Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިކެޓް ވޯލްޑްކަޕް

ޕާކިސްތާން މަރުގެ ތުންފަތް މަތީގައި، އަފްޣާނިސްތާނަށް ބޯލަރުންގެ އިތުބާރު

މެޗުން މޮޅުވެގެން އަފްޣާނިސްތާނަށް ޕާކިސްތާނާ ޕޮއިންޓުން ހަމަހަމަ ކުރެވޭނެ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 23 އޮކްޓޯބަރު 2023 | ހޯމަ 05:40
ޕާކިސްތާނުގެ ދެ ބެޓްސްމަނުން

ޕާކިސްތާނުގެ ދެ ބެޓްސްމަނުން

ކްރިކެޓް ވޯލްޑްކަޕުގައި މިއަދު ޕާކިސްތާނާއި އަފްޣާނިސްތާން ބައްދަލުކުރާއިރު ދެ ގައުމުގެ ހާލަތު ތަފާތެވެ. އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވެގެން ޕާކިސްތާން ވަނީ ގަދަ ހަތަރަކުން ބޭރުވެ، ފަސް ވަނަ އަށް ވެއްޓިފަ އެވެ. އަފްޣާނިސްތާން އޮތީ ހަތަރު މެޗުން ހަތަރު މެޗުން 2 ޕޮއިންޓާއެކު 10 ގައުމު ވާދަކުރާ މުބާރާތުގެ ޓޭބަލުގެފުލުގަ އެވެ. އެކަމަކު މޮޅުވެގެން ޕާކިސްތާނާ އަރާ ހަމަކުރެވޭނެ އެވެ.

މިހެންވެ ކެޕްޓަން ބަބަރް އަޒަމްގެ ލީޑަރޝިޕަށް ޕާކިސްތާނުގެ ސަޕޯޓަރުންނާއި ކުރީގެ ކުޅުންތެރިންގެ ފާޑުކިއުން ވަނީ ވަރަށްބޮޑަށް އަމާޒުވެފަ އެވެ.

އިންޑިޔާގައި ކުރިއަށްދާ މުބާރާތުގައި މިއަދުގެ މެޗު ކުޅޭނީ ޗެންނާއީގެ ޗިދަމްބަރަމް ސްޓޭޑިއަމުގަ އެވެ. ޕާކިސްތާނުން ގަބޫލުކުރާ ގޮތުގައި މިއީ އެމީހުންނަށް ނަސީބު އެހީތެރިވެދޭނެ ދަނޑެކެވެ. އެމީހުން މިސާލަކަށް ދައްކަނީ 1997ގައި މި ދަނޑުގައި އިންޑިޔާ ބަލިކުރި ހަނދާނެވެ. އެ މެޗުގައި ޕާކިސްތާނުގެ ސައީދު އަންވަރު 194 ލަނޑު ހެދި އެވެ. މިއީ އެއް ދުވަހުގެ ކްރިކެޓްގައި އެހާތަނަށް ރެކޯޑެކެވެ.

ޕާކިސްތާނުގެ އޯޕަނިންގް ބެޓްސްމަން އިމާމުލްހައްގު ބުނީ ސައީދު އަންވަރުގެ 194 ލަނޑު ހެދި ހަނދާން އޭނާ މާބޮޑަށް ނެތް ނަމަވެސް އެއީ ޓީމުގެ ރޫހު ރަނގަޅުކޮށްދޭނެ ހަނދާނެ ކަމަށެވެ. އަދި އިންޑިޔާ އާއި އޮސްޓްރޭލިޔާއަތުން ބަލިވި ދެ މެޗަށްވުރެ މޮޅު ކުޅުމެއް މިއަދުގެ މެޗުގައި ފެނިގެންދާނެ ކަމަށެވެ.

އަފްޣާނިސްތާން ދެކޭ ގޮތުގައި މި މެޗުގައި އެޑްވާންޓޭޖް ބޮޑީ ސްޕިން ބޯލަރުންނަށެވެ. އެ ގައުމުގައި ގިނައީ ވެސް އެފަދަ ބޯލަރުންނެވެ.

ކްރިކެޓް ވޯލްޑްކަޕް 2023

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2023

ކްރިކެޓް ވޯލްޑްކަޕް ޗެމްޕިއަންކަން އޮސްޓްރޭލިޔާ އަށް

20 ނޮވެމްބަރު 2023
ކްރިކެޓް ވޯލްޑްކަޕް ޗެމްޕިއަންކަން އޮސްޓްރޭލިޔާ އަށް
13 ނޮވެމްބަރު 2023

ލަންކާއިން ސަސްޕެންޝަން އިސްތިއުނާފު ކުރަނީ

13 ނޮވެމްބަރު 2023
ލަންކާއިން ސަސްޕެންޝަން އިސްތިއުނާފު ކުރަނީ
13 ނޮވެމްބަރު 2023

ގްރޫޕް ސްޓޭޖުން ކެޓިޔަސް ޕާކިސްތާނަށް 280000 ޑޮލަރު

13 ނޮވެމްބަރު 2023
ގްރޫޕް ސްޓޭޖުން ކެޓިޔަސް ޕާކިސްތާނަށް 280000 ޑޮލަރު
12 ނޮވެމްބަރު 2023

ޕާކިސްތާން ކެޓުމުން ކެޕްޓަން އިސްތިއުފާދޭން ގޮވާލައިފި، ކޯޗުގެ ވިސްނުން ތަފާތު

12 ނޮވެމްބަރު 2023
ޕާކިސްތާން ކެޓުމުން ކެޕްޓަން އިސްތިއުފާދޭން ގޮވާލައިފި، ކޯޗުގެ ވިސްނުން ތަފާތު
11 ނޮވެމްބަރު 2023

ސަރުކާރުން ކްރިކެޓް ބޯޑު އުވާލުމުން، އައިސީސީން ލަންކާ ސަސްޕެންޑްކޮށްފި

11 ނޮވެމްބަރު 2023
ސަރުކާރުން ކްރިކެޓް ބޯޑު އުވާލުމުން، އައިސީސީން ލަންކާ ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު