Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަނގުރާމައަށް ދިޔަ ދިވެހި އާއިލާތައް

ހަނގުރާމައަށް ދިޔަ ބައެއް އާއިލާތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ: ހޯމް މިނިސްޓްރީ

21 އޮކްޓޯބަރު 2023 | ހޮނިހިރު 08:23

ދިވެހި އާއިލާތަކުގެ އަންހެނުންނާއި، ކުޑަކުދިން ވަނީ ހާލުގައި ޖެހިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 21 އޮކްޓޯބަރު 2023 | ހޮނިހިރު 08:23
ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންތަކެއް

ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންތަކެއް

ރާއްޖެއިން ބޭރަށް ހަނގުރާމައަށް ދިޔަ ބައެއް އާއިލާތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ ރާއްޖެއިން ބޭރުގައި ކުރެވޭ ހަނގުރާމަތަކުގައި ބައިވެރިވުމަށް ދިވެހި ރައްޔިތުންގެ ތެރެއިން ބައެއް އާއިލާތައް ގޮސްފައިވާ ކަމަށެވެ. އަދި އެއާއިލާތަކުން އަންހެނުންނާއި ކުޑަކުދިން ހާލުގައި ޖެހިފައިވާ ކަމަށް އަލީ ނަޒީރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިތުބާރު ކުރެވޭ ނިޒާމެއްގެ ތެރެއިން މި އާއިލާތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތްކުރާކަން ފާހަގަކުރައްވައި އަލީ ނަޒީރު ވިދާޅުވީ މިފަދަ މީހުން އަނބުރާ މުޖުތަމައުއަށް ނެރުމަށް ކާމިޔާބު ގިނަ މަސައްކަތްތައް ކުރެވިފައިވާ ކަަމަށެވެ. އަދި މިއާއިލާތަކަށް ޚާއްސަ ޕްރޮގްރާމްތައް ކުރިއަށް ގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަލީ ނަޒީރު ވިދާޅުވީ ހަނގުރާމައަށް ދިޔަ އެއް އާއިލާ ރާއްޖެއަށް ގެނެވި، ރީ-އިންޓަގްރޭޓެޑް ކުރެވި މިހާރު ރީތި ދިރިއުޅުމެއް އުޅެމުންދާ ކަމަށެވެ. އަދި ކުރިއަށް މަސް ދުވަހުގެ ތެރޭގައި އިތުރު އާއިލާތައް ރާއްޖެއަށް ގެނެވޭނެ ކަމަށް އަލީ ނަޒީރު ވިދާޅުވިއެވެ.

އަލީ ނަޒީރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު ބަދަލުވި ނަމަވެސް ދިވެހި ގައުމާއި، ރައްޔިތުންގެ ހެވާލާބަޔަށްޓަކައި ފެށިފައިވާ މުހިންމު ޕްރޮގްރާމްތަކާއި، މަސައްކަތްތައް އައު ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ހަނގުރާމައަށް ގޮސްފައިވާ ދިވެހި އާއިލާތައް ގެނައުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުންދާއިރު، ސީރިއާއަށް އެތެރެވުމަށް މަސައްކަތްކޮށްފައިވާ ބައެއް ދިވެހިން ތުރުކީ އެއާޕޯޓު އަދިވެސް އެހެނިހެން ބޭރުގެ ގައުމުތަކުގެ އެއާޕޯޓުން ހިފެހެއްޓުމަށްފަހު ރާއްޖެއަށް ފޮނުވާލާފައިވެއެވެ. އަދި ބައެއް ދިވެހިން ސީރިޔާގެ ހަނގުރާމާގައި ނިޔާވެފައިވެއެވެ. ސިއްރިއްޔާތުގައި ދިވެހި ޒުވާނުން ހަނގުރާމަ ރެކްރޫޓްކޮށް ހަނގުރާމައަށް ފޮނުވަން މަސައްކަތް ކުރަނީ އެކަމުގެ އަޑީގައި ދިވެހިންގެ ބަޔަކު ތިބެގެން ކަމަށާއި، އެއީ ކުރާ ވަރަށް ބޮޑު ވިޔަފާރިއެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް