Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީނާއި އިސްރާއިލްގެ ހަނގުރާމަ

އިސްރާއިލުން ދިން ޙަމަލާތައް ވަރުގަދަކޮށް 2837 މީހުން މިހާތަނަށް ޝަހީދުވެއްޖެ

ނަތަންޔާހޫ ވިދާޅުވީ ޣައްޒާގައި ތާށިވެފައި ތިބި ބޭރު ޤައުމުތަކުގެ ރައްޔިތުން ނެރުމަށް ބޯޑަރު ހުޅުވިނަމަވެސް ޣައްޒާއަށް އިތުރު އެއްވެސް އެހީއެއް މިވަގު ނުވެއްދޭނެ ކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2023 | އަންގާރަ 03:37
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްއަށް އިސްރާއީލުން ދިން ހަމަލާތަކުގައި ހަލާކުވި ގެއެއްގެ ދަށުގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ފަލަސްތީނުން ކުރަމުން ދަނީ

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްއަށް އިސްރާއީލުން ދިން ހަމަލާތަކުގައި ހަލާކުވި ގެއެއްގެ ދަށުގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ފަލަސްތީނުން ކުރަމުން ދަނީ

އިސްރާއީލު ސިފައިން ޣައްޒާއަށް ވައިގެމަގުން ދިން ހަމަލާތައް އިތުރަށް ވަރުގަދަވެ، އެހަމަލާތަކުގައި ޣައްޒާއިން މިހާތަނަށް 2837 މީހުން ޝަހީދުވެއްޖެކަމަށް ފަލަސްތީނުގެ ސިއްޙީވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޣައްޒާގެ ރައްޔިތުން ބުނީ އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ހަމަލާތައް ދޭނީ ރޭގަނޑު ދަންވަރުކަމަށެވެ. އަދި އެންމެފަހުން ރޭ ދިން ވައިގެ ހަމަލާތަކަކީ މިހާތަނަށް ޔަހޫދީން ދިން އެންމެ ވަރުގަދަ ހަމަލާތައް ކަމަށެވެ.

ހަނގުރާމަ 10 ވަނަ ދުވަހަށް ގޮސްފައިވާއިރު، އިސްރާއީލުން ޣައްޒާއަށް އެއްގަމު މަގުންއެރުން ވަރަށް ގާތް ކަމަށް ބެލެވޭ ކަމަށްވެސް ފަލަސްތީނުގެ ރައްޔިތުން ބުނެއެވެ.

ފާއިތުވި 9 ދުވަހުގެ ތެރޭގައި ކެނޑިނޭޅި ބޮމުގެ ހަމަލާތައް ދެމުން ދިޔަ ކަމަށާއި، ގިނަ އިމާރާތްތަކެއް ފްލެޓްވެ، ގިނަ ބަޔަކު ކުނިތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް އެ މީހުން ބުނެ އެވެ. އިސްރާއީލުގެ އޮފިޝަލުން ވަނީ ހަމާސް އިން އިސްރާއީލަށް އިތުރު ރޮކެޓް ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސްގެ ހަނގުރާމަވެރިން އިސްރާއީލަށް ދިން ހަމަލާއަށް ފަހު، އިސްރާއީލް ސިފައިން ހުއްޓުމެއް ނެތި ބޮމުގެ ހަމަލާތައް ދެމުން އަންނަ އެންކްލޭވްއަށް އިންސާނީ އެހީ އެތެރެކުރުމުގެ މަގެއް ފެނޭތޯ ޑިޕްލޮމެޓިކް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ނަމަވެސް އިސްރާއީލުގެ ޗީފް މިލިޓަރީ ސްޕޯކްސްޕާސަން ރިއާ އެޑްމިރަލް ޑެނިއަލް ހަގާރީ ބުނީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނެއް ނެތް ކަމަށެވެ.

އިސްރާއީލުން ދަނީ މުޅި ޣައްޒާ ފުރަބަންދުކޮށް، ޣައްޒާއަށް އެއްގަމު މަގުންއަރައި ހަމާސްގެ އެއްކޮށް ފުހެލުމަށް ވަރުގަދަ ހަމަލާތަކަކަށް ތައްޔާރުވަމުންނެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ހޯމަ ދުވަހު އިސްރާއީލުގެ ދެކުނުގެ ބައެއް އަވަށްތަކުގައި ހަމާސްގެ ހަމަލާއެއް އަތުވެދޭނެކަމުގެ އިންޒާރުގެ ސައިރަން އަޅާފައިވާ ކަމަށެވެ.

އިސްރާއީލު ސިފައިންނާއި ޓޭންކްތައް މިހާރުވެސް ދަނީ ބޯޑަރު ސަރަހައްދުގައި ޖަމާކުރަމުންނެވެ.

ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން ބުނީ އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް 2،837 މީހުން ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރެއިން ހަތަރުބައިކުޅަ އެއްބައި މީހުންނަކީ ކުޑަކުދިން ކަމަށާއި ގާތްގަނޑަކަށް 10،000 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަދި އިތުރު 1،000 މީހުން ގެއްލުނު އިރު، އެ މީހުން ތިބީ ކުނިތަކެއްގެ ދަށުގައި ކަމަށް ބެލެވެ އެވެ.

ކާބޯތަކެއްޗާއި ތެލާއި ފެނުގެ ދަތިކަން ކުރިމަތިވެފައިވާއިރު، ޣައްޒާއަށް ރައްކާތެރިކަމާއެކު ރަފާ ބޯޑަރު ހުރަސްކޮށް ބޭރުގެ ބައެއް އެހީތައް ގެނައުމުގެ އެއްބަސްވުމުގެ ވާހަކަތައް ދެކެވޭއިރު، މިސްރުގައި އެތައް ސަތޭކަ ޓަނުގެ އެހީ ވަނީ ހިފަހައްޓާފައެވެ.

މިސްރުގެ ސަލާމަތީ ބާރުތަކުން މިދިޔަ ހޯމަ ދުވަހު ބުނެފައި ވަނީ އެންކްލޭވްއަށް އެހީ ގެނައުމުގެ ހުއްދަ ދިނުމުގެ ގޮތުން ކްރޮސިން ހުޅުވާލުމަށް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ.

ނަމަވެސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ ޣައްޒާގައި ތާށިވެފައިތިބި ބޭރު ގައުމުތަކުގެ ރައްޔިތުން ނެރުމަށް ބޯޑަރުހުޅުވިޔަސް ޣައްޒާއަށް އެއްވެސް އެހީއެއް މިވަގުތު ފޯރުކޮށްދެވެން ނެތް ކަމަށެވެ.

ހަމާސްގެ އޮފިޝަލް އިއްޒަތު އެލް ރެޝިކް ރޮއިޓާސްއަށް ވިދާޅުވީ ކްރޮސިން ހުޅުވުމާއި ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

މިސްރުން ބުނެފައިވަނީ ފަލަސްތީނަށް އިސްރާއީލުން ދެމުންދާ ބޮމުގެ ހަމަލާތަކާއި ގުޅިގެން އެ ސަރަޙައްދު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ޖޯން ކިރްބީ ސީއެންއެންއަށް ވިދާޅުވީ، އެމެރިކާގެ އޮފިޝަލުން އުއްމީދު ކުރަމުން ދިޔައީ، އިސްރާއީލުން އެއްގަމު މަގުން ހަމަލާތަކެއް ދިނުމުގެ ކުރިން ބައެއް މީހުންނަށް ޣައްޒާއިން ފޭބުމުގެ ފުރުސަތު ދިނުމުގެ ގޮތުން ހޯމަ ދުވަހު ރަފާ ކްރޮސިން ކުޑަ ވަގުތުކޮޅަކަށް ހުޅުވިދާނެ ކަމަށެވެ.

އެމެރިކާއިން ވަނީ ޣައްޒާގައި ތިބި އެގައުމުގެ ރައްޔިތުންނަށް އެ ކްރޮސިންއަށް ދިއުމަށް އަންގާފައެވެ.  ޣައްޒާގައި ތިބި ފަލަސްތީނު ދަރިކޮޅުގެ އެމެރިކާ މީހުންގެ އަދަދު 500 އާއި 600 އާ ދެމެދުގެ އަދަދަކަށް އަރާ ކަމަށް އެ ގައުމުން ލަފާކުރެ އެވެ.

މިސްރުގެ ބޯޑަރު ހުރަސްކޮށް ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ބޭރުގެ ގިނަ ބަޔަކު ސޫޓްކޭސްތަކާއި ތަކެތި ހިފައިގެން އެ ކްރޮސިންއާ ދިމާލަށް ޖަމާވަމުން ދާކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ޣައްޒާއިން ނުކުތުމަށް މަސައްކަތް ކުރަމުންދާ، ހަދީލް އަބޫ ދާހޫދު ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި ބުނީ އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށާއި ކްރޮސިންގައި އުޅޭއިރު ވަރަށް ބިރުގަންނަ ކަމަށެވެ.

ހަމާސް ޖަމާއަތުން ރަހީނު ކޮށްފައިވާ ކަމަށް އިސްރާއީލުން ބުނާ 199 މީހުން ދޫކޮށްލުމަށް ވެސް ވޮޝިންޓަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނާއި ކުޑަކުދިންނާއި ބިދޭސީން ވެސް ހިމެނެ އެވެ.

ބައިޑަން ވަނީ އިސްރާއީލަށް އަސްކަރީ އެހީ ފޮނުއްވި ނަމަވެސް ފަލަސްތީނުގެ އާންމުންނަށް އިންސާނީ އެހީ ހޯދަން ޖެހޭ ކަމަށް ވިދާޅުވެ، އިސްރާއީލުން އަމަލުކުރުމުގައި ހަނގުރާމައިގެ އުސޫލަށް ތަބާވުމަށް ގޮވާލައްވާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

19 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު