Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީޒީފިލް 3 / ހުޅުމާލެ

ހުޅުމާލެ އިޒީފިލް 3ން ރޯދަ މަހު 24 ގަޑިއިރު ޚިދުމަތްދޭނެ

މިގޮތަށް ނިންމީ ހުޅުމާލޭގައި ޚިދުމަތް ހޯދާ މީހުން ގިނަވުމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 މާރިޗު 2022 | ހޯމަ 13:42
އީޒީފިލް 3

އީޒީފިލް 3

ހުޅުމާލެ އިޒީފިލް 3ން ރޯދަ މަހު 24 ގަޑިއިރު ޚިދުމަތްދޭން ނިންމައިފިއެވެ.

މިކަމާގުޅިގެން ފިއުލް ސަޕްލައިޒް މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ގަސަމް ވިދާޅުވީ, ހުޅުމާލޭގެ އާބާދީ އިތުރުވުމުގެ ސަބަބުން ތެލުގެ ޚިދުމަތް ހޯދާ ފަރާތްތަކަަށް ލުއި ފަސޭހަކޮށް ދިނުމަށް އީޒީފިލް 3ން ރަމަޟާން މަހުގެ ފުރަތަމަަ ދުވަހުން ފެށިގެން 24 ގަޑިއިރަށް ޚިދުމަތް ދިނުމަށް ނިންމާފައިވާކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ގަސަމް ވިދާޅުވީ, އީޒީފިލްއާ އިންވެގެން ހުންނަ ޕަމްޕް ސްޓޭޝަނުން ވެސް 24 ގަޑިއިރު ޚިދުމަތް ލިބޭނެކަމަށެވެ. އެހެންކަމުން ކަނޑުއުޅަނދު ފަހަރަށް ވެސް ޚިދުމަތް ހޯދުމަށް ފަސޭހަވާނެކަމަށް ވިދާޅުވިއެވެ. ގަސަމް އިތުރަށް ވިދާޅުވީ, 24 ގަޑިއިރު ޚިދުމަތްދިންނަމަވެސް (ރޯދަމަހަށްވުމާއެކު) ހަވީރު 5:00ން ރޭގަނޑު 8:30ށް ޝެޑް އަދި ޕަމްޕް ސްޓޭޝަން ވެސް ބަންދުވާނެކަމަށެވެ.

ފިއުލް ސަޕްލައިޒް މޯލްޑިވްސް (އެފްއެސްއެމް)އިން ސެލްފް ސަރވިސް ޝެޑަކާއެކު ކުންފުނީގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ގަސަމް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. ގަސަމް ވިދާޅުވީ މިހާރު ގާއިމުކޮށްފައިވާ ޝެޑަކުން ސެލްފް ސަރވިސްގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ގަސަމް ވިދާޅުވީ އެންމެ ފުރަތަމަ މި ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދަނީ ހުޅުމާލޭގައި ހުންނަ "އީޒީފިލް 3"ގެ ޕެޓްރޯލް ޝެޑުން ކަމަށެވެ. މި ޚިދުމަތް ފެށުމަށްޓަކައި ބޭނުންކުރާ ސިސްޓަމްގެ މަސައްކަތް ކުރެވެން އޮތީ އެ ޝެޑުން އެކަނި ކަމަށާއި, ޚިދުމަތް ފެށުމަށްފަހު އާންމުންގެ ފަރާތުން އެކަށީގެންވާ ތަރުހީބު ލިބޭނަމަ އިތުރު ޝެޑުތަކުގައި ވެސް ސެލްފް ސަރވިސްގެ ޚިދުމަތް ދޭން ފަށާނެ ކަމަށެވެ. ހުޅުމާލޭގައި ހުންނަ "އީޒީފިލް 3"ގެ ޕެޓްރޯލް ޝެޑުން ޚިދުމަތް ފެށިގެންދާނީ އެންމެ ޕަމްޕެއްގައި ކަމަށް ވެސް ގަސަމް ވިދާޅުވިއެވެ.

ގަސަމް އިތުރަށް ވިދާޅުވީ މާލެ ސިޓީގައި ހުރި އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކަކީ ކުރީގެ ސިސްޓަމްތަކަކަށްވުމުން މި ޚިދުމަތް ފެށުމަށްޓަކައި ބޭނުންކުރާ ސިސްޓަމް ސަޕޯޓް ނުކުރާނެ ކަމަށެވެ. އެހެންކަމުން މާލެސިޓީގެ ޝެޑްތަކުގައި މި ޚިދުމަތް ފަށާނަމަ މުޅި ޝެޑް އެއްކޮށް އަޕްގްރޭޑް ކުރަންޖެހޭ ކަމަށެވެ. އަދި މިވަގުތު ވިސްނުމުގައި ހުރީ އިންޑަސްޓްރިއަލް ޒޯނުގައި ހުރި ޝެޑްތައް ހުޅުވާއިރު ސެލްފް ސަރވިސް ޝެޑްގެ ޚިދުމަތް ވެސް ދެވޭ ގޮތަށް އެތަންތަން ފަރުމާ ކުރުމަށް ކަމަށެވެ.

ސްޓޭޓް ޓްރޭޑިން އޯގައިނޭޝަން (އެސްޓީއޯ)ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެފްއެސްއެމްއިން މިވަގުތު މާލެ ސިޓީގައި ހަތަރު ޕެޓްރޯލް ޝެޑް ހިންގަމުން އަންނައިރު, ތިލަފުށީގައާއި ހުޅުމާލޭގައި ވެސް ޕެޓްރޯލް ޝެޑް ހިންގަމުންދެއެވެ.

އެފްއެސްއެމް

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2025

އިޚުލާސްތެރިކަމެއް ހުރިއްޔާ ފުރަތަމަ ފިޔަވަޅު އަޅަންވީ ކުރިން ގޯސް ހަދާފައި ތިބި މި ސަރުކާރުގެ ވެރިންނަށް: ޝަމްހީދު

07 އޮކްޓޯބަރު 2025
އިޚުލާސްތެރިކަމެއް ހުރިއްޔާ ފުރަތަމަ ފިޔަވަޅު އަޅަންވީ ކުރިން ގޯސް ހަދާފައި ތިބި މި ސަރުކާރުގެ ވެރިންނަށް: ޝަމްހީދު
21 އޯގަސްޓު 2025

އެފްއެސްއެމްއަށް ދެލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން އޮއްވާ ޝަހުދީއަށް އެކުންފުނިން ވަޒީފާ ދީފި

21 އޯގަސްޓު 2025
އެފްއެސްއެމްއަށް ދެލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން އޮއްވާ ޝަހުދީއަށް އެކުންފުނިން ވަޒީފާ ދީފި
08 ޑިސެމްބަރު 2023

އެސްޓީއޯއިން އަނެއްކާވެސް ތެލުގެ އަގު ހެޔޮކޮށްފި

08 ޑިސެމްބަރު 2023
އެސްޓީއޯއިން އަނެއްކާވެސް ތެލުގެ އަގު ހެޔޮކޮށްފި
01 ޑިސެމްބަރު 2023

އެސްޓީއޯގެ ދަށުން ހިންގާ 3 ކުންފުންޏަކަށް އިސް ބޭފުޅުން އައްޔަންކޮށްފި

01 ޑިސެމްބަރު 2023
އެސްޓީއޯގެ ދަށުން ހިންގާ 3 ކުންފުންޏަކަށް އިސް ބޭފުޅުން އައްޔަންކޮށްފި
25 އޮކްޓޯބަރު 2023

ނާޖާއިޒު މަންފާ ލިބޭ ގޮތަށް ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެ: ގަސަމް

25 އޮކްޓޯބަރު 2023
ނާޖާއިޒު މަންފާ ލިބޭ ގޮތަށް ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެ: ގަސަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު