Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޣައްޒާގެ ނާމާން މަޞްރަހު

ޣައްޒާގެ ނާމާން މަޞްރަހުން މަންޒަރުތައް ތިލަކޮށްދެމުން ދިޔަ ނޫސްވެރިޔާއާއި ބައްދަލުވި އާދަޔާ ޚިލާފު ބަޠަލު...

15 އޮކްޓޯބަރު 2023 | އާދީއްތަ 05:10

ޢަބްދުﷲ އަކީ ބުރާސްފަތި ދުވަހު ޣައްޒާއަށް އުފަންވި ހަމަ އެކަނި ކުއްޖާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 15 އޮކްޓޯބަރު 2023 | އާދީއްތަ 05:10
 75 އަހަރަށް ދިގުލައިގެން ގޮސްފައި ވާ އިޒްރޭލު-ޕަލަސްޠީނު މައްސަލައިގެ ތާރީޚުގައިވެސް އިޒްރޭލުން މިހާރު ދެމުންދާ ޙަމަލާތަކާ އެއްވަރުގެ ޙަމަލާތަކެއް ދީފައި ނުވޭ

75 އަހަރަށް ދިގުލައިގެން ގޮސްފައި ވާ އިޒްރޭލު-ޕަލަސްޠީނު މައްސަލައިގެ ތާރީޚުގައިވެސް އިޒްރޭލުން މިހާރު ދެމުންދާ ޙަމަލާތަކާ އެއްވަރުގެ ޙަމަލާތަކެއް ދީފައި ނުވޭ

"ދަރިފުޅާ، ނިކަން އަޅެ އަޑެއް ލައްވާލަބަލަ، ދަރިފުޅުގެ ބައްޕަ މި ހުރީ އައިހޭ"... މިއީ ޔަހޫދީ އިޒްރޭލުގެ ޢުދުވާނީ ޙަމަލާތައް ކެނޑިނޭޅި އަމާޒު ވަމުން ދާ ފަލަސްޠީނުގެ ޣައްޒާގައި ބައިނަލްއަޤުވާމީ މީޑިއާއަށް ޚަބަރުތައް ކަވަރުކޮށްދެމުން ދާ ހިތްވަރު ގަދަ ނޫސްވެރިޔާ، މުޙައްމަދު ސަލީމު، އޭނާއަށް އަލަށް ލިބުނު ތުއްތު ދަރިފުޅަށް، މި ދުނިޔެއަށް މަރުޙަބާ ކިޔާލި ގޮތެވެ.

އޮކްޓޯބަރު 12 ވަނަ ދުވަހު ދަރިފުޅު އުފަންވީއިރުވެސް، އިޒްރޭލުގެ ޙަމަލާތައް ޣައްޒާއަށް ދިޔައީ އަމާޒު ވަމުންނެވެ. ސަލީމު އޭރުވެސް، އަވަދިނެތި އުޅެމުން ދިޔައީ ޣައްޒާގެ ޚަބަރުތައް ދުނިޔެއަށް ތިލަކޮށްދެވޭތޯއެވެ.

ކުޑަ ކުއްޖެއް، ބޮޑު މީހެއް ބެލުމެއް ނެތި ޔަހޫދީން ދެމުން ދިޔަ ލާއިންސާނީ ޙަމަލާތަކާއި، ޙަމަލާތަކަށް ފަހު ޣައްޒާއަށް ވެގެންދާ ގޮތުގެ އިތުރުން، އެ ޙަމަލާތަކުގައި މަރުވެދާ މީހުންގެ ޚަބަރުތައް ކަވަރު ކުރަމުން ގޮސް، އަލް ސަހާބާ ހޮސްޕިޓަލުގެ މާބަނޑު މީހުންގެ ވޯޑަށް ސަލީމު ގޮސް ވަނެވެ. އެއް އަތުން ދަރިފުޅު ޢަބްދުﷲ އުރާލައިގެން ހުރެ، ސަލީމު ދިޔައީ އަނެއް އަތުން ވީޑިއޯ ކުރަމުންނެވެ. ޢުމުރުން 39 އަހަރުގެ ސަލީމުއަކީ މިއަދު 5 ދަރިންގެ ބައްޕައެކެވެ.

ޢަބްދުﷲ އަކީ ބުރާސްފަތި ދުވަހު ޣައްޒާއަށް އުފަންވި ހަމަ އެކަނި ކުއްޖާއެއް ނޫނެވެ. ޢަބްދުﷲވެސް އުފަންވި ވޯޑަށް، ލާރާވެސް ފުރަތަމަ ނޭވާ ލީ ހަމަ އެ ދުވަހުއެވެ. ލާރާގެ މަންމަ، ޖަމީލާ ޢަބްދު ރައްބޫ ބުނި ގޮތުގައި، ވިހަން ހޮސްޕިޓަލަށް ކުރި ދަތުރަކީ، އޭނާގެ ފުރާނަ އަތް މައްޗަށް ލައިގެން ކުރި، ބިރުވެރި، ނާމާން ދަތުރެކެވެ.

މުސްލިމުންގެ ބިންތަކަށް ގަދަ ބާރުން ވެރިވެގަނެގެން އުޅޭ ޔަހޫދީ އިޒްރޭލުން ވަނީ، ޣައްޒާ ކޮންޓްރޯލް ކުރަމުން ދާ ހަމާސް ޖަމާޢަތުގެ ވަސްވެސް މި ބިންތަމތިން ފޮހެލާނެ ކަމަށް ވަޢުދުވެފައެވެ. އުޒުރެއް ކަމުގައި ދައްކަނީ، އޮކްޓޯބަރު 7 ވަނަ ދުވަހު، ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލަށް އަރާ، ހަމަލާތަކެއް ދިން ދިނުމެވެ. އިޒްރޭލުން ބުނާ ގޮތުގައި އެއީ އިޒްރޭލުގެ ތާރީޚުގައިވެސް، އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ބަޔަކު ދިން އެންމެ ގެއްލުން ދެނިވި ޙަމަލާތަކެވެ.

ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެ އިޒްރޭލުން ތެދުވެ، 2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާ އެކީ އެކައްޗަކަށް ބައްދާ، ވަށާލިއެވެ. އެއްގަމާއި ކަނޑާއި ވައިގެ މަގުންވެސްމެއެވެ. 75 އަހަރަށް ދިގުލައިގެން ގޮސްފައި ވާ އިޒްރޭލު-ޕަލަސްޠީނު މައްސަލައިގެ ތާރީޚުގައިވެސް އިޒްރޭލުން މިހާރު ދެމުންދާ ޙަމަލާތަކާ އެއްވަރުގެ ޙަމަލާތަކެއް ދީފައި ނުވާ ކަމަށް ޚަބަރު ލިބެއެވެ.

ޣައްޒާގެ އަވަށްތައް މިހާރު ވަނީ މުޅިންހެން ބިމާ ހަމަކޮށްލާފައެވެ. އިޒްރޭލުގެ ޙަމަލާތަކަށް 7 ދުވަސް ވީ އިރު، ޣައްޒާއިން މަރުވި މީހުންގެ ޢަދަދު 1200 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އޭގެ ތެރޭގައި އެތައް ސަތޭކަ ކުޑަ ކުދިންނެއް ހިމެނެއެވެ. އިންސާނަކު ދިރިހުރުމަށްޓަކައި ބޭނުން ވާ އެންމެ ޛަރޫރީ އަދި އަސާސީ ޚިދުމަތްތައްވެސް މިއަދު ޣައްޒާގައި ލިބޭކަށް ނެތެވެ. މުޅި ސިޓީ އޮތީ އިންސާނީ ކާރިޘީ އަނދަވަޅަކަށް ވެއްޓި، ބައިނަލްއަޤުވާމީ އެހީތެރިކަމަށް އިންތިހާއަށް ބޭނުން ޖެހިފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2023

ޣައްޒާގެ ދަރިވަރުން ވީއާރްގެ ދުނިޔެއަކަށް!

21 ފެބުރުއަރީ 2023
ޣައްޒާގެ ދަރިވަރުން ވީއާރްގެ ދުނިޔެއަކަށް!
29 ޖެނުއަރީ 2023

15 އަހަރަށްފަހު ޣައްޒާގެ މަސްވެރި ޢާއިލާތަކަށް އާ ދިރުމެއް

29 ޖެނުއަރީ 2023
15 އަހަރަށްފަހު ޣައްޒާގެ މަސްވެރި ޢާއިލާތަކަށް އާ ދިރުމެއް
29 ޑިސެމްބަރު 2022

އުލާގެ "ތަސްވީރާއި ވާހަކަ" އިން ޣައްޒާގެ ބަދުނަޞީބުކަން ސްކްރީންތަކަށް

29 ޑިސެމްބަރު 2022
އުލާގެ "ތަސްވީރާއި ވާހަކަ" އިން ޣައްޒާގެ ބަދުނަޞީބުކަން ސްކްރީންތަކަށް
30 އޮކްޓޯބަރު 2022

ޣައްޒާގެ ބެޓެރި ފަރުބަދަތަކުން އިންޒާރުގެ ރަނގަބީލުގެ އަޑު!

30 އޮކްޓޯބަރު 2022
ޣައްޒާގެ ބެޓެރި ފަރުބަދަތަކުން އިންޒާރުގެ ރަނގަބީލުގެ އަޑު!
23 އޮކްޓޯބަރު 2022

ހަނގުރާމައިގެ ބިރާ އެކު ޣައްޒާގެ ކުޑަކުދިން ބްރޭކްޑާންސްއަށް!

23 އޮކްޓޯބަރު 2022
ހަނގުރާމައިގެ ބިރާ އެކު ޣައްޒާގެ ކުޑަކުދިން ބްރޭކްޑާންސްއަށް!
21 ސެޕްޓެމްބަރު 2022

ޣައްޒާގެ ފިޝް-ފަރމްތަކުގައި ތިޔާގި ފިލޮޅުން އިޤްތިޞާދު ހެޔޮ ފާލަކަށް

21 ސެޕްޓެމްބަރު 2022
ޣައްޒާގެ ފިޝް-ފަރމްތަކުގައި ތިޔާގި ފިލޮޅުން އިޤްތިޞާދު ހެޔޮ ފާލަކަށް
28 މާރިޗު 2021

ބޮލީވުޑްގެ ލަވަތަކުން ރާއްޖޭގެ ހިތްގައިމު މަންޒަރުތައް

28 މާރިޗު 2021
ބޮލީވުޑްގެ ލަވަތަކުން ރާއްޖޭގެ ހިތްގައިމު މަންޒަރުތައް
29 ޖެނުއަރީ 2020

ކޮސް ގިނަ މިސްޓޭކްގެ ބާކިހުރި މަންޒަރުތައް ނަގަން ފަށަނީ

29 ޖެނުއަރީ 2020
ކޮސް ގިނަ މިސްޓޭކްގެ ބާކިހުރި މަންޒަރުތައް ނަގަން ފަށަނީ
04 އޮކްޓޯބަރު 2019

"އަނދިރިކަން" މަންޒަރުތައް ނަގަން ކްރޫއާއި ތަރިން ދަނގެތީގައި!

04 އޮކްޓޯބަރު 2019
"އަނދިރިކަން" މަންޒަރުތައް ނަގަން ކްރޫއާއި ތަރިން ދަނގެތީގައި!
25 ފެބުރުއަރީ 2017

"ރަންގޫން" ގައި އަހަރެންގެ ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައި: ކަންގަނާ

25 ފެބުރުއަރީ 2017
"ރަންގޫން" ގައި އަހަރެންގެ ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައި: ކަންގަނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް