Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާޖެންޓީނާ ޤައުމީ ޓީޟު

ކޮޕާ އެމެރިކާ އަށް ފަހު ޑި މާރިއާ ޤައުމީ ޓީމަށް ކުޅުން ހުއްޓާލަނީ

އެގޮތުން އެއީ މިހާރު އޭނާގެ ފައިނަލް ނިންމުމެއް ކަމަށާއި، އެ ނިންމުމަށް ދެން އިތުރު ބަދަލެއް ނާންނާނެ ކަމަށް ވެސް ޑި މާރިއާ ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2023 | ބުރާސްފަތި 00:22
އާޖެންޓީނާގެ އެންހެލް ޑި މާރިއާ

އާޖެންޓީނާގެ އެންހެލް ޑި މާރިއާ

އަންނަ އަހަރު އޮންނަ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތަށް ފަހު، ޤައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް އާޖެންޓީނާގެ އެންހެލް ޑި މާރިއާ ބުނެފި އެވެ.

ޑި މާރިއާ މިހެން ބުނީ އާޖެންޓީނާގެ މީޑިއާ އަކަށް އޭނާ ދިން އިންޓަވިޔުއެއްގަ އެވެ. އުމުރުން 35 އަހަރުގެ ކުޅުންތެރިޔާ ބުނީ، ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތަށް ފަހު ޤައުމީ ޓީމަށް ކުޅެން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެއީ މިހާރު އޭނާގެ ފައިނަލް ނިންމުމެއް ކަމަށާއި، އެ ނިންމުމަށް ދެން އިތުރު ބަދަލެއް ނާންނާނެ ކަމަށް ވެސް ޑި މާރިއާ ވަނީ ބުނެފަ އެވެ. އެކަން ފާހަގަކޮށް ޑި މާރިއާ ބުނީ، އާޖެންޓީނާގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އާއެކު ކުޅުމުގެ ފުރުސަތު ލިބުމަކީ އަބަދު ވެސް އޭނާ އުފާ ކުރާނެ ކަމެއް ކަމަށެވެ. އެގޮތުން މެސީ އާއެކު ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގައި ކުޅުމުގެ ފުރުސަތު ލިބުނު ކަމަށްޓަކައި، އެކަމާ ވެސް އުފާވާ ކަމަށް ޑި މާރިއާ ވަނީ ބުނެފަ އެވެ. އޭނާ ބުނި ގޮތުގައި މެސީއާ އެއް ކުލަބަކަށް ކުޅުމަކީ އަބަދު ވެސް އޭނާ ބޭނުންވި ކަމެކެވެ.

ޑި މާރިއާ އަށް އާޖެންޓީނާ ޤައުމީ ޓީމުން ޖާގަ ލިބުނީ 2008 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް އޭނާ ވަނީ އާޖެންޓީނާ އަށް ކުޅެދިން 134 މެޗުގައި 29 ލަނޑު ޖަހައިފަ އެވެ. އާޖެންޓީނާ އާއެކު އޭނާ ވަނީ 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް، މިދިޔަ އަހަރުގެ ފައިނަލިސިމާ އަދި މިިދިޔަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އާޖެންޓީނާ އިން މި ތިން ތަށި ކާމިޔާބު ކުރުމުގައި ވެސް ޑި މާރިއާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރު ކުރިއަށް ދިޔަ ވޯލްޑް ކަޕްގެ ފައިނަލްގައި އޭނާ ވަނީ ފްރާންސް ކޮޅަށް ލަނޑު ވެސް ޖަހައިފަ އެވެ. 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ ތަށި އާޖެންޓީނާ އިން އުފުލާލީ ފައިނަލްގައި ބްރެޒިލް ކޮޅަށް ޑި މާރިއާ ޖެހި ލަނޑުންނެވެ.

އަންނަ އަހަރުގެ ކޮޕާ އެމެރިކާ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އެމެރިކާގަ އެވެ. މުބާރާތް ކުރިއަށް ގެންދަން ތާވަލް ކޮށްފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުން ޖުލައި މަހުގެ 24 ވަނަ ދުވަހަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

25 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު