Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިލޭ އެހީ

އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި 925 މިލިއަން ރުފިޔާ ލިބޭނެކަމަށް ބެލެވޭ

މިއީ 2024 އަހަރުގެ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ނިސްބަތުން 2.6 އިންސައްތަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 އޮކްޓޯބަރު 2023 | ބުދަ 06:46
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި 925.3 މިލިއަން ރުފިޔާ ލިބޭނެކަމަށް ބެލެވޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ފާއިތުވި ދިހަ އަހަރު ހިލޭ އެހީގެ ގޮތުގައި އެވަރެޖްކޮށް ލިބިފައިވަނީ 596.0 މިލިއަން ރުފިޔާ ކަމަށެވެ. އަދި މި އާމްދަނީއަށް ހިއްސާކުރަނީ ފައިސާގެ ހިލޭ އެހީ އާއި މަޝްރޫޢުތައް ހިންގުމަށް ލިބޭ އެހީ ކަމަށެވެ. އަދި 2024 ވަނަ އަހަރަށް ބަލާއިރު ބޭސްލައިންގައި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 925.3 މިލިއަން ރުފިޔާ ލިބޭނެކަމަށް ބެލެވޭ ކަމަށް ބުނެފައިވެއެވެ. އަދި މިއީ އެ އަހަރުގެ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ނިސްބަތުން 2.6 އިންސައްތަ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން 2025 ވަނަ އަހަރުގެ ބޭސްލައިންގައި ހިލޭ އެހީގެ ގޮތުގައި 937.5 މިލިއަން ރުފިޔާ ލިބޭނެކަމަށް މިހާރު އަންދާޒާކުރެވޭ ކަމަށް ބުނެފައިވެއެވެ. އަދި ބޭސްލައިންގައި ހިލޭ އެހީގެ މި އަންދާޒާތައް ހިމެނިނަމަވެސް، 2024 އަދި 2025 ވަނަ އަހަރުވެސް 50 މިލިއަން އެމެރިކާ ޑޮލަރު އިތުރަށް ހޯދަން މަސައްކަތްކުރުމަށް ފިސްކަލް ސްޓްރެޓަޖީގައި ހިމަނާފައިވާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ނިމިގެންދިޔަ އަހަރުގެ ފިސްކަލް ސްޓްރެޓެޖީގައި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ފިޔަވަޅަކީ ޖީއެސްޓީ ރޭޓު އިތުރުކުރުމެވެ. އެގޮތުން، ޖީއެސްޓީ ރޭޓުތައް ބަދަލުކޮށް، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިޞްލާޙަށް ޢަމަލުކުރަން ފަށައިފައިވަނީ 22 ނޮވެންބަރު 2022 ގައެވެ. އަދި އެ އިޞްލާޙާ އެއްގޮތްވާ ގޮތުގެ މަތިން، 1 ޖަނަވަރީ 2023 އިން ފެށިގެން ޓީޖީއެސްޓީ 16 އިންސައްތައަށް، އަދި ޖީޖީއެސްޓީ 8 އިންސައްތައަށް ވަނީ ބަދަލުކޮށްފައެެވެ.

އާމްދަނީ އިތުރުކުރުމަށް ރާވާފައިވާ ސިޔާސަތުތަކުގެ ތެރެއިން އަންނަ އަހަރު ތަންފީޒުކުރުމަށް ހުށަހަޅާ މައިގަނޑު ކަންތައްތަކަށް ބަލާއިރު، ރާއްޖޭގެ ކުޅިތަކާއި މޫދުވިނަ ހުރި ކަނޑުގެ ސަރަހައްދުތައް ރައްކާތެރިކޮށް، މި ތަންތަނުން ކާބަން ރައްކާކުރާ މިންވަރު ހިސާބުކުރުމަށްފަހު ކާބަން ކްރެޑިޓްސް ދުނިޔޭގެ ބާޒާރުގައި ވިއްކާ، އާމްދަނީ ހޯދުމަށް ވަނީ ނިންމާފައެވެ، އެގޮތުން، ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު، މޫސުމީ ބަދަލުތަކާ ގުޅިގެން ކުރަންޖެހޭ ހޭދަ ނިސްބަތުން މަތި ގައުމަކުން ވިއްކާ ކާބަން ކްރެޑިޓްސްއަށް ރަނގަޅު އަގެއް މިކަމަށް ކަނޑައެޅިފައިހުރި ނީލަމުގެ ބާޒާރުތަކުގައި ލިބުމުގެ ފުރުސަތު ބޮޑުވާނެއެވެ. އަދި މި މަސައްކަތް ކުރިއަށްގެންދިއުމަށް ބައިނަލްއަގުވާމީ ދެ އިދާރާއަކާއެކު މަޝްވަރާތައް، މިހާރު ފަށާފައިވާއިރު، އަންނަ އަހަރުގެ ތެރޭގައި މި މަސައްކަތް ނިންމައި ބާޒާރަށް ދެވޭނެކަމަށް ލަފާކޮށްފައިވެއެވެ.

މީގެއިތުރުނެ، އެމްއެމްޕީއާރުސީ އިން ކ. ގާފަރުގައި ކުރިއަށްގެންދާ އިންޓެގްރޭޓެޑް ފަތުރުވެރިކަމުގެ މަޝްރޫއުއިން 2023 ވަނަ އަހަރު އެމްއެމްޕީއާރުސީ އަށް އާމްދަނީ ލިބެން ފަށާނެކަމަށް އަންދާޒާކޮށް، އަންނަ އަހަރާއި މެދުރާސްތާގައި އެ ކުންފުނިން ސަރުކާރަށް ދައްކާ ޑިވިޑެންޑް އިތުރުވާނެކަމަށް ވާނީ ބަލާފައެވެ. އެގޮތުނ،ް މި މަޝްރޫއުގެ ދަށުން 14 ޕްރައިވެޓް އައިލެންޑް ވިއްކުމަށް ރާވާފައިވާއިރު، މި ރަށްތައް ވިއްކޭނެކަމަށް ބަލާފައިވާނީ ތިން އަހަރު ތެރޭގައެވެ.

ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރާ ހިލޭ އެހީއާއި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ ސިޔާސަތުތަކުން އާމްދަނީ އިތުރުވާނެ މިންވަރު ހިމަނައިގެން، 2024 ވަނަ އަހަރު ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ މިންވަރަކީ 38,283.3 މިލިއަން ރުފިޔާއެވެ. އަދި މިހާރު ކުރިއަށްދާ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތައް، 2024 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ ތެރޭގައި ނިމޭނެކަމަށް އަންދާޒާކުރެވޭތީއާއި، ދިވެހިރާއްޖޭގެ އިގުތިސާދީ ހާލަތު ކުރިއަރަމުންދާ މިންވަރަށް ރިޢާޔަތްކޮށް، މެދުރާސްތާގައި އަހަރުން އަހަރަށް، އެވްރެޖްކޮށް 28.8 އިންސައްތައިން ދައުލަތުގެ އާމްދަނީ އިތުރުވަމުންދާނެކަމަށް އަންދާޒާކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު