Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

33 ސިކުންތުގެ ތެރޭގައި ލަނޑު ޖަހައިގެން މާކް ގިއޫ ތާރީޚުގެ ތެރެއަށް!

އެތްލެޓިކް ބިލްބާއޯ އަތުން މޮޅުވީ މާކް ގިއޫ ޖެހި ހަމައެކަނި ލަނޑުން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 23 އޮކްޓޯބަރު 2023 | ހޯމަ 02:17
މާކް ގިއޫ ބާސެލޯނާގެ ހަމައެކަނި ލަނޑު ޖެހުމަށްފަހު: ފޮޓޯ-ރޮއިޓަރސް

މާކް ގިއޫ ބާސެލޯނާގެ ހަމައެކަނި ލަނޑު ޖެހުމަށްފަހު: ފޮޓޯ-ރޮއިޓަރސް

ބާސެލޯނާގެ ސީނިއަ ޓީމްގެ ޖަރޒީގެ ކުޅެން ނުކުތްތާ 33 ސިކުންތުގެ ތެރޭގައި ލަނޑު ޖަހާ ޓީމް މޮޅުކޮށްދީގެން 17 އަހަރުގެ މާކް ގިއޫ ތާރީޚުން ޖާގަ ހޯދައިފިއެވެ.

ބާސެލޯނާގެ ތާރީޚުން މާކް ގިއޫ ޖާގަ ހޯދީ ލީގުގައި އެކްލަބަށް އެންމެ އަވަހަށް ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ގޮތުގައެވެ. އަމިއްލަ ދަނޑުގައި އެތްލެޓިކް ބިލްބާއޯ އަތުން ބާސެލޯނާ މޮޅުވީވެސް ސްޕެއިންގެ ގިއޫ ޖެހި ހަމައެކަނި ލަނޑުންނެވެ. ލަނޑެއް ނުޖެހި ދެޓީމް އެެއްވަރުވެފައި އޮއްވާ ކޯޗު ޒަވީ މާކް ގިއޫ އަށް ފުރުޞަތު ދިނީ 79 ވަނަ މިނެޓުގައެވެ. 33 ސިކުންތުގައި ލަނޑު ޖެހީ ފައިގަ ޖެހުނު ދެވަނަ ބޯޅައިންނެވެ. މާކް ގިއޫއަށް ފުރުޞަތު ދިނީ ޒުވާން ކުޅުންތެރިޔާ ފާމިން ލޮޕޭޒްގެ ބަދަލުގައެވެ.

ޢާއްމުކޮށް ބާސެލޯނާގެ 18 އަހަރުން ދަށުގެ ޓީމުން ފުރުޞަތު ލިބޭ މާކް ގިއޫ ކްލަބްގެ ބީ ޓީމަށްވެސް ކުޅުނީ އެއް މެޗެވެ. ކްލަބްގެ ސީނިއަރ ޓީމުން ޒަވީ ފުރުޞަތު ދިނީވެސް ކްލަބަށް ކުރިމަތިވެފައިވާ އަނިޔާއާއި ސަސްޕެންޝަންގެ މައްސަލަތަކުގެ ސަބަބުންނެވެ. އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި ލެވަންޑޯސްކީއާއި, ޑި ޔޮންގ ހިމެނެއެވެ. މާކް ގިއޫގެ އިތުރުންވެސް ބާސެލޯނާގެ އޭ ޓީމްގައި ޅަ ކުޅުންތެރިންތަކެއް ހިމެނެއެވެ. މެޗުގައި ބޭނުންކުރި ކުޅުންތެރިންގެ ތެރޭގައި ލީގުގެ ތާރީޚުގައި ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިޔާ ޔަމާލްވެސް ހިމެނެއެވެ. މި ކުޅުންތެރިންނަކީ ބާސެލޯނާގެ ޔޫތު އެކަޑަމީން ތަމްރީނުވާ ކުޅުންތެރިންނެވެ. އެތްލެޓިކް ބިލްބާއޯ އަތުން ބާސެލޯނާ މޮޅުވި މެޗަށްފަހު އެނބުރި ގެއަށް ދިޔަ ކުޅުންތެރިންގެ ތެރޭގައި އުމުރު ހަމަނުވާތީ ޑްރައިވިންގ ލައިސަންސް ނެތް ކުޅުންތެރިން ހިމެނެއެވެ. ކޯޗު ޒަވީ ބުނީ އެކުޅުންތެރިންގެ ކިބައިން ޖެހިލުންވުމެއް ނުފެންނަ ކަމަށާއި, އެކުޅުންތެރިން ފެނުމުން އުފާވެރި އިހުސާސެއް ކުރެވޭ ކަމަށެވެ.

މެޗުގައި މާކް ގިއޫ ލަނޑު ޖެހި މަންޒަރު ބަލަން ސްޓޭޑިއަމްގައި އޭނާގެ މައިންބަފައިން ތިބި ކަމަށާއި, އެމީހުންގެ ލޮލުން ކަރުނަ އައިކަމަށް ރިޕޯރޓްތައް ބުނެއެވެ. އަދި ލަނޑާއެކު އޭނާގެ އިންސްޓަގްރާމްގެ ފޮލޯވާސްގެ އަދަދު 40,000 ން ލައްކައަކަށްވުރެ މައްޗަށް އެރިއެވެ. މިމޮޅާއެކު ބާސެލޯނާ ލީގު ތާވަލްގެ ތިންވަނައަށް ގެންގޮސްދިނެވެ. އެއީ 24 ޕޮއިންޓާއެކުއެވެ. އެއްވަނަ އަދި ދެވަނާގައި އޮތް ދެޓީމާ ދެމެދު އޮތީ ޕޮއިންޓެއްގެ ފަރަގެކެވެ.

ސްޕެނިޝް ލީގުބާސެލޯނާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު