Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީން އިސްރާއީލް ހަނގުރާމަ

"އަހަރެމެން މިތިބީ ގާޒާ ހަނގުރާމައަށް ފުރިހަމައަށް ތައްޔާރުވެގެން" - ހިޒްބުﷲ

ހިޒްބުﷲ ޖަމާޢަތާ ދެކޮޅަށް ހަނގުރާމައެއް ކުރުމަކީ، އިޒްރޭލުގެ ޝައުގުވެރިކަން މިވަގުތައް އޮތް ކަމެއް ނޫންކަންވަނީ ހާމަކޮށްފަ

މުހައްމަދު އާދަމް ސަލީމް
މުހައްމަދު އާދަމް ސަލީމް, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2023 | ބުދަ 00:38
އިޒްރޭލުން ހިންގަމުން ގެންދާ ލާއިންސާނީ ޢަމަލުތަކަކީ، ހިޒްބުﷲ އިން އަބަދުވެސް ދެކޮޅުހަދާކަމެއް

އިޒްރޭލުން ހިންގަމުން ގެންދާ ލާއިންސާނީ ޢަމަލުތަކަކީ، ހިޒްބުﷲ އިން އަބަދުވެސް ދެކޮޅުހަދާކަމެއް

ގާޒާ ވަށައިގެން އިޒްރޭލުން ހަމަލާތައް ދެމުންގެންދާއިރު، އިޒްރޭލަށް ލުބުނާނުގެ ޙަމާސް ޖަމާއަތުގެ ފައުޖީން ގެންދަނީ ބޯޑަރު ހުރަސްކޮށް ރޮކެޓު ހަމަލާތައް ފޮނުވަމުންނެވެ. ލުބުނާނަށްވީ ފަޅީގެ ބޯޑަރުގައި އިޒްރޭލުން ހަރުކޮށްފައިހުރި ފާރަވެރި ކެމެރާތަކަށް ހިޒްބުﷲއިން ހަމަލާދީ ގޮއްވާވެސް ލައިފިއެވެ. އަމިއްލަ ނަފްސުގެ ދިފާޢުގައި، ހަމާސްގެ ވަސް ފުހެލަންކަމަށްބުނެ، އިޒްރޭލުން ގާޒާއަށް ދެމުންގެންދާ ޙަމަލާތަކުގައި، ގާޒާގެ ޢާންމު ރައްޔިތުންގެ ތިންހާހަށްވުރެން ގިނަ މީހުން ޝަހީދުކޮށްފިއެވެ. 

ރިޕޯޓުތައް ބުނާގޮތުގައި އިޒްރޭލަށް ހަމާސް ޖަމާއަތުން ދިން ކުއްލި ޙަމަލާގައި، އިޒްރޭލުގެ 1500އަށްވުރެން ގިނަ މީހުންވަނީ މަރާލައި، 200 އެއްހައި އިޒްރޭލު ރައްޔިތު ރަހީނު ކޮށްފައެވެ. ދެފަރާތުން ބަދަލުކުރަމުން އަންނަ ޙަމަލާތަކުގައި، އިޒްރޭލުގެ ބައެއް ރައްޔިތުންނަށް ހާނީއްކަވަމުން ދާއިރު، އިޒްރޭލުން މެދުކެނޑުމެއްނެތި ގާޒާއަށް ދެމުން އަންނަ ޙަމަލާތަކުގައި،މިހާތަނަށް ތިންހާހަށްވުރެން ގިނަ ރައްޔިތުން ޝަހީދުވެ، ގާޒާގެ 500އަށްވުރެން ގިނަ ގެދޮރު ބިމާހަމަވެ،150،000ށްވުރެން ގިނަ ރައްޔިތުން މަގުމަތިވެ،  14 ހާހާ ގާތްކުރާހާ މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ. 

 އިޒްރޭލުން، ގާޒާގެ ހޮސްޕިޓަލްތަކަށް ޙަމަލާދީ، ގާޒާ ހިސޯރުކޮށް، ފެނާއި ކަރަންޓު ކަނޑާލުމުން، ގާޒާގެ ރައްޔިތުން، މި ވޭތުވެދިޔަ 10 ވަރަކަށް ދުވަހުގެ ތެރޭގައިވަނީ އިންސާނީ ކާރިސާއަކަށް ހުށަހެޅި ގޮތްހުސްވެ، ހަތަރު އުދަރެސް ފެނުޖެހިފައެވެ 

މި ޙާލަތަށް ގާޒާ ދިޔައިރު، އދ.ގެ ފަރާތުން ފޯރުކޮށްދޭ އިންސާނީ އެހީގެ ވެހިކަލްތައް، އަދިވެސްވަނީ ގާޒާއަށް ވަނުމުގެ ހުއްދައިގެ އިންތިޒާރީގައެވެ.ގާޒާގެ ހަމާސް ޖަމާއަތް ނެތިކޮށްލަން، އިޒްރޭލުން ގާޒާއަށްދޭ ޙަމަލާތަކުގައި،ހަމާސް ޖަމާއަތަށް މަދަދު ދިނުމުގައި ލުބުނާނުގެ ބޯޑަރުގެ އަނެއްފަޅީގައިތިބިބަޔަކީ، ލުބުނަނުގެ ހިޒްބުﷲ ޖަމާޢަތެވެ.

 މިހާތަނަށް ވޭތުވެދިޔަ ނުވަ ދުވަހުގެ ތެރޭގައި ހަމާސް ޖަމާއަތުން، ބޯޑަރު ހުރަސްކޮށް އިޒްރޭލަށް ފޮނުވަމުން ގެންދާ ރޮކެޓުތައް ވަނީ އިތުރެވެފައެވެ. މިދިޔަ ހޮނިހިރު ދުވަހު، ހިޒްބުﷲ އިން ބުނެފައިވާ ގޮތުގައި، އެ ޖަމާއަތް އޮތީ، ފަލަސްޠީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް، އިޒްރޭލުން ކުރާ ހަނގުރާމައިގައި ހަމާސްއަށް ވާގިވެރިވެ ދިނުމުގެ ގޮތުން، ހަނގުރާމައިގައި ބައިވެރިވާން، ފުރިހަމައަށް ތައްޔާރު ވެފައެވެ. އެހެން ކަމުން ރަނގަޅު ވަގުތުގައި، އެމީހުން ހަނގުރާމައިގެ ތެރެއަށް ވަންނާނެއެވެ.

"އަމަލީ ބައިވެރިވުމުގެ ވަގުތު ޖެހުމާއެކު، އަހަރެމެން، ހަނގުރާމައިގައި ޢަމަލީގޮތުން ބައިވެރިވާން މިތިބީ ތައްޔާރަށް. މި ތިބީ ރަނގަޅު ވަގުތައްބަލަބަލަ" ހިޒްބުﷲ ގެ ޑެޕިއުޓީ ޗީފް ގަސަމް ވިދާޅުވެފައިވެއެވެ.

ހިޒްބުﷲ ޖަމާޢަތާ ދެކޮޅަށް ހަނގުރާމައެއް ކުރުމަކީ، އިޒްރޭލުގެ ޝައުގުވެރިކަން މިވަގުތައް އޮތް ކަމެއް ނޫންކަންވަނީ ހާމަކޮށްފައެވެ. 2006 ވަނަ އަހަރު، ހިޒްބުﷲއާއި ދެކޮޅަށް އިޒްރޭލުންކުރި ހަނގުރާމަ އެއްމަސް ދުވަހަށް، ޙަމަލާތައް ދިގުލައި ދިޔައިރު، އެއްވެސް ފަރާތަކަށްވަނީ ކުރިއެރުމެއް ނުލިބިފައެވެ. އެހެން ނަމަވެސް، މި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ހިޒްބުﷲވަނީ އަސްކަރީގޮތުން އިތުރު ގާބިލުކަންއަނެއްކައި ވެސްހޯދައި، އެމީހުންގެ ފައުޖު އެއްލައްކައަށް ބޮޑުކޮށްފައެވެ. ހިޒްބުﷲގެ ލީޑަރު ސައްޔިދު ޙަސަން ނަސްރުﷲ 2021ގައި ވަނީ، ރޮއިޓާސްއަށް މިކަން ކަށަވަރުވެސް ކޮށްދީފައެވެ. 

"ހިންދުސްތާންޓައިމްސް" ގެ މުރާސިލު، މަންދިނީ ޗިޓްރެ، 17 އޮކްޓޫބަރު 2023ގައި، އެ ނޫހުގެ އޮންލައިން އަދަދަށް "ހިޒްބުﷲ ޖަމާޢަތަކީ، ކިހިނެއް ކޮންގޮތަކުން އުފަންވި ޖަމާޢަތެއް؟" މިހެން، ސުވާލު އުފައްދަމުން، ލިޔެފައިވާ ފީޗާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ހިޒްބުﷲ ޖަމާޢަތަކީ އީރާނުގެ އުފެއްދުމެކެވެ.

އިރާނުގެ ރިވޮލިއުޝަނަރީގާޑުން ހިޒްބުﷲ ޖަމާޢަތް އުފެއްދީ 1982 ގައެވެ. އެއީ 1975 އާއި 1990 އާއި ދެމެދުގައި ލުބުނާނުގައި ހިނގަމުންދިޔަ ސިވިލް ވޯގެ ތެރެއިން، އިރާނުގެ މަދަދު ލިބިގެން ފެޅި ހަނގުރާމަމަތީ ކުރިއެކެވެ. 1979 އަކާއި ހަމައަށް އައިއިރު، މި ޖަމާޢަތް އަސްކަރީ ގާބިލްކަމުގެ ފިޔަފަޅައިގެން، ސަރަޙައްދަށް ފިރުކިގަތެވެ. މަގްސަދަކީ އިޒްރޭލާ ދެކޮޅަށް ޙަމަލާ ދިނުމެވެ. 1982ގެ ފަހުން، މި ޖަމާޢަތް ފެންނަމުންދިޔައީ، ލުބުނާނުގައި އޮތް ހަތިޔާރުއެޅި ބާރުގަދަ ޖަމާޢަތެއްގެ ގޮތުގައެވެ 

އިރާނުގެ މަދަދު ލިބިގެން މެދުއިރުމަތީގައި އުފެދިފައިވާ އަސްކަރީ ޖަމާޢަތްތަކަށް ހިޒްބުﷲއިން އެހީތެރިކަން ފޯރުކޮށްދެއެވެ. ސަޢުދީ އަރަބިޔާގެ މަސްދަރުތަކާ ޙަވާލާދީ، ހިޒްބުﷲގެ ޙަރަކާތްތަކާމެދު، ބުނެފައިވާ މީޑިއާގެ ބުނުންތަކުން، މި ގްރޫޕާމެދު ބުނަނީ، އޭގެ ތެރޭގައި އިރާގުގެ ތެރޭގައި ތިބި ހަތިޔާރުއެޅި މިފަދަ ޖަމާޢަތްތަކަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމުތައް ވެސް، ހިޒްބުﷲ ޖަމާޢަތުން ހިންގާކަމަށެވެ.  އަދި ޔަމަނުގައި އިރާނުގެ އެހީ ލިބިގެން އުފެދިފައިވާ ހަތިޔާރުއެޅި ޖަމާއަތް "ހޫޠީން" ކުރާ ހަނގުރާމަތަކުގައި، ޙޫޠީންނާއި ގުޅިގެން، ހިޒްބުﷲ ، ބައިވެރިވެ، ހަނގުރާމަ ކުރާކަމަށް ތުހުމަތު ކުރެއެވެ. އެހެން ނަމަވެސް މިއީ ސާބިތުހިފޭ ހެކިތައްހުރި ވާހަކަތަކެއް ނޫނެވެ. އަދި މި ވާހަކަތައްވަނީ ހިޒްބުﷲ ޖަމާޢަތުންވެސް،ދޮގުކޮށްފައެވެ. 

އެމެރިކާވެސް ހިމެނޭގޮތުން، ޔޫރަޕުގެ ބައެއް ގައުމުތައްވަނީ ހިޒްބުﷲގެ ހަނގުރާމަވެރި ވިންގަކީ ޓެރަރިސްޓު ޖަމާޢަތެއް ކަމަށް ލޭބަލް ކޮށްފައެވެ. 1983ގައި ބޭރޫތުގައި ހުރި އެމެރިކާގެ މެރިން ހެޑްކުއާޓަރަށް، ޖާނުން ފިދާވެގެން ދިން ބޮމުގެ ޙަމަލާގެ ޒިންމާ އެމެރިކާއިންވަނީ އިޒްބުﷲއާއި މަތިކޮށްފައެވެ. 

މި ޙަމަލާގައި މެރިން ހެޑްކުއާޓަރުގެ 241 ސާވިސްމަނުންވަނީ، މަރުވެފައެވެ. މި ޙަމަލާއަށްފަހު، ހިޒްބުﷲގެ މިލިޓަރީ ވިންގަކީ ޓެރަރިސްޓު ޖަމާޢަތެއް ކަމަށް، ލޭބަލް ކުރިނަމަވެސް، ހިޒްބުﷲގެ ސިޔާސީ ވިންގު، މި ލިސްޓަކު ނުހިމަނައެވެ. އެހެން ކަމުން ހިޒްބުﷲގެ ސިޔާސީ ވިންގަކީ، ދުނިޔެ ބަލައިގެންފައިވާ ގޮތްޕެކެވެ. 

މަންދަނީ ޗިޓްރެ، ހިންދުސްތާން ޓައިމްސްގައި، މި އޮކްޓޫބަރު 17ގައި ލިޔެފައިވާ ފީޗާ އާޓިކަލްގައި ހާމަކޮށްފައިވާ ގޮތުގައި، ހިޒްބުﷲ ޖަމާޢަތަށް އިރާނުން ހަތިޔާރާއި، މާލީ ގާބިލްކަން ވެސް ފޯރުކޮށްދެއެވެ. އެމެރިކާ މަސްދަރުގެ ގޮތުގައި ޙަވާލާދީ، މި ރިޕޯޓުގައި ބުނެފައިވަނީ، އިރާނުން މި ޖަމާޢަތަށް ސަތޭކައެތަކެއް މިލިއަން ޑޮލަރު، ކޮންމެ އަހަރަކުހެން،ހޭދަކުރެއެވެ. އެހެން ނަމަވެސް މި ތުހުމަތުތަކާމެދު، ހިޒްބުﷲ އިން، ބަހެއް ބުނެފައި ނުވާތީ، މިއީ ޙަގީގަތެއް އޮތް ތުހުމަތެއްކަން ޔަޤީނެއް ނޫނެވެ. 

ޔަޤީންވާ ކަމަކީ، މެދުއިރުމަތީގައި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުތައް ނިއުޅައިގެންފައިވާ އިޒްރޭލުން ހިންގަމުން ގެންދާ ލާއިންސާނީ ޢަމަލުތަކާ، ހިޒްބުﷲ އިން އަބަދުވެސް ދެކޮޅުހަދާކަމެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުގައި ހިޒްބުﷲއިން، ހަތިޔާރުހިފާ ކަމެވެ. އިޒްރޭލާ ދެކޮޅަށް ހިޒްބުﷲއިން ދޭ ޙަމަލާތަކަކީ ވެސް، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުންދޭ އިންސާނިއްޔަތާ ޚިލާފު ޙަމަލާތަކުގެ ރައްދު ކަމެވެ. ހިޒްބުﷲއިން، ބުނަމުން ގެންދަނީ ވެސް، ގާޒާއަށް އިޒްރޭލުންދޭ ހަމަލާތަކަށް ބަލަން ނުތިބޭނެ ކަމަށާއި، ރަނގަޅު ވަގުތު އައުމާއެކު، މި ހަނގުރާމައިގެ ތެރެއަށް އެ ޖަމާޢަތްވަދެ، ގާޒާގެ ހަމާސް ޖަމާޢަތަށް ވާގިވެރިވެދޭނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ލޯބިވާ މަންމައަށް، އަހަރެމެން ޝަހީދު ކޮށްލައިފިނަމަ ދެމީހުން އެކުގައި ވަޅުލަން ބުނައްޗޭ"

"ލޯބިވާ މަންމައަށް، އަހަރެމެން ޝަހީދު ކޮށްލައިފިނަމަ ދެމީހުން އެކުގައި ވަޅުލަން ބުނައްޗޭ"

20 މެއި 2021
ގާޒާގައި ޝަހީދުވާ ކުޑަކުދިންނާއި ޒުވާނުންގެ ހިތްވަރުން ވަރަށް ގިނަ ވާހަކަ

ގާޒާގައި ޝަހީދުވާ ކުޑަކުދިންނާއި ޒުވާނުންގެ ހިތްވަރުން ވަރަށް ގިނަ ވާހަކަ

20 މެއި 2021
އިޒްރޭލުން ގާޒާ އިސްތިއުމާރު ކުރުމާއި އޭގެ ފަސް

އިޒްރޭލުން ގާޒާ އިސްތިއުމާރު ކުރުމާއި އޭގެ ފަސް

19 މެއި 2021
ފަލަސްތީނުގެ ގާޒާއަކީ ކޮންތަނެއް؟

ފަލަސްތީނުގެ ގާޒާއަކީ ކޮންތަނެއް؟

19 މެއި 2021
ފަލަސްތީނުގެ އަޑު: އަހަރެމެންނަށް 1948ން ފެށިގެން ނޭވާއެއް ނުލެވޭ

ފަލަސްތީނުގެ އަޑު: އަހަރެމެންނަށް 1948ން ފެށިގެން ނޭވާއެއް ނުލެވޭ

10 މެއި 2021

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު