވަނީ ސީދާ ދެ ސެޓުން ކ.އަތޮޅު ތައުލީމީ މަރުކަޒު ބަލިކޮށްފަ އެވެ. މެޗުގެ ސެޓުތައް އެ ޓީމުން ކާމިޔާބު ކުރީ 25-17 އަދި 25-15 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކުނބުރުދޫ ސްކޫލްގެ ފާތިމަތު ފައިހާ މުޙައްމަދު އެވެ.

ހޯމަ ދުވަހު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، 16 އަހަރުން ދަށުގެ ފިރިހެން ބައިގައި ކުނބުރުދޫ ސްކޫލް އިން ވަނީ ކަލާފާނު ސްކޫލް ބަލިކޮށްފަ އެވެ. މެޗުގެ ދެ ސެޓު ވެސް އެ ޓީމުން ހޯދީ 25-14 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކުނބުރުދޫ ސްކޫލްގެ މުޙައްމަދު އިކުރާމް އިސްމާއީލް އެވެ. މި ބައިގައި އިމާދުއްދީން ސްކޫލާ ވާދަކޮށް، ދަނގެތީ ސްކޫލް އިން ވަނީ ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްފަ އެވެ. ދަނގެތީ ސްކޫލް އިން ސެޓުތައް ކާމިޔާބު ކުރީ 25-20 އަދި 25-22 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެ ޓީމުގެ އަލީ އަރުސަމް ޙަސަން އެވެ.

16 އަހަރުން ދަށުގެ ފިރިހެން ބައިގައި ވ.އަތޮޅު ތައުލީމީ މަރުކަޒުން ވަނީ ސީދާ ދެ ސެޓުން ތާޖުއްދީން ސްކޫލް ބަލިކޮށްފަ އެވެ. މެޗުގެ ސެޓުތައް ވ.އަތޮޅު ތައުލީމީ މަރުކަޒުން ކާމިޔާބު ކުރީ 25-22 އަދި 25-20 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެ ޓީމުގެ އިސްމާއީލް އިތާން ހާދީ އެވެ.

14 އަހަރުން ދަށުގެ ފިރިހެން ބައިގައި ތާޖުއްދީން ސްކޫލާ ދެކޮޅަށް ކުޅުނު މެޗު މުހްޔިއްދީން ސްކޫލް ކާމިޔާބު ކުރީ ދެ ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 25-19 އިން މުހްޔިއްދީން ކާމިޔާބު ކުރި ނަމަވެސް، ތާޖުއްދީނުން ވަނީ 22-25 އިން ދެ ވަނަ ސެޓު ކާމިޔާބު ކޮށްފަ އެވެ. ނަތީޖާ ނެރުމަށް ކުޅުނު ތިން ވަނަ ސެޓު މުހްޔިއްދީނުން ކާމިޔާބު ކުރީ 15-10 އިންނެވެ.

ޖުމުލަ 19 ސްކޫލަކުން މިއަހަރުގެ މުބާރާތުގައި ވާދަކުރާއިރު، މުބާރާތުގެ ކުޅުން ކުރިއަށް ދަނީ މާފަންނު ވޮލީ ކޯޓުގަ އެވެ. މުބާރާތުގެ މެޗުތައް އަންގާރަ ދުވަހު ވެސް ކުރިއަށް ދާނެ އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް 2023

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
23 ޖުލައި 2024

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް