Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުތެލުގެ އަގަށް ބަދަލު އައުން

ތެލުގެ އަގަށް ބަދަލު ގެނެސްފި

ޕެޓްރޯލް ލީޓަރެއް 12.98 އަށް އަދި ޑީސަލް ލީޓަރެއް 13.04 އަށް ވިއްކުމަށް ވަނީ ނިންމާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 ފެބުރުއަރީ 2022 | އާދީއްތަ 02:13
އެފްއެސްއެމް އީޒީފިލް ޝެޑަކުން ސައިކަލަށް ޕެޓްރޯލް އަޅަނީ

އެފްއެސްއެމް އީޒީފިލް ޝެޑަކުން ސައިކަލަށް ޕެޓްރޯލް އަޅަނީ

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލްސަޕްލައި މޯލްޑިވްސް އިން ވިއްކަމުން އަންނަ ތެލުގެ އަގުތަކަށް ބަދަލު ގެނެސްފިއެވެ.

އެސްޓީއޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓުމެއްނެތި ދަނީ އުފުލެމުންނެވެ. މީގެ ސަބަބުން، މި ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގުވެސް ވަނީ އެތައް ގުނައެއް އުފުލިފައިވާ ކަމަށެވެ.

އެހެންކަމުން 13 ފެބްރުއަރީ 2022 ވަނަ ދުވަހުން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަންތަކުން ތެޔޮ ލިބޭނެ އަގުތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ޕެޓްރޯލް ލީޓަރެއް 12.98 (ބާރަ ރުފިޔާ ނުވަދިހަ އަށް ލާރި) އަށް އަދި ޑީސަލް ލީޓަރެއް 13.04 (ތޭރަ ރުފިޔާ ހަތަރު ލާރި) އަށް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.

އެސްޓީއޯއިން މިދިޔަ ޖެނުއަރީ މަހުގައި ވެސް ތެލުގެ އަގުވަނީ ބޮޑުކޮށްފައެވެ. އެގޮތުން ޕެޓްރޯލް ލީޓަރެއް 12.06 (ބާރަ ރުފިޔާ ހަ ލާރި) އަދި ޑީސަލް ލީޓަރެއް 12.44 (ބާރަ ރުފިޔާ ސާޅީސް ހަތަރު ލާރި) އަށް ވިއްކުމަށް ނިންމިއެވެ. އޭގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކާފައިވަނީ 11.16 (އެގާރަ ރުފިޔާ ސޯޅަ ލާރި) އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާފައިވަނީ 11.84 (އެގާރަ ރުފިޔާ އަށްޑިހަ ހަތަރު ލާރި) އަށެވެ.

އެސްޓީއޯ އިން ބުނެފައިވަނީ އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެ ކުންފުނިން ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށެވެ.

އެސްޓީއޯއެފްއެސްއެމް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
20 އޮކްޓޯބަރު 2025

ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

20 އޮކްޓޯބަރު 2025
ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!
15 އޮކްޓޯބަރު 2025

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު ހުރިހާ ކާބޯތަކެތި އެތެރެކޮށް ވިއްކަން ފަށައިފި ކަމަށް އެސްޓީއޯ އިން ބުނެފި

15 އޮކްޓޯބަރު 2025
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު ހުރިހާ ކާބޯތަކެތި އެތެރެކޮށް ވިއްކަން ފަށައިފި ކަމަށް އެސްޓީއޯ އިން ބުނެފި
10 އޮކްޓޯބަރު 2025

އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން ރައީސް މުއިއްޒަށް ފައިސާ ފޮނުވަން ހުރި ތަނެއް ނޫން: ރައީސް ޔާމީން

10 އޮކްޓޯބަރު 2025
އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން ރައީސް މުއިއްޒަށް ފައިސާ ފޮނުވަން ހުރި ތަނެއް ނޫން: ރައީސް ޔާމީން
07 އޮކްޓޯބަރު 2025

އިޚުލާސްތެރިކަމެއް ހުރިއްޔާ ފުރަތަމަ ފިޔަވަޅު އަޅަންވީ ކުރިން ގޯސް ހަދާފައި ތިބި މި ސަރުކާރުގެ ވެރިންނަށް: ޝަމްހީދު

07 އޮކްޓޯބަރު 2025
އިޚުލާސްތެރިކަމެއް ހުރިއްޔާ ފުރަތަމަ ފިޔަވަޅު އަޅަންވީ ކުރިން ގޯސް ހަދާފައި ތިބި މި ސަރުކާރުގެ ވެރިންނަށް: ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު