Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފާރިސް މައުމޫން

ޣައިރު ގާނޫނީ ތަހްގީގެއް ކަމަށް ވިދާޅުވެ ފާރިސް ބަޔާން ނުދެއްވި!

ފާރިސް ބަންދުކުރަން ޖެހެނީ ރިމާންޑް ޖަލެއްގައި

ހުސެން ފިޔާޒް
ހުސެން ފިޔާޒް | 23 ޖުލައި 2017 | އާދީއްތަ 07:54
ފާރިސް މައުމޫން ކޯޓުން ނުކުމެވަޑައިގަންނަވަނީ

ފާރިސް މައުމޫން ކޯޓުން ނުކުމެވަޑައިގަންނަވަނީ

ފުލުހުން ހިންގަމުން ދަނީ ޣައިރު ގާނޫނީ ތަހްގީގެއް ކަމަށް ވިދާޅުވެ، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ފުލުހުންގެ ތަހްގީގަށް ބަޔާން ދެއްވުމަށް އިއުތިރާޒު ކުރައްވައިފި އެވެ.

ފާރިސްގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވި ގޮތުގައި ފާރިސްގެ މައްޗަށް ތުހްމަތުކޮށްފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ތަހްގީގަށް މިއަދު ހެނދުނު ބަޔާން ނެގުމަށް ފުލުހުން ދޫނިދޫގައި ސުވާލުކުރި ކަމަށެވެ. ނަމަވެސް ފާރިސް އެ ތަހްގީގަށް އެއްބާރުލުން ނުދެއްވީ އަދި ފުލުހުން ކުރި ސުވާލުތަކަށް ޖަވާބު ނުދެއްވީ ބާތިލް އިޖުރާއަތްތަކެއްގެ މައްޗަށް ހިންގާ ޣައިރު ގާނޫނީ ތަހްގީގެއް ކަމަށް ފާރިސް ގަބޫލުކުރައްވާތީ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

ފާރިސް ހައްޔަރުކޮށްފައި ހުންނެވީ ކޯޓުގެ އަމުރާ އަދި ގާނޫނާ ހިލާފު ބަންދެއްގައި ކަމަށް މައުމޫން ވިދާޅުވި އެވެ. ކޯޓް އަމުރުގައި ބުނެފައިވަނީ ފާރިސް ބަންދުކޮށްފައި ހުންނަވަން ވާނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ރިމާންޑް ޖަލެއްގައި ކަމަށެވެ. ނަމަވެސް ޖަލުތަކާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި މާފުށި ޖަލާއި ދޫނިދޫއަކީ ވެސް ރިމާންޑް ޖަލެއް ނޫނެވެ.

"ރީމާންޑް ޖަލެއް ނޫން ދޫނިދޫ ޖަލަކީ. އެތަނުގައި ނުބެހެއްޓޭނެ. ބާތިލް އިޖުރާއަތްތަކެއްގެ މައްޗަށް ހިންގާ ތަހްގީގުތަކަކަށް އެއްބާރުލުން ދެއްވަން ނުޖެހޭނެ ކަމަށް ފާރިސް ގަބޫލު ކުރައްވަނީ،" މައުމޫން ހަމީދު ވިދާޅުވި އެވެ.

ނަމަވެސް ގާނޫނާ އެއްގޮތަށް، އިޖުރާއަތްތަކާ އެއްގޮތަށް ތަހްގީގު ގެންދާ ނަމަ ފާރިސް އެއްބާރުލުން ދެއްވާނެ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

ފާރިސް އާއި ދެ ބޭންގެ ދެދަރި މައުމޫން ހަމީދު ވިދާޅުވި ގޮތުގައި ވަކީލުން ހާޒިރުގައި ނެތި ހޮނިހިރު ދުވަހުގެ ރޭ ފުލުހުން އޭނާއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. ތަހްގީގުގެ ގަޑި ވެސް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދުގެ ޝަރީއަތަށް ފަހު ތަހްގީގު ކުރާނެ ކަމަށް ފާރިސަށް އަންގާފައި އޮތީ. އެކަމަކު އަޅުގަނޑުމެންނަށް އެނގީ ހެނދުނު 9:00 ގައި ތަހްގީގު އޮންނާނެ ކަމަށް،" މައުމޫން ވިދާޅުވި އެވެ.

ތަހްގީގު އިންޓަވިއު ނިމުނީ 10:30 ގައި އެވެ. މިގޮތަށް ފުލުހުން ކަންކުރީ މައުމޫން ވިދާޅުވި ގޮތުގައި މިއަދުގެ ޝަރީއަތަށް ތައްޔާރުވުމަށް ފާރިސް އަށް ހުރަސް އެޅުއްވުމުގެ ގޮތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ބޭރުކުރުމަށް 45 މެމްބަރުން ސޮއިކުރެއްވުމާއެކު ހުށަހެޅުމުން، މެމްބަރުންނަށް ރިޝްވަތު ދިންކަމުގެ ތުހްމަތުގައި ފާރިސް ހައްޔަރުކޮށްފައިވާއިރު، ފާރިސްގެ މައްޗަށް ހެއްކާއި ގަރީނާ ހުރި ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް ފާރިސްގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައިވަނީ ފާރިސްގެ މައްޗަށް އެއްވެސް ހެއްކެއް، ގަރީނާއެއް ނުހޯދޭނެ ކަމަށެވެ. ފާރިސަކީ މެމްބަރުންނަށް ރިޝްވަތު ދެއްވާފައިވާ، އަދި ދެއްވާނެ ބޭފުޅެއް ނޫން ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.

ފާރިސްގެ ޝަރީއަތުގެ އަޑުއެހުމަށް ރައީސް މައުމޫން މިއަދު ވަޑައިގަތެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު