Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެފްއެސްއެމްގެ ލިޔުންތަކެއް ނައްތާލުން

މުހިންމު ލިޔުންތަކެއް ނައްތާލިކަމަށް ކުރާ ތުހުމަތުތަކަށް އެފްއެސްއެމްއިން އިންކާރުކޮށްފި

23 އޮކްޓޯބަރު 2023 | ހޯމަ 13:32

ނައްތާލި ލިޔުންތަކުގެ ތެރޭގައި ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅުންހުރި ލިޔުންތައް ހިމެނޭކަމަށް ތުހުމަތުކޮށްފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 އޮކްޓޯބަރު 2023 | ހޯމަ 13:32
އެފްއެސްއެމްގެ ލިޔުންތަކެއް ނައްތާލިކަމަށް ބުނެ ދައުރުކުރަމުންދާ ވީޑިއޯގެ މަންޒަަރުތަކެއް

އެފްއެސްއެމްގެ ލިޔުންތަކެއް ނައްތާލިކަމަށް ބުނެ ދައުރުކުރަމުންދާ ވީޑިއޯގެ މަންޒަަރުތަކެއް

ފިއުލް ސަޕްލައިޒް އޮފް މޯލްޑިވްސް(އެފްއެސްއެމް)އިން މުހިންމު ލިޔުންތަކެއް ގަވާއިދާ ޚިލާފަށް ނައްތާލިކަމަށް ބުނާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.

ފިއުލް ސަޕްލައިޒް އޮފް މޯލްޑިވްސް (އެފްއެސްއެމް)ގެ މުހިންމު ލިޔުންތަކެއް އެ ކުންފުނިން ނައްތާލާ ކަމަށް ބުނާ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ.

Advertisement - newsAdvertisement

އެފްއެސްއެމްގެ ޓްވީޓެއްގައި ބުނެފައި ވަނީ ކުންފުނީގެ އެއްވެސް މުހިންމު ލިޔުމެއް ނައްތާލާފައި ނުވާނެ ކަމަށެވެ.

އެހެންނަަމަވެސް ގިނަ ދުވަސްވެފައިވާ، ކުންފުންޏަށް ބޭނުންނުވާ ބައެއް ލިޔުންތައް ނައްތާލުމަކީ އެ ކުންފުނިން ކުރާ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނީ، މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން އެއްވެސް އިދާރާއަކުން ކަމެއް ސާފުކުރަން ބޭނުންވާނަމަ އެފްއެސްއެމްއިން އެމަކަށް މަރުހަބާ ކިޔާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެފްއެސްއެމްގެ ލިއުންތަކެއް ކޮންކްރީޓް މެޝިނަކަށް އަޅައިގެން ނައްތާލި ކަމަށް ބުނާ ވީޑިއޯއެއް ދައުރުވާން ފަށާފައިވަނީ، ކުންފުނީގެ މުވައްޒަފަކު މެދުވެރިކޮށް ލިބުނު ވީޑިއޯތަކެއް ކަަމަށް ބުނާ ވީޑިއޯތަކެއް މީސްމީޑިއާގައި ދައުރުވާން ފެށި ހިސާބުންނެވެ.

މި މައްސަލާގައި އެ މުވައްޒަފު ވަނީ ސަސްޕެންޑްވެސް ކޮށްފައި ކަމަށް ބައެއް މީޑިއާތަކުން ބުނިނަމަވެސް، އެފްއެސްއެމްއިން އެފަދަ ވާހަކައެއް ފާހަގަކޮށްފައެއް ނެތެވެ.

އެފްއެސްއެމްއިން ލިޔުންތައް ނައްތާލި މައްސަލައާ ގުޅިގެން ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ބައެއް މެމްބަރުންގެ ފާޑުކިޔުން އެ ކުންފުންޏަށް ވަނީ އަމާޒުވެފައެވެ.

އެގޮތުން އެ ލިޔުންތައް ނައްތާލީ ގޯސްތައް ފޮރުވަން ކަމަށް މެމްބަރުން ވަނީ ތުހުމަތު ކުރައްވާފައެވެ.

އެގޮތުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވަނީ، އިންތިގާލީ މަރުހަލާގައި ލިޔެކިއުންތަކާމެދު އަމަލުކުރަންޖެހޭ ގޮތާ ޚިލާފަށް އެފްއެސްއެމްއިން އަމަލުކޮށްފައި ވާކަަމަށް ވިދާޅުވެފައެވެ. އަދި ނައްތާލި ލިޔުންތަކުގެ ތެރޭގައި ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅުންހުރި ލިޔުންތައް ހިމެނޭ ކަމަށްވެސް ވަނީ ބުނެފައެވެ.

އެފްއެސްއެމް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2025

އިޚުލާސްތެރިކަމެއް ހުރިއްޔާ ފުރަތަމަ ފިޔަވަޅު އަޅަންވީ ކުރިން ގޯސް ހަދާފައި ތިބި މި ސަރުކާރުގެ ވެރިންނަށް: ޝަމްހީދު

07 އޮކްޓޯބަރު 2025
އިޚުލާސްތެރިކަމެއް ހުރިއްޔާ ފުރަތަމަ ފިޔަވަޅު އަޅަންވީ ކުރިން ގޯސް ހަދާފައި ތިބި މި ސަރުކާރުގެ ވެރިންނަށް: ޝަމްހީދު
21 އޯގަސްޓު 2025

އެފްއެސްއެމްއަށް ދެލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން އޮއްވާ ޝަހުދީއަށް އެކުންފުނިން ވަޒީފާ ދީފި

21 އޯގަސްޓު 2025
އެފްއެސްއެމްއަށް ދެލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން އޮއްވާ ޝަހުދީއަށް އެކުންފުނިން ވަޒީފާ ދީފި
08 ޑިސެމްބަރު 2023

އެސްޓީއޯއިން އަނެއްކާވެސް ތެލުގެ އަގު ހެޔޮކޮށްފި

08 ޑިސެމްބަރު 2023
އެސްޓީއޯއިން އަނެއްކާވެސް ތެލުގެ އަގު ހެޔޮކޮށްފި
01 ޑިސެމްބަރު 2023

އެސްޓީއޯގެ ދަށުން ހިންގާ 3 ކުންފުންޏަކަށް އިސް ބޭފުޅުން އައްޔަންކޮށްފި

01 ޑިސެމްބަރު 2023
އެސްޓީއޯގެ ދަށުން ހިންގާ 3 ކުންފުންޏަކަށް އިސް ބޭފުޅުން އައްޔަންކޮށްފި
25 އޮކްޓޯބަރު 2023

ނާޖާއިޒު މަންފާ ލިބޭ ގޮތަށް ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެ: ގަސަމް

25 އޮކްޓޯބަރު 2023
ނާޖާއިޒު މަންފާ ލިބޭ ގޮތަށް ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެ: ގަސަމް
24 އޮކްޓޯބަރު 2023

އެފްއެސްއެމް އިން ލިޔެކިޔުންތައް ނައްތާލި މައްސަލަ އަރުޝީފުން ފުލުހަށް ހުށަހަޅަނީ

24 އޮކްޓޯބަރު 2023
އެފްއެސްއެމް އިން ލިޔެކިޔުންތައް ނައްތާލި މައްސަލަ އަރުޝީފުން ފުލުހަށް ހުށަހަޅަނީ
04 ފެބުރުއަރީ 2023

އެފް.އެސް.އެމް.އިން ފެލިވަރުން މަސްވެރިންނަށް ތެޔޮ ވިއްކަން ފަށައިފި

04 ފެބުރުއަރީ 2023
އެފް.އެސް.އެމް.އިން ފެލިވަރުން މަސްވެރިންނަށް ތެޔޮ ވިއްކަން ފަށައިފި
24 ޖޫން 2022

ޕެޓްރޯލް ލީޓަރެއްގެ އަގު 16 ރުފިޔާއަށް ބޮޑުކޮށްފި

24 ޖޫން 2022
ޕެޓްރޯލް ލީޓަރެއްގެ އަގު 16 ރުފިޔާއަށް ބޮޑުކޮށްފި
28 މާރިޗު 2022

ހުޅުމާލެ އިޒީފިލް 3ން ރޯދަ މަހު 24 ގަޑިއިރު ޚިދުމަތްދޭނެ

28 މާރިޗު 2022
ހުޅުމާލެ އިޒީފިލް 3ން ރޯދަ މަހު 24 ގަޑިއިރު ޚިދުމަތްދޭނެ
13 ފެބުރުއަރީ 2022

ތެލުގެ އަގަށް ބަދަލު ގެނެސްފި

13 ފެބުރުއަރީ 2022
ތެލުގެ އަގަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް