Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ބާސެލޯނާ އިން ބޭނުންވަނީ ދިގު މުއްދަތަކަށް ޑި ޔޯން ކުލަބުގައި ބަހައްޓަން

ބާސެލޯނާގެ ވިސްނުން ހުރީ ދިގު މުއްދަތަކަށް ޑި ޔޯން ކުލަބުގައި ބަހައްޓަން ކަމަށް ޑެކޯ ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2023 | ބުދަ 00:22
ބާސެލޯނާ އަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ޑި ޔޯން

ބާސެލޯނާ އަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ޑި ޔޯން

ސްޕެއިންގެ ބާސެލޯނާ އިން ބޭނުންވަނީ އެ ކުލަަބަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން ދިގު މުއްދަތަކަށް ބަހައްޓަން ކަމަށް، އެ ކުލަބުން ހާމަކޮށްފި އެވެ.

އަޔެކްސް ދޫކޮށް އޭނާ ބާސެލޯނާ އަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. ބާސެލޯނާ އާއެކު މިހާރު ޑި ޔޯން ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިިޔަލަށެވެ. ނަމަވެސް، އޭނާ އަކީ ބާސެލޯނާ އިން އެއްވެސް ގޮތަކަށް ދޫކޮށްލަން ބޭނުންވާ ކުޅުންތެރިޔެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ވަނީ އެކި ފަހަރު މަތިން ބުނެފަ އެވެ.

ބާސެލޯނާގެ ޑިރެކްޓަރު ޑެކޯ ވިދާޅުވީ، އޭނާ އަށް ފެންނަނީ ޑި ޔޯން ބާސެލޯނާގައި އުފަލުން ހުރެ، ފުޓުބޯޅައިގެ އުފާ ލިބިގަންނަމުން އަންނަ ތަން ކަމަށެވެ. ޚާއްސަކޮށް އޭނާ އަކީ މަތީ ފަންތީގައި އެންމެ ރަނގަޅަށް ފުޓުބޯޅަ ކުޅެވޭނެ ކުޅުންތެރިޔެއްކަން ސާބިތުކޮށްދެމުން އަންނަ ކަމަށާއި، އޭނާ އަކީ ބަރޯސާވެވޭ ކުޅުންތެރިޔެއް ކަމަށް ވެސް ޑެކޯ ވަނީ ވިދާޅުވެފަ އެވެ. އިތުރަށް ޑެކޯ ވިދާޅުވީ، މިހާރު ބާސެލޯނާ އާއެކު ޑި ޔޯން ހަދާފައިވާ އެއްބަސްވުން ހަމަވާނީ މީގެ ތިން އަހަރު ފަހުން ކަމަށެވެ. ނަމަވެސް މިހާރު ބާސެލޯނާގެ ވިސްނުން ހުރީ ދިގު މުއްދަތަކަށް ޑި ޔޯން ކުލަބުގައި ބަހައްޓަން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން، އެންމެ ބޮޑަށް މަސައްކަތް ކުރާނީ އަންނަ އަހަރުގެ ފަހު ކޮޅު ނަމަވެސް، އޭނާގެ އެއްބަސްވުން އައު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޑި ޔޯން ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 190 މެޗުން 16 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ސްޕެނިޝް ލީގު، ކޮޕާ ޑެލް ރޭ އަދި ސްޕެނިޝް ސުޕަ ކަޕެއް ކާމިޔާބުކޮށްފަ އެވެ. ބާސެލޯނާގެ ކުރީގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް މިއަހަރު ކުލަބު ދޫކޮށްލުމާއެކު، ޑި ޔޯން އަށް ވަނީ ބާސެލޯނާގެ ހަތަރު ވަނަ ކެޕްޓަންކަން ވެސް ލިބިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން

މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން

04 މާރިޗު 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

16 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު