Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަލަސްތީން

އިޒްރޭލުން ގާޒާ އިސްތިއުމާރު ކުރުމާއި އޭގެ ފަސް

އެންމެ ފުރަތަމަ ރޭވީ ގާޒާގެ ރައްޔިތުން ފެނަށް ޖައްސައި ދިރިއުޅުނަ ނުދިނުމަށް

| 19 މެއި 2021 | ބުދަ 12:44
ގާޒާއަށް އިޒްރޭލް ސިފައިން ދެމުންދާ ހަމަލާތަކުގެ ސަބަބުން އަވަށްތައް ވަނީ އަލުން އާރާސްތު ނުކުރެވޭވަރަށް ވީރާނާވެފައި

ގާޒާއަށް އިޒްރޭލް ސިފައިން ދެމުންދާ ހަމަލާތަކުގެ ސަބަބުން އަވަށްތައް ވަނީ އަލުން އާރާސްތު ނުކުރެވޭވަރަށް ވީރާނާވެފައި

އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ ގާޒާ ހިފީ 1967 ވަނަ އަހަރު ކުރެވުނު މަޝްހޫރު ހަ ދުވަހުގެ ހަގުރާމައިގައި މިސްރު ބަލިކުރުމަށްފަހުގައެވެ. މިސްރުގެ ބެލެހެއްޓުމުގެ ދަށުގައި އަދި މިސްރުން އައްޔަންކުރާ އަސްކަރީ ގަވަރުނަރެއްގެ ވެރިކަމުގެ ދަށުގައި ގާޒާ އޮތީ 1948ން 1967 ވަނަ އަހަރާ ހަމައަށެވެ. އިޒްރޭލު ސިފައިން ގާޒާ ހިފުމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް އިތުރަށް ދަތިކޮށް އެ ސަރަހައްދުން ވެސް ފައްސައިލުމުގެ ރޭވުންތައް ރާވަން ފެށިއެވެ. މީގެތެރެއިން ބައެއް ރޭވުންތަކަކީ އޭގެ ނުބައިކަމާއި އިންސާނިއްޔަތުގެ ކަންފުޅެއްވެސް އެކުލެވިގެން ނުވުމުގެ މިސާލަކަށް ފުދޭ ރޭވުންތަކެކެވެ. ބައެއް ރޭވުންތައް އިޒްރޭލުން ކާމިޔާބު ކުރިއެވެ. ބައެއް ރޭވުންތައް ކާމިޔާބެއް ނުވިއެވެ.

އިޒްރޭލް ސިފައިން ގާޒާ ހިފުމަށްފަހު އެތަން ޔަހޫދީ ކުރުމަށްޓަކައި ކުރަންވީ މަސައްކަތްތަކާ މެދު 1967 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިޒްރޭލުގެ ކެބިނެޓުގައި ވަރަށް ދިގުކޮށް މަޝްވަރާ ކުރުމަށްފަހު ބައެއް ވަޒީރުން ހުށައެޅީ ގާޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ފެނަށް ޖެއްސުމަކީ އެންމެ އަވަހަށް އެ ސަރަހައްދު ދޫކޮށް އެމީހުން ފައިބައިގެންދާނޭ އުކުޅު ކަމުގައެވެ. ބޯފެން ލިބެން ނެތުމާއި ދަނޑުތަކަށް ދޭނެ ފެން ލިބޭން ނެތީމާ ދިރިއުޅެވޭނެ ގޮތެއް ނެތިގެން ފަލަސްތީނުގެ ރައްޔިތުން އަމިއްލައަށް ގާޒާ ދޫކޮށް މިސްރަށް ނޫނީ އަރަބި އެހެން ކޮންމެވެސް ތާކަށް ހިނގައިދާނެ ކަމަށް ބައެއް ވަޒީރުން ހުށައެޅިއެވެ. އެވަރު ނުވަންޏާ މެޑިޓެރޭނިއަން ކަނޑަށް އެރި ޣަރަގުވެގެން ނިމިގެން ހިނގައިދާނެ ކަމަށްވެސް ބުންޏެވެ.

ފެނަށް ޖެއްސުމުގެ އިތުރަށް ފަލަސްތީނުގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ އެންމެހައި ވަސީލަތްތަކުން މަހުރޫމު ކުރުމަކީވެސް ރޭވުމެކެވެ. އެގޮތުން ދަނޑުވެރީންނަށް ހުރަސްއެޅުމާއި މަސްވެރީންނަށް ހުރަސްއެޅުމާއި ގާޒާގެ އެއްވެސް ސިނާއަތެއް ނަގައި ކޮޅަށް ޖެހުމަށް ބޭނުންވާ މާލީ އެހީތެރިކަން ލިބުމުގެ އެންމެހައި ދޮރުދޮރު ބަންދުކުރުން މި ކަންކަމުގެ ތެރޭގައި ހިމެނުނެވެ. މީގެ ބޭނުމަކީ ކުރާނޭ މަސައްކަތެއް، އާމްދަނީ ލިބޭނޭ އެއްވެސް ފަދައެއް ނެތިގެން ފަލަސްތީނުގެ ރައްޔިތުން ރަށް ދޫކޮށް ފައިބައިގެން ދިއުމަށް ބާރުއެޅުމެވެ. ހަމަ މިޔާއެކު ގާޒާގައި ޔަހޫދީން ވަޒަންވެރިކޮށް ޔަހޫދީ އާބާދީތައް ގާއިމު ކުރުމުގެ މަސައްކަތްވެސް ހަލުވިކޮށް ފަށައިގަތެވެ. މިގޮތުން 1967ން 2005 ވަނަ އަހަރާ ހަމަޔަށް ޔަހޫދީންނަށްޓަކައި މުޅިއެކު 21 އާބާދީ ގާޒާގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރިއެވެ. އެއީ ގާޒާގެ މުޅި ސަރަހައްދަށް ނިސްބަތްކުރާއިރު ގާތްގަޑަކަށް ތަނުގެ ވިހި އިންސައްތައެވެ.

އިޒްރޭލުން ގެންގުޅެން ފެށި ނޭއްގާނީ ސިޔާސަތުގެ ސަބަބުން ގާޒާގެ އިގްތިސާދު އިސާހިތަކު އިނދަޖެހުނެވެ. ގާޒާގެ ދަނޑުވެރިކަން ވަޅުޖަހައި އާމްދަނީގެ ދޮރު މުޅިން ހުއްޓުނެވެ. އާމްދަނީއެއް ނުލިބުނަސް އުޅެވޭނެ ގޮތެއް ނެތަސް އިޒްރޭލް ބޭނުންވި ގޮތަށް ރަށްދޫކޮށް ފައިބައިގެންދާން ގިނަ ބަޔަކު ބޭނުމެއް ނުވިއެވެ. މަރުވާނީވެސް ވިހޭ ރަށުގައޭ ބުނެ ދެންވެސް ދެމިތިބީ ގާޒާގައެވެ. މިމަގުން މިހެން ކަންކަން ހިނގަމުން އައިސް ގާޒާގެ ހާލަތު ދެން ބަދަލުވާން މެދުވެރިވީ 1979 ވަނަ އަހަރު މިސްރާއި އިޒްރޭލުން ސުލަހައިގެ އެއްބަސްވުމެއްގައި ސޮއިކުރުމުންނެވެ. މި އެއްބަސްވުމުގެ ފައިދާ ސީދާކޮށާއި ނުސީދާކޮށް ގާޒާއަށް ވަރަށް ބޮޑަށް ކުރިއެވެ. އޭގެ ސިއްރަކީ ގަޒާ އޮންނަނީ މިސްރާއި އިޒްރޭލާ ދޭތެރޭގައި ކަމަށް ވުމެވެ.

މިސްރާއި އިޒްރޭލުގެ ސުލްހައިގެ އެއްބަސްވުމުގެ ސަބަބުން ގާޒާއަށް ކުރި އެންމެ ބޮޑު ފައިދާއަކީ މިސްރަށް އައިސްގޮސްވުމުގެ ފުރުސަތު ގާޒާގެ ރައްޔިތުންނަށް ލިބުމެވެ. ގާޒާ އޮންނަނީ މިސްރުގެ ސައިނާއީއާ އިންވެގެންނެވެ. ސުލްހައިގެ އެއްބަސްވުމަށްފަހު އިޒްރޭލު ވަނީ ސައިނާއީ އަލުން މިސްރާ ހަވާލުކޮށްފައެވެ. އެކަމަކު ދެންވެސް ގާޒާގެ ކަންކަން ބަލަހައްޓަމުން އައީ އިޒްރޭލުގެ ސިފައިންނެވެ. އެތަނުގެ މައްޗަށް ހިންގަމުން އައީ ޖަލެއްގެ ހުކުމެވެ. އެކަމަކު ގާޒާގައި ޔަހޫދީންނަށްޓަކައި ގާއިމުކޮށްދީފައިވާ އަވަށްތައް ނުވަތަ އާބާދީތައް ތަފާތެވެ. އިޒްރޭލުގެ އެހެނިހެން ސަރަހައްދުތަކެކޭ މިދެންނެވި އަވަށްތަކެކޭ ވަކި ތަފާތެއް ނެތެވެ. ތަފާތު އޮތީ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ތަންތަނުގައެވެ. ދަތިކުރަމުން ފިއްތަމުން ދިޔައީ ފަލަސްތީނުގެ ރައްޔިތުންނަށެވެ.

ގާޒާއިން ފަލަސްތީނުގެ އެންމެހައި ރައްޔިތުން ފައްސައިލުމަށް އިޒްރޭލުން ރޭވި ރޭވުންތައް ކާމިޔާބު ނުވީމާ އިޒްރޭލުގެ ބޮޑުވަޒީރު 1992 ވަނަ އަހަރު ވިދާޅުވި ވަރަށް މަޝްހޫރު ވާހަކަފުޅެއް އޮވެއެވެ. އޭރު ބޮޑުވަޒީރަކަށް ހުންނެވީ ޔިޒަކް ރަބީނެވެ. އިޒްރޭލަށް ޒިޔާރަތްކުރި އެމެރިކާގެ ވަފުދަކާ ބައްދަލު ކުރައްވަމުން ރަބީން ވިދާޅުވިއެވެ. އަހަރެން ބޭނުންވަނީ، މުޅި ގާޒާ މެޑިޓެރޭނިއަން ކަނޑުގެ އަޑިއަށް ޣަރަގު ކޮށްލުމަށެވެ. އެކަމަކު އެހެން ހެދޭކަށް ނެތެވެ. އެހެންވީމާ ގާޒާގެ މައްސަލައަށް ހޯދަން ޖެހެނީ ކޮންމެވެސް އެހެން ކަހަލަ ހައްލެކެވެ. ރަބީން ވިދާޅުވި ގޮތަށް އެހެން ކަހަލަ ހައްލެއް ހޯދުމުގެ މަސައްކަތުގެ ދަށުން އޮސްލޯ އެއްބަސްވުމުގެ ނަމުގައި ފަލަސްތީނުގެ ލީޑަރުންނާއި އިޒްރޭލާ ދޭތެރޭ އަހުދުނާމާއެއްގައި ސޮއިކޮށް އެކި ފިޔަވަހި ތަކަށް ބަހާލައިގެން އިޒްރޭލު ސިފައިން ގާޒާއިން ފޭބުމުގެ މަސައްކަތް 1994 ގައި ފެށިއެވެ.

ފަލަސްތީނާއި ހަވާލުކުރީ އިޒްރޭލުގެ ޔަހޫދީ އާބާދީތަކާއި އަސްކަރީ އޭރިއާތައް ކަމުގައި ނުހިމެނޭ ސަރަހައްދުތަކެވެ. އެހެންވީމާ އެންމެ ފުރަތަމަ ހަވާލު ކުރެވުނީ ގާޒާގެ މުޅި އޭރިއާގެ ތެރެއިން ގާތްގަޑަކަށް 70 އިން ސައްތައެވެ. ބާކީ 30 އިންސައްތަ ދެންވެސް އޮތީ އިޒްރޭލުގެ ދަށުގައެވެ. މިގޮތަށް ގާޒާގެ ތަންތަން ހިފަހައްޓަމުން އައިސް މުޅި ގާޒާއިން ފޭބުމަށް އިޒްރޭލަށް މަޖުބޫރުވީ އެއްވަނަ އިންތިފާޟާއާއި ދެވަނަ އިންތިފާޟާއާ ގުޅިގެން ފަލަސްތީނުގެ ރައްޔތުންގެ ނުރުހުންތެރިކަން ދެން ކޮންޓްރޯލްކޮށްގެން ދެމިނުތިބެވޭނެކަން ޔަގީން ވުމުންނެވެ. އެހިސާބުން 2005 ވަނަ އަހަރު އިޒްރޭލުގެ ޕާލަމެންޓުން ނިންމީ ގާޒާގައި އިޒްރޭލުން ގާއިމުކޮށްފައިވާ އެންމެހައި އަވަށްތައް ރޫލާލައި ހުރިހާ ޔަހޫދީން އަނބުރާ އިޒްރޭލަށް ގެނެސް މުޅި ގާޒާއިން އިޒްރޭލު ސިފައިން ބޭލުމަށެވެ. އެގޮތުން 12 ސެޕްޓެމްބަރު 2005 ގައި އިޒްރޭލުގެ ކެބިނެޓުން ނިންމީ ގާޒާގައި ތިބެގެން އެތަން އިސްތިއުމާރުކޮށްގެން ހިންގުމުގެ ސިޔާސަތަށް ނިމުމެއް ގެނައުމަށެވެ.

މިދެންނެވި ގޮތަށް އެ ތާރީޚުގައި އިޒްރޭލުން ގާޒާ ދޫކޮށްލައިފިއެވެ. ފައިބައިފިއެވެ. އެކަމަކު ގާޒާގެ ރައްޔިތުންނަށް ދުއްތުރާކުރުމުގެ އައު ބާބެއް ފެށުމާއެކީގައެވެ. ދެން ކުރަން ފެށިކަމަކީ ދޭތެރެ ދޭތެރެއިން ގާޒާ މުޅިން ބަންދުކޮށް ގާޒާއަށް ހަމަލަދީ ސުންނާފަތި ކުރުމުގެ މަސައްކަތެވެ. މިހާރު އިޒްރޭލުން ފަށައިގެން އުޅެނީ މިގޮތަށް ސުންނާފަތި ކުރުމުގެ ދެވަނަ އޮޕަރޭޝަނެވެ. ވަޔާއި ކަނޑާއި އެއްގަމުން ގާޒާ އޮތީ ބަންދުކޮށްފައެވެ. މެޑިޓެރޭނިއަން ކަނޑުގައި އިޒްރޭލުގެ މަނަވަރުތައް ބައިތިއްބައިގެން ބޮޑުބަޑިއާއި ރޮކެޓުން ގާޒާގެ އެކި ތަންތަނަށް ހަމަލަދެމުން ގެންދާއިރު ވައިގެ މަގުން ކެނޑިނޭޅި އިޒްރޭލުގެ ޖެޓުތަކުން ދަނީ ގާޒާއަށް ބޮން އަޅަމުންނެވެ. މިގޮތަށް ހަމަލަދޭއިރު ރީތި މޮޅު އިމާރާތެއް ބިންމަތީގައި ހުއްޓަ ނުދިނުމަށް ޚާއްސަ ސަމާލުކަމެއް ދެއެވެ. އިންތިޒާމު ކުރެވިގެން އެއްވެސް ޚިދުމަތެއް ދެވޭ ތަނެއް ހުރިނަމަ އެތަނެއް ބިމާހަމަކުރުމަށް އިސްކަންދެއެވެ.

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2020

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި އަމުރު ބާތިލް ކުރުމާއި އިދިކޮޅުން "ތެޅިގަތުން"!

10 އޮކްޓޯބަރު 2020
ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި އަމުރު ބާތިލް ކުރުމާއި އިދިކޮޅުން "ތެޅިގަތުން"!
28 ޖުލައި 2020

އެޗްޕީއޭގެ އެންގުމާ ހިލާފަށް މުޒާހަރާކުރުމުގެ ފުރުސަތު ފުލުހުން ދިނީ ކީއްވެ؟

28 ޖުލައި 2020
އެޗްޕީއޭގެ އެންގުމާ ހިލާފަށް މުޒާހަރާކުރުމުގެ ފުރުސަތު ފުލުހުން ދިނީ ކީއްވެ؟
26 މެއި 2020

އެ، ގާނޫނެއް ފާސްވިތާ (78އ) މާޒީ ވެދާހިނދު، ފާސްކުރި ހެދުން އަދިވެސް، އޭގެ މަޤުބޫލު ކަމުގައި!

26 މެއި 2020
އެ، ގާނޫނެއް ފާސްވިތާ (78އ) މާޒީ ވެދާހިނދު، ފާސްކުރި ހެދުން އަދިވެސް، އޭގެ މަޤުބޫލު ކަމުގައި!
29 އެޕްރީލު 2020

އަބްދުﷲ ރިޔާޒް ހެއްދެވީ ދޮގު! މާލެ ވަޑައިގަތީކީ އެޗްޕީއޭގެ ހުއްދައާއި ނުލައި!

29 އެޕްރީލު 2020
އަބްދުﷲ ރިޔާޒް ހެއްދެވީ ދޮގު! މާލެ ވަޑައިގަތީކީ އެޗްޕީއޭގެ ހުއްދައާއި ނުލައި!
13 އެޕްރީލު 2020

ސަރުކާރު ބަންދު މުއްދަތު ސުޕްރީމް ކޯޓުން ނުގުނާ، ހައިކޯޓު އޭގެ އިދިކޮޅު

13 އެޕްރީލު 2020
ސަރުކާރު ބަންދު މުއްދަތު ސުޕްރީމް ކޯޓުން ނުގުނާ، ހައިކޯޓު އޭގެ އިދިކޮޅު
27 އޮކްޓޯބަރު 2019

މި ސަރުކާރަށްވެސް މުޒާހަރާކުރުމާއި، އެއްވެއުޅުން ގޯސްވީތަ؟

27 އޮކްޓޯބަރު 2019
މި ސަރުކާރަށްވެސް މުޒާހަރާކުރުމާއި، އެއްވެއުޅުން ގޯސްވީތަ؟
13 އޮކްޓޯބަރު 2019

ރައީސް އެ ވިދާޅުވީ ޙަގީގަތެވެ. ދެން އޮތީ އޭގެ ޙައްލެވެ!

13 އޮކްޓޯބަރު 2019
ރައީސް އެ ވިދާޅުވީ ޙަގީގަތެވެ. ދެން އޮތީ އޭގެ ޙައްލެވެ!
16 ޖުލައި 2017

އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލާނެބާ؟

16 ޖުލައި 2017
އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލާނެބާ؟
20 ޖެނުއަރީ 2017

ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!

20 ޖެނުއަރީ 2017
ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު