Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޤާހިރާގެ ސުލުހައިގެ ސަމިޓް

ޤާހިރާގެ ސުލްހައިގެ ސަމިޓްގައި ފަލަސްތީނުގެ ރައީސްގެ އިތުރުން ބައިނަލްއަޤްވާމީ ލީޑަރުން ބައިވެރިވެވަޑައިގަންނަވަނީ

އިޒްރޭލުން ވަނީ ދެ ހަފުތާގެ ތެރޭގައި ޣައްޒާއަށް ދިން ބޮމުގެ ހަމަލާތައް ވަރުގަދަކޮށް، 3،800 މީހުން ޝަހީދުކޮށް 13،000 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލާފަ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2023 | ހުކުރު 17:30
އިސްރާއީލް އަދި އެމެރިކާއާއެކު ވެފައިވާ ހުރިހާ އެއްބަސްވުމަކުން ފަލަސްތީން ވަކިވާން ނިންމުން

އިސްރާއީލް އަދި އެމެރިކާއާއެކު ވެފައިވާ ހުރިހާ އެއްބަސްވުމަކުން ފަލަސްތީން ވަކިވާން ނިންމުން

އިސްރާއިލާއި، ހަމާސްއާއި ދެމެދު ހިނގަމުންދާ ކުރިމަތިލުން ތަކަށް ސުލްހަވެރި ހައްލެއް ހޯދުމުގެ މަޤްޞަދުގައި ބާއްވާ ޤާހިރާ ސަމިޓުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ އިތުރުން ބައިނަލްއަޤުވާމީ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރޮއިޓާސް އިން ރިޕޯޓްކޮށްފި އެވެ.

މިސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް، ބަހްރެއިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ޚަލީފާ އާއި ކުވައިތުގެ ވަލީއަހުދު ޝެއިހް މިޝާލް އަލް އަހްމަދު އަލް ޖާބިރު އަލް ސަބާހް ވެސް ޤާހިރާއަށް ވަޑައިގެންފި ކަން ރޮއިޓާސް ކަށަވަރު ކޮށްދެއެވެ.  

ފަލަސްތީނާއި އިސްރާއީލުގެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި ފްރާންސްގެ ޚާރިޖީ ވަޒީރު ކެތަރިން ކޮލޯނާ އާއި ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް މިޝޭލް އަދި އީޔޫގެ އިސް ޑިޕްލޮމެޓް ޖޯސެފް ބޮރެލް ބައިވެރިވެވަޑައިގަންނަވާކަން ކަށަވަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި ދެކޮޅަށް ފްރާންސްގެ ވެރިރަށް ޕެރިހުގައި ފުޅާދާއިރާއެއްގައި މުޒާހަރާތައް ކުރަމުންދާއިރު، ފްރާސްގެ ޚާޖީވަޒީރު ކޮލޯނާ ވަނީ މިދިޔަ ހަފުތާގައި ޤާހިރާ، ބެއިރޫތު އަދި އިޒްރޭލަށް ދަތުރުުރައްވާފަ އެވެ.

ސުލްހައިގެ ސަމިޓުގައި ގްރީސްގެ ބޮޑުވަޒީރު ކިރިޔާކޯސް މިޓްސޯޓަކިސް އާއި އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ގައުމުތަކުގެ ސަރުކާރުގެ މަސްދަރުތަކުން ރޮއިޓާސްއަށް މައުލޫމާތު ދީފައިވާ ކަމަށް ރޮއިޓާސްއިން ބުނެއެވެ.

ދެކުނު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ ވެސް ވަނީ އިޒްރޭލާއި ޣައްޒާގައި ހިނގަމުންދާ ކުރިމަތިލުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މި ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަން އޭނާގެ އޮފީހުން ކަށަވަރު ކޮށްދީފައިވާ ކަމަށް ރޮއިޓާސްއިން ބުނެއެވެ.

ސައުތު އެފްރިކާގެ ރައީސް ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އާންމުންނަށް އަމާޒުކޮށް ދިން ހަމަލާތަކާއި، އޭގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައްބަޔަކު ޒަޚަމްވުމާއި، ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއާ މެދު ރައީސް ރަމަފޯސާ ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

އަދި މެދުއިރުމައްޗަށް ދާއިމީ ސުލްހައެއް ގެނައުމަށް ދުނިޔޭގެ ފެންވަރުގައި ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަށް ދެކުނު އެފްރިކާ އޮތީ ތައްޔާރަށް ކަމަށެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އާއި ސައިޕްރަސްގެ ރައީސް ނިކޮސް ކްރިސްޓޮޑޯލައިޑްސް އާއި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އާއި ޖަރުމަނުގެ ޚާރިޖީ ވަޒީރު އެނާލީނާ ބެރްބޮކް އާއި ޖަޕާނުގެ ޚާރިޖީ ވަޒީރު ޔޯކޯ ކަމިކަވާ އާއި އަދި އިނގިރޭސި ޚާރިޖީ ވަޒީރު ޖޭމްސް ކްލެވާލީ ޤާހިރާ ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.

މިސްރުގެ ރައީސް އަބްދުލްފައްތާހް އަލް ސީސީ ގޮވާލެއްވި މި ސަމިޓުގެ މަޤްސަދަކީ ޣައްޒާގައި ހިނގަމުންދާ ކުރިމަތިލުން ތައް ކުޑަކޮށް، ހަނގުރާމަ ހުއްޓާލުމަށް އެހީތެރިވެދީ ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި ހައްލެއް ހޯދުމެވެ.

އިޒްރޭލުން ވަނީ ދެ ހަފުތާގެ ތެރޭގައި ޣައްޒާއަށް ދިން ބޮމުގެ ހަމަލާތައް ވަރުގަދަކޮށް، 3،800 މީހުން ޝަހީދުކޮށް 13،000 އަށް ވުރެ ގިނަ މީހުން ޒަޚަމް ކޮށްލާފަ އެވެ.

ސުލްހައިގެ ސަމިޓަކަށް ދުނިޔޭގެ ލީޑަރުން ޤާހިރާއަށް ވަޑައިގަންވަމުންދާއިރު، ރަފަހް ބޯޑަރު ހުރަސްކުރުމުގެ އެއްބަސްވުމަށް ފަހުވެސް ޣައްޒާއަށް އެހީގެ ލޮރީތައް ވަދެފައި ނުވާތީ ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އައި އެހީ ނުލިބި 2 މިލިޔަނެއްހާ މީހުންވަނީ ހާލުގައި ޖެހިފައެވެ.

އެމެރިކާއިން ބުނެފައިވަނީ އެހީގެ ޓްރަކްތަކަށް ދަތުރު ނުފެށިވަނީ އެހިސާބުގެ މަގުތަކުގައި ވަރަށް ބޮޑަށް ވަޅުގަނޑުތައް ހެދިފައި ހުރުމުން ކަމަށާ އެތަންތަން ބެއްދުމަށް ފަހު ދަތުރު ފަށާނެ ކަމުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސްގެ ފޮޓޯއިން ފެންނަނީ ދެއްކުންތެރި ކަން؟ މިނިމަމް ވޭޖަކީ ޖޯކެއް ނޫން!

ރައީސްގެ ފޮޓޯއިން ފެންނަނީ ދެއްކުންތެރި ކަން؟ މިނިމަމް ވޭޖަކީ ޖޯކެއް ނޫން!

11 ޖެނުއަރީ 2020
އެލްސަލްވަޑޯ ރައީސްގެ އދ. ސެލްފީ:ސްޕީޗަށް ވުރެ އިންސްޓަގްރާމް ފޮޓޯގެ އަސަރު ބޮޑު

އެލްސަލްވަޑޯ ރައީސްގެ އދ. ސެލްފީ:ސްޕީޗަށް ވުރެ އިންސްޓަގްރާމް ފޮޓޯގެ އަސަރު ބޮޑު

27 ސެޕްޓެމްބަރު 2019
ދުނިޔޭގެ އެންމެ މަގުބޫލު ލޯބީގެ ބިނާގައި ރައީސްގެ ދެކަނބަލުން

ދުނިޔޭގެ އެންމެ މަގުބޫލު ލޯބީގެ ބިނާގައި ރައީސްގެ ދެކަނބަލުން

22 ޑިސެމްބަރު 2018
ރައީސްގެ އިންޑިއާ ދަތުރުފުޅު: ރާއްޖެ އަނެއްކާވެސް އިންޑިއާއާ އެންމެ ގާތަށް!

ރައީސްގެ އިންޑިއާ ދަތުރުފުޅު: ރާއްޖެ އަނެއްކާވެސް އިންޑިއާއާ އެންމެ ގާތަށް!

19 ޑިސެމްބަރު 2018
ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު

ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު

14 ޖުލައި 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު