Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ119 ކިލޯ ޑްރަގް ކޭސް

119 ކިލޯ ޑްރަގް ކޭސް: މަސްތުވާތަކެތި ފެނުނު ސައިކަލު ޒުބައިރަށް ވިއްކި މީހާގެ ހެކިބަހާއި ފުލުހުންގެ އިތުރު އޮފިސަރުންގެ ހެކިބަސް ނަގައިފި

19 އޮކްޓޯބަރު 2023 | ބުރާސްފަތި 09:57

މަސްތުވާތެކެތި ފެނުނު ސައިކަލުގެ ކުރީގެ ވެރިފަރާތާއި ސުވާލުކުރެވުނު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 އޮކްޓޯބަރު 2023 | ބުރާސްފަތި 09:57
119 ކިލޯ ޑްރަގް ކޭސްގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހުން

119 ކިލޯ ޑްރަގް ކޭސްގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހުން

މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން, މަސްތުވާތަކެތި ފެނުނު ސައިކަލު ޒުބައިރަށް ވިއްކި މީހާގެ ހެކިބަހާއި ފުލުހުންގެ އިތުރު އޮފިސަރުންގެ ހެކިބަސް ނަގައިފިއެވެ.

ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން 4 ހެއްކެއްގެ ހެކިބަސް ނަގާފައެވެ. އެގޮތުން ދައުލަތުން ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ސީން އޮފް ކްރައިމް ރިޕޯޓް ތައްޔާރުކުރި އޮފިސަރ، ސަރޖަންޓް އަޒްހަދު ހަސަން މަނިކް ވިދާޅުވީ ބުރުޒުމަގާއި މާފަތްތަކުރުފާނު މަގު ހަތަރު އަނގޮޅި ކަންމަތީގައި އިން ފިހާރަކަ ކައިރީގައި އޮތް ޓްކްސީގައި އިން ޑްރައިވަރާއި އޭގައި ތިބި ދެމީހުން ބަލާ ފާސްކުރަން އެންގި ކަމަށެވެ. އަދި ސީންއަށް ގޮސް ޑީއެންއޭ އެވިޑެންސް ނަގާފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މަސްތުވާތަކެތި ފެނުނު ކާރު ދޮރުގެ ބޭރުން 2 އެވިޑެންސް އަދި ޑިކީގައި އިން ފޮށި އަދި ދަބަހުން ޑީއެންއޭ ނަގާފައިވާނެ ކަމަށެވެ.

Advertisement - newsAdvertisement

ހެކިވެރިޔާގެ ހެކިބަހާއި ގުޅިގެން ގާޒީ ވަނީ ސުވާލެއް ކުރައްވާފައެވެ. އެގޮތުން ސީންގެ މަސައްކަތް ނިންމަފައިވަނީ 21:15 ގައި އަދި މާލެ އައިސްފައިވަނީ 21:30 އެއީ ކިހިނެއްވާ ކަމެއްތޯ މާލެއިން ބޭރުގައިތޯ މިކަމެއްވީ ގާޒީ ސުވާލުކުރެއްވިއެވެ. އަދި ޖަވާބުގައި ހެކިވެރިޔާ ބުނެފައިވަނީ އެއީ އިދާރީ އޮޅުމެއް ކަމަށާއި، އޮޅިގެން މާލެ އާދެވުނުކަމަށް ޖެހުނީ ކަމަށެވެ.

ދެވަނަ ހެކިވެރިޔާގެ ގޮތުގައި ހާޒިރުކުރެވިފައިވަނީ ސީނިއަރ ސަރޖެންޓް އައިމިނަތު ލީޒާއެވެ. ސޯކޯ ރިޕޯޓް ތައްޔާރުކުރީ އޭނާއެވެ. އަދި ސޯކޯ އޮފިސަރެއްގެ ގޮތުގައި 2009 ވަނަ އަހަރުން ފަށައިގެން މަސައްކަތް ކުރާ ލީޒާ ވިދާޅުވީ ޑީއީޑީއާއެކު ސީންއަށް ދިއުމަށް އިރުޝާދު ދެވުނު ކަމަށާއި، ދިޔައީ މއ. ކަނޑޫގެއަށް ކަމަށެވެ. ސީންއަށް ދިޔަ އިރު އަލީ ޒުބައިރު އެތަނުގައި ހުރި ކަމަށާއި، އެގޭގެ ފުރަތަމަ ފަންގިފިލާ އަދި ދެވަނަ ފަންގި ފިލާ ޒުބައިރު އަތުގައި އޮތް ތަޅުދަނޑިން ހުޅުވުނު ކަމަށާއި، ކޮޓަރިން ފެނުނު ބޯޑިން ފާހެއްގައި ޒުބައިރުގެ ނަން އިން ކަމަށެވެ. އަދި އެ ގެ ކައިރީގައި އިން ސައިކަލެއް ބަލާ ފާސްކޮށްފައިވާ ކަމަށާއި، ސައިކަލު ހުޅުވީ އަލީ ޒުބައިރު އަތުގައި އިން ތަޅުދަނޑިއަކުން ކަމަށެވެ.

ދެން މި މައްސަލައިގައި ހާޒިރުކުރެވުނީ ޑްރަގް ފެނުނު ޓެކްސީ ޑްރައިވަރެވެ. ޓެކްސީ ޑްރައިވަރު ހެކިބަސް ދެމުން ވިދާޅުވީ އެ މައްސަލައާއި ގުޅިގެން ފުލުހަށް ހާޒިރުވެ އެދުވަހު ހަނދާންހުރި ވަރަކަށް ބަޔާން ކިޔައިދީފައިވާނެ ކަމަށެވެ. އަދި ފުލުހުން ކުރި ސުވާލަށް ޖަވާބު ދެއްވި ކަމަށާއި، ދުވަސްވީ މައްސަލައެއް ކަމުން މިހާރު ބައެއް މައުލޫމާތު ހަނދާނުގައި ނެތް ކަމަށެވެ. އޭނާ ބުނީ އެ ދަތުރަކީ އަވަސް ރައިޑް އެޕްލިކޭޝަން މެދުވެރިކޮށް ނެގި ދަތުރެއް ކަމަށާއި، މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި ދަތުރުގެ ރެކޯޑުގެ ސްކްރީންޝޮޓް ވާނީ ދިފައި ކަމަށާއި، ދަތުރު ނަގާފައިވަނީ ހުޅުމާލެއިން މާލެއަށް ކަމަށެވެ. ޓެކްސީ ޑްރައިވަރު ބުނީ ކާރުގައި 1 މީހަކު ދަތުރުކުރި ކަމަށާއި ފައިސާ ދެއްކި ގޮތް ހަނދާނެއް ނެތް ކަމަށެވެ.

ގިނަ ކަންކަން ޑްރައިވަރު ހަނދާނުގެ ނެތްކަމަށް ބުނެފައިވާތީ ދައުލަތުން އެދުނީ ބަޔާން ޓެކްސީޑްރައިވަރަށް ދެއްކުމަށެވެ. ނަމަވެސް ދިފާއުން އުޒުރުވެރިވުމުން، ގާޒީ ވަނީ ބަޔާން ނުދައްކާ އަވަސް ރައިޑްގެ ސްކްރީންޝޮޓް ދައްކާފައެވެ. ހެކިވެރިޔާ ބުނީ އޭގައި އޭނާގެ ސޮއިކޮށްފައިވާ ކަމަށާއި، އެހެންކަމުން އެއީ އެ ސްކްރީންޝޮޓްކަމަށެވެ. ދަތުރު ނެގި ލޯކޭޝަނަކީ މާލެއިން 5:58 ދަތުރު ނިމިފައިވަނީ މާފަންނު ސްޓޭޑިއަމް ބަސް ސްޓޮޕް ބޮޑުތަކުރުފާނު މަގަށް 6:07 ގައި ކަމަށެވެ.

ގާޒީ ވެސް ވަނީ ޑްރައިވަރާއި ސުވާލުކޮށްފައެވެ. އެގޮތުން އަވަސް ރައިޑުން ދަތުރު ނަގާއިރު ނަން އަރާފައި އިނދޭތޯ އަދި މޮބައިލް ނަންބަރު އިނގޭނެތޯވެ. ހެކިވެރިޔާ ބުނީ އެ މައުލޫމާތު އިނގޭނީ ގުޅުމުން ކަމަށެވެ. އަދިބޭނުން ނަމެއް އެޕްގައި ޖެހޭނެ ކަމަށެވެ.

ދެން މި މައްސަލައިގައި ހާޒިރުކުރީ މި މައްސަލައިގައި ދައުވާ އުފުލާފައިވާ ޒުބައިރުއަށް ސައިކު ވިއްކި މީހާއެވެ. އެގޮތުން ސައިކަލު ވިއްކި މީހާ ހެކިބަސް ދެމުން ބުނެފައިވަނީ ވިއްކާލި ސައިކަލަކާއި ގުޅޭގޮތުން ތަހުގީގަށް ބަޔާން ދެއްވާފައިވަނެ ކަމަށާއި، ނަންބަރު ހަނދާނެއް ނެތް ކަމަށެވެ. އަދި އެއީ ދަނބުކުލައިގެ ހޮންޑާ ސައިކަލެއް ކަމަށާއި، ބަޔާނުގައި ސައިކަލުގެ ރަޖިސްޓްރީ ނަންބަރު އިންނާނެ ކަމަށެވެ. ހެކިވެރިޔާ ބުނީ ވިއްކީ ޒުބައިރުއަށް 2020 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށެވެ. އަދި 25000 ރުފިޔާއަށް ވިއްކާލީ އަންހެނުން ބަލިވެގެން ރާއްޖެއިން ބޭރަށް ފުރަންޖެހިގެން ފައިސާ ބޭނުންވެގެން ކަމަށެވެ. އަދި ފައިސާ ހިފައިގެން އައީމަ ވަގުތުން ވިއްކާލީ ކަަމަށާއި،ސައިކަލުގެ ތަޅުދަނޑިއަކީ ރިމޯޓެއް ކަމަށެވެ. އަދި ވިއްކި އިރުގައި އިންނާނީ 1 ރިމޯޓް ކަމަށާއި، ބޭރުން އައި އިރު ޒުބެއިރު އިނީ އެހެން މައްސަލައެއްގައި ބަންދުގައި ކަމުން ރަޖިސްޓްރީ ބަދަލުނުކުރެވުނު ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މައްސަލައާއި ގުޅުންހުރި ހެކިވެރިންގެ ތެރެއިން ބުރާސްފަތި ދުވަހު ހެކި ނަގަން ތިބި އެންމެންގެ ހެކިބަސް ނެގިފައިވާ ކަމަށެވެ. އަދިވެސް މި މައްސަލައިގައި 11 ހެކިންގެ ހެކިބަސް ނަގަން ޖެހޭ ކަމަށެވެ. މީގެ ކުރިންވެސް މި މައްސަލައިގައި 7 ހެކިވެރިންގެ ހެކިބަސް ނަގާފައިވެއެވެ. ގާޒީ ވިދާޅުވީ މައްސަލަ ކުރިއަށް ގެންދަނީ ހެކި ބަސް ނަގަމުން ގޮސް އެކީއެކަށްޗަކަށް ހެކިބަސް ނެގުމަށް ކަމަށާއި، އެގޮތަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ދައުލަތުގެ ބައެއް ހެކިވެރިންގެ ހެކިބަސް ނެގުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި، މި މަހުގެ 25 ވަނަ ދުވަހު ހެކިބަސް ނެގުން އޮންނާނެ ކަމަށެވެ. އެ ދުވަހު ތިނެއް ނުވަތަ 4 ވަރަކަށް ހެކިންގެ ހެކިބަސް ނަގާނެކަމަށާއި، އެއީ މި މަހުގެ ތެރޭގައި ހެކިބަސް ނެގޭނެ އެންމެ ފަހު ދުވަސް ކަމަށެވެ.

ގާޒީ ވިދާޅުވީ އޭގެ ފަހުން ދެން ހެކި ބަސް ނެގޭނެ ދުވަހެއް ދަންނަވަން އެނގޭނީ އަންނަ މަހުގެ ކޯޓުގެ ޝެޑިއުލް ލިބިގެން ކަމަށެވެ. އަދި ފޯކަސް ކުރައްވަނީ ހުއްޓާ ނުލާ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ކަމުގައވީނަމަވެސް ކޯޓުގެ އިމާރާތުގެ ޖާގައިގެ ދަތިކަމާއި އެހެނިހެން މައްސަލަތައް ވެސް އެބަހުރި ކަމަށެވެ. އަދި ވިސްނުމުގައި ހުންނެވީ ހެކިބަސް އެކުއެކީގައި ގެންގޮސް ނިންމާލުމުން މައްސަލަ ކުރިއަށްގެންދަވަން ފަސޭހަވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

ހަނޑޫ ކިލޯއަކުން އެއް ރުފިޔާވެސް އަގުހެޔޮ ނުވާއިރު ކާޑު އަގުހެޔޮވިކަމަކަށް ނުކިޔޭނެ:ނާދިރާ

23 އެޕްރީލު 2017
ހަނޑޫ ކިލޯއަކުން އެއް ރުފިޔާވެސް އަގުހެޔޮ ނުވާއިރު ކާޑު އަގުހެޔޮވިކަމަކަށް ނުކިޔޭނެ:ނާދިރާ
16 އެޕްރީލު 2017

1.3 ކިލޯގެ މަސްތުވާތަކެތި ފުުލުހުން އަތުލައިގެންފި

16 އެޕްރީލު 2017
1.3 ކިލޯގެ މަސްތުވާތަކެތި ފުުލުހުން އަތުލައިގެންފި
22 މާރިޗު 2017

ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި

22 މާރިޗު 2017
ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި
21 މާރިޗު 2017

ޑޮމެސްޓިކް ފްލައިޓަކުން ދަތުރުކުރި އަންހެނެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި

21 މާރިޗު 2017
ޑޮމެސްޓިކް ފްލައިޓަކުން ދަތުރުކުރި އަންހެނެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި
05 މާރިޗު 2017

20 ކިލޯގެ ހެރޮއިން އާއި 1 ކިލޯގެ ކެނަބިސް ނައްތާލައިފި

05 މާރިޗު 2017
20 ކިލޯގެ ހެރޮއިން އާއި 1 ކިލޯގެ ކެނަބިސް ނައްތާލައިފި
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް