Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންގްލެންޑް ޓީމް

ހެންޑަރސަންގެ ދިފާއުގައި މެގުއާ!

އިޓަލީ އަތުން މޮޅުވި މެޗުގައިވެސް ހެންޑަރސަންއާ ދިމާކޮށްލި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 18 އޮކްޓޯބަރު 2023 | ބުދަ 14:05
މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ކެޕްޓަން މެގުއާ

މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ކެޕްޓަން މެގުއާ

ވިދިވިދިގެން ދެ މެޗެއްގައި މިޑްފީލްޑަރ ޖޯޑަން ހެންޑަރސަންއާ އިނގިރޭސި ސަޕޯޓަރުން ދިމާކޮށްލުމުން ދިފާއުގައި ޑިފެންޑަރ ހެރީ މެގުއާ ނިކުމެއްޖެއެވެ.

ހެންޑަރސަންއާ އިނގިރޭސި ސަޕޯޓަރުން ދިމާކޮށް, އަޑުއުފުލީ ރަހުމަތްތެރި ކަމުގެ މެޗެއްގައި ހުކުރު ދުވަހު އޮސްޓްރޭލިޔާ އަތުން މޮޅުވި މެޗުގައި ބަދަލުކުރި ވަގުތާއި, އަންގާރަ ދުވަހުގެރޭ ޔޫރޯ ކޮލިފައިންގައި އިޓަލީ އަތުން މޮޅުވި މެޗުގައި ކުޅެން ނިކުއިތް ވަގުތެވެ. އިނގިރޭސި ސަޕޯޓަރުންގެ މިއަމަލާ ގުޅިގެން ޑިފެންޑަރ ހެރީ މެގުއާ ބުނީ ހަގީގީ އިނގިރޭސި ސަޕޯޓަރުން އެފަދައިން "ބޫން" ނުލައްވާނެ ކަމަށެވެ. އެފަދައިން އަމަލުކުރީ އިނގިރޭސި ސަޕޯޓަރުންކަމަށް ގަބޫލުނުކުރާކަމަށް އެންމެ ގިނަ ސަޕޯޓަރުންގެ ނުރުހުން އަމާޒުވެފައިވާ މެގުއާ ބުންޏެވެ.

ހެރީ މެގުއާ ބުނީ މުޅި ކެރިއަރު ގައުމީ ޓީމަށް ޚިދުމަތްކޮށްފައިވާ, ކުޅުންތެރިއަކަށް އެފަދައިން ދިމާކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. އޮސްޓްރޭލިޔާ މެޗަށްފަހު އިންގްލެންޑް ކޯޗު ސައުތް ގޭޓްވެސް ވަނީ ހެންޑަރސަންގެ ދިފާއުގައި ވާހަކަ ދައްކާފައެވެ. ހެންޑަރސަންއަށް ސަޕޯޓަރުންގެ ނުރުހުން ބޮޑަށް އަމާޒުވަމުން ދަނީ މިދިޔަ ސީޒަނަށްފަހު ލިވަޕޫލް ދޫކޮށް, ސައުދީ އަރަބިއްޔާގެ އަލް އިއްތިފާގަށް ބަދަލުވި ހިސާބުންނެވެ.

އިތުރަށް ކިޔާލަން

11 ޖުލައި 2022

ކުރިއަށް އޮތް ސީޒަނުގައި ވެސް ޔުނައިޓެޑުގެ ކެޕްޓަނަކީ މެގުއާ

11 ޖުލައި 2022
ކުރިއަށް އޮތް ސީޒަނުގައި ވެސް ޔުނައިޓެޑުގެ ކެޕްޓަނަކީ މެގުއާ
20 އޮކްޓޯބަރު 2020

މެގުއާއަށް އަނިޔާވުމުން ޔުނައިޓެޑުގެ ކެޕްޓަން ބޭންޑް ފެނާންޑޭސްއަށް

20 އޮކްޓޯބަރު 2020
މެގުއާއަށް އަނިޔާވުމުން ޔުނައިޓެޑުގެ ކެޕްޓަން ބޭންޑް ފެނާންޑޭސްއަށް
15 އޮކްޓޯބަރު 2020

މެގުއާއަށް ފުރިހަމައަށް އެއްބާރުލުން ދޭނަން: ސައުތުގޭޓް

15 އޮކްޓޯބަރު 2020
މެގުއާއަށް ފުރިހަމައަށް އެއްބާރުލުން ދޭނަން: ސައުތުގޭޓް
04 ސެޕްޓެމްބަރު 2020

ވާދަވެރިކަން އެއްފަރާތްކޮށް މެސީގެ ދިފާއުގައި ރާމޯސް

04 ސެޕްޓެމްބަރު 2020
ވާދަވެރިކަން އެއްފަރާތްކޮށް މެސީގެ ދިފާއުގައި ރާމޯސް
27 އޯގަސްޓު 2020

ބާސާގެ ރައީސް ބާޓޮމެއޫގެ ދިފާއުގައި ރެއާލްގެ ކުރީގެ ރައީސް

27 އޯގަސްޓު 2020
ބާސާގެ ރައީސް ބާޓޮމެއޫގެ ދިފާއުގައި ރެއާލްގެ ކުރީގެ ރައީސް
26 އޯގަސްޓު 2020

ކުށް ސާބިތުވެ އިންގްލެންޑް ސްކޮޑުން މެގުއާ ބާކީކޮށްފި

26 އޯގަސްޓު 2020
ކުށް ސާބިތުވެ އިންގްލެންޑް ސްކޮޑުން މެގުއާ ބާކީކޮށްފި
22 އޯގަސްޓު 2020

އަނބުރާ އިންގްލެންޑަށް ދިޔުމުގެ ހުއްދަ މެގުއާއަށް ދީފި

22 އޯގަސްޓު 2020
އަނބުރާ އިންގްލެންޑަށް ދިޔުމުގެ ހުއްދަ މެގުއާއަށް ދީފި
26 ޖުލައި 2020

މެގުއާގެ އިންޒާރު އޭނާގެ ކުރީގެ ކްލަބު ލެސްޓާއަށް

26 ޖުލައި 2020
މެގުއާގެ އިންޒާރު އޭނާގެ ކުރީގެ ކްލަބު ލެސްޓާއަށް
28 ޖޫން 2020

މެގުއާގެ ލަނޑުން ޔުނައިޓެޑް ސެމީއަށް

28 ޖޫން 2020
މެގުއާގެ ލަނޑުން ޔުނައިޓެޑް ސެމީއަށް
04 ޖޫން 2020

ފްލޮއިޑްގެ ދިފާއުގައި ބަޔާން މިއުނިކްގެ ކުޅުންތެރިން ނުކުންނަށް ކިމިޗް ގޮވާލައިފި

04 ޖޫން 2020
ފްލޮއިޑްގެ ދިފާއުގައި ބަޔާން މިއުނިކްގެ ކުޅުންތެރިން ނުކުންނަށް ކިމިޗް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު