Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޣައްޒާގެ ރަށްވެހިންގެ ބަދަހި ގުޅުން

އެކަކު އަނެކަކަށްޓަކައި ޣައްޒާގެ ރަށްވެހިން ވަމުންދާ މަތިވެރި ގުރުބާނީއަށްޓަކައި ސެލިއުޓް!

16 އޮކްޓޯބަރު 2023 | ހޯމަ 10:36

ޚާން ޔޫނިސްގެ ރަށްވެހިން ތިބީ، އުތުރުން އަންނަ އެމީހުންގެ އަޚުންނާއި އުޚުތުންނަށް މަރުހަބާކިޔަން ތައްޔާރަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 16 އޮކްޓޯބަރު 2023 | ހޯމަ 10:36
ޔަހޫދީ ބާރުތަކުން ޣައްޒާގެ އަސާސީ ޚިދުމަތްތައްވެސް މެދުކަނޑާލާފައި ވާއިރު، ކެއިންބުއިމުގެ ކަންކަން ހަމަޖައްސައިދިނުމަށް ޚާން ޔޫނިސްގެ ދަރުމަވެރިން ދަނީ މަސައްކަތްކުރަމުން

ޔަހޫދީ ބާރުތަކުން ޣައްޒާގެ އަސާސީ ޚިދުމަތްތައްވެސް މެދުކަނޑާލާފައި ވާއިރު، ކެއިންބުއިމުގެ ކަންކަން ހަމަޖައްސައިދިނުމަށް ޚާން ޔޫނިސްގެ ދަރުމަވެރިން ދަނީ މަސައްކަތްކުރަމުން

ޔަހޫދީ އިޒްރޭލުގެ އަނިޔާވެރިކަމުގައި ކަސްތޮޅު އެޅި، ދިރިއުޅުމުގެ ކޮންމެ ސިކުންތަކީވެސް ފުރާނަ އަތްމައްޗަށް ލައިގެން ތިބެންޖެހޭ ވަގުތަކަށް ވެފައި އޮތް ޣައްޒާއަކީ ތަފާތު މަންޒިލެކޭ ބުނެވެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ޣައްޒާ ކޮންޓްރޯލް ކުރަމުން ދާ ހަމާސް ޖަމާއަތުން ދިން ޙަމަލާއެއްގެ ރައްދުގައި ކަމަށް ބުނެ، އިޒްރޭލުގެ ރަހުމެއް ނެތް އަސްކަރީ ފައުޖުތަކުން ޣައްޒާ ހަފުސްކޮށް، ނަސްލު ދޮވެލުމުގެ ގަތުލުއާންމު ހިންގަމުން ދާއިރުވެސް، ޣައްޒާގެ ރަށްވެހިންގެ ފަރާތުން ފެނިގެންދަނީ އެއްބައެއްވަންތަކަމާއި އުޚުވަތްތެރިކަމުގެ ރީތި މިސާލުތަކެވެ. ޣައްޒާގެ އުތުރުގެ ސަރަހައްދުން މިލިއަނަކަށްވުރެ ގިނަ މީހުން ފޭބުމަށް އިޒްރޭލުން އިންޒާރުކޮށްފައި ވާއިރު، ދެކުނަށް މިސްރާބު ޖަހާފައިވާ އަޚުންނާއި އުޚުތުންނަށްޓަކައި ޣައްޒާގެ ދެކުނު އޮތީ ކޮންމެ ފަދަ ގުރުބާނީއެއްވެސް ވާން ތައްޔާރަށެވެ.

މި ދެންނެވިފަދަ ރީތި މިސާލެއް ފެނިގެންދާ އެއް ސިޓީއަކީ ޚާން ޔޫނިސްއެވެ. 3 ލައްކައަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް ޚާން ޔޫނިސްގެ ރަށްވެހިން ތިބީ، އުތުރުން އަންނަ އެމީހުންގެ އަޚުންނާއި އުޚުތުންނަށް މަރުހަބާ ކިޔަން ތައްޔާރަށެވެ. އަމަލީގޮތުން އެކަން ސާބިތުވެސް ކޮށްދެއެވެ. ޣައްޒާގެ އުތުރުގެ ސަރަހައްދުތަކުން ގެދޮރު ގެއްލިފައިވާ އެތައް ބައެއްގެ ކެއިންބުއިމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް، ޚާން ޔޫނިސްގެ ރަށްވެހިން ތެދުވީ އަމިއްލައަށެވެ. ދަރުމަވެރިންގެ ގޮތުގައެވެ.

ޔަހޫދީ ބާރުތަކުން ޣައްޒާގެ އަސާސީ ޚިދުމަތްތައްވެސް މެދުކަނޑާލާފައި ވާއިރު، އުތުރުގެ އަޚުންނާ އުޚުތުންނަށް ކެއިންބުއިމުގެ ކަންކަން ހަމަޖައްސައިދިނުމަށް ޚާން ޔޫނިސްގެ ދަރުމަވެރިން މަސައްކަތް ކުރަމުންދަނީ ލޯބޯ ފިއްސައިގެންނެވެ. އެއްގަމު މަހާއި، ބަތާއި، ސަނާމުގު ލޯގަނޑުތައް ކައްކަނީ ދަރު ޖައްސައިގެންނެވެ. އަރާމު ބަދިގެއެއްގައެއް ނޫނެވެ. މަގުގެ އެއްފަރާތެއްގައެވެ. ޚާން ޔޫނިސްއިން ވެސް ގޭސް ވަނީ ހުސްވެފައެވެ. އެ ހާލުގައިވެސް އަނެކާއަށް އެހީގެ އަތެއް ދިއްކޮށްލުމަށް ޚާން ޔޫނިސްގެ ރަށްވެހިން ތިބީ ހޭވައްލާ ތައްޔާރަށެވެ.

ހާލުގައިޖެހިފައިވާ މީހުންގެ ކެއިންބުއިމުގެ ކަންކަން ހަމަޖައްސައިދިނުމަށް ޚާން ޔޫނިސްގައި ހިންގާ ހަރަކާތުގެ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުރި މީހަކީ އިބްރާހީމް އަބޫ އާސީއެވެ. ޚުދު އޭނާއަކީވެސް ގެދޮރު ގެއްލިފައިވާ މީހެކެވެ. އަބޫ އާސީ ކިޔައިދިން ގޮތުގައި، އޭނާއާ ވާހަކަދެއްކި އެތައް ބަޔަކު، ބަނޑަށް އެއްޗެއް ނުލާތާ 4 ދުވަސް ވެއްޖެއެވެ.

ހުރިހާ ކޮޅަކުން ޣައްޒާ ބަންދުކޮށްފައި އޮންނަތާ 17 ވަރަކަށް އަހަރު ފާއިތުވެގެން ދާއިރު، މިހާރު ޣައްޒާއާ ދެކޮޅަށް އިޒްރޭލުން ދެމުންދާ އުދުވާނީ ހަމަލާތަކަކީ، އިންސާނިއްޔަތު ކަމުގެ ޒައްރެއްގެ މިންވަރު ހުރި މީހަކަށް ކަމެއް ނުކޮށް ބަލަން ހުއްޓިލައިގެން ހުރެވޭނެ ވަރުގެ ހަމަލާތަކެއް ނޫނެވެ.

އޮކްޓޯބަރ 15 ވީ އާދީއްތަ ދުވަހު، ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ހާމަކުރިގޮތުގައި، އޭގެ ކުރިއަށް، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ޣައްޒާއިން 300 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައިވެސް ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. 2.3 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ޣައްޒާއަށް އަމާޒުކޮށް އިޒްރޭލުން ދެމުން ދާ ވަރުގަދަ ހަމަލާތައް ހުއްޓުވުމަށް، ބައިނަލްއަގުވާމީ ބޮޑެތި ބާރުތަކުން އަމަލީ ސިފައެއްގައި އެއްވެސް މަސައްކަތެއް ކުރާތީއެއް ނުފެނެއެވެ. އޭގެ ބަދަލުގައި މުޅިންވެސް ފެންނަނީ، ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން އުޅޭ ޔަހޫދީންގެ ދިފާއުގައި ތެދުވެ، ކޮންމެ ފަދަ ވަގުތެއްގައިވެސް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާ މަންޒަރެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

05 މާރިޗު 2023

ހަތޭގައި މީހުން އާޝޯޚް ކުރުވަމުންދާ ސިންޖާން!

05 މާރިޗު 2023
ހަތޭގައި މީހުން އާޝޯޚް ކުރުވަމުންދާ ސިންޖާން!
21 ފެބުރުއަރީ 2023

ޣައްޒާގެ ދަރިވަރުން ވީއާރްގެ ދުނިޔެއަކަށް!

21 ފެބުރުއަރީ 2023
ޣައްޒާގެ ދަރިވަރުން ވީއާރްގެ ދުނިޔެއަކަށް!
29 ޖެނުއަރީ 2023

15 އަހަރަށްފަހު ޣައްޒާގެ މަސްވެރި ޢާއިލާތަކަށް އާ ދިރުމެއް

29 ޖެނުއަރީ 2023
15 އަހަރަށްފަހު ޣައްޒާގެ މަސްވެރި ޢާއިލާތަކަށް އާ ދިރުމެއް
29 ޑިސެމްބަރު 2022

އުލާގެ "ތަސްވީރާއި ވާހަކަ" އިން ޣައްޒާގެ ބަދުނަޞީބުކަން ސްކްރީންތަކަށް

29 ޑިސެމްބަރު 2022
އުލާގެ "ތަސްވީރާއި ވާހަކަ" އިން ޣައްޒާގެ ބަދުނަޞީބުކަން ސްކްރީންތަކަށް
30 އޮކްޓޯބަރު 2022

ޣައްޒާގެ ބެޓެރި ފަރުބަދަތަކުން އިންޒާރުގެ ރަނގަބީލުގެ އަޑު!

30 އޮކްޓޯބަރު 2022
ޣައްޒާގެ ބެޓެރި ފަރުބަދަތަކުން އިންޒާރުގެ ރަނގަބީލުގެ އަޑު!
23 އޮކްޓޯބަރު 2022

ހަނގުރާމައިގެ ބިރާ އެކު ޣައްޒާގެ ކުޑަކުދިން ބްރޭކްޑާންސްއަށް!

23 އޮކްޓޯބަރު 2022
ހަނގުރާމައިގެ ބިރާ އެކު ޣައްޒާގެ ކުޑަކުދިން ބްރޭކްޑާންސްއަށް!
21 ސެޕްޓެމްބަރު 2022

ޣައްޒާގެ ފިޝް-ފަރމްތަކުގައި ތިޔާގި ފިލޮޅުން އިޤްތިޞާދު ހެޔޮ ފާލަކަށް

21 ސެޕްޓެމްބަރު 2022
ޣައްޒާގެ ފިޝް-ފަރމްތަކުގައި ތިޔާގި ފިލޮޅުން އިޤްތިޞާދު ހެޔޮ ފާލަކަށް
12 އޯގަސްޓު 2022

ފީފާ ވޯލްޑްކަޕް 2022 އަށް 100 ދުވަސް، ދޯހާގެ ރަށްވެހިން ތައްޔާރު!

12 އޯގަސްޓު 2022
ފީފާ ވޯލްޑްކަޕް 2022 އަށް 100 ދުވަސް، ދޯހާގެ ރަށްވެހިން ތައްޔާރު!
26 މާރިޗު 2018

ދިޝާއަކީ އަހަރެން އިތުބާރު ކުރާ މަދު މީހުންގެ ތެރެއިން އެކަކު: ޓައިގަ ޝްރޮފް

26 މާރިޗު 2018
ދިޝާއަކީ އަހަރެން އިތުބާރު ކުރާ މަދު މީހުންގެ ތެރެއިން އެކަކު: ޓައިގަ ޝްރޮފް
26 ޖެނުއަރީ 2017

މީޑިއާ ކުރިމަތީގައި އެކަކު އަނެކަކާ ހީލާ ބައްދާލުމަކީ ރަޙުމަތްތެރިކަމެއް ނޫން: ރާކޭޝް ރޯޝަން

26 ޖެނުއަރީ 2017
މީޑިއާ ކުރިމަތީގައި އެކަކު އަނެކަކާ ހީލާ ބައްދާލުމަކީ ރަޙުމަތްތެރިކަމެއް ނޫން: ރާކޭޝް ރޯޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް