Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސާފު ބޯފެން

ހެޔޮ އަގެއްގައި ސާފު ބޯފެން ބޭނުމީވިއްޔާ، ފެން ޕްލާންޓް ބަހައްޓަންވީ ކަނޑުގައި!

ވޯޓަރައިޒްއިން ފާހަގަ ކުރި ގޮތުގައި، އެ ކުންފުނީގެ އީޖާދަކީ ސާފު ފެން އުފެއްދުމުގެ މަޝްރޫޢަށް އެއްގަމުން ބިން ބޭނުން ވާ މިންވަރު 90 ޕަސެންޓާ ހިސާބަށް ކުޑަ ކޮށްދޭނެ އީޖާދެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2023 | ހޮނިހިރު 06:31
ވޯޓަރައިޒްއިން ކަނޑު އަޑީގައި ޤާއިމު ކޮށްފައި ވާ ޑީސަލިނޭޝަން ޕްލާންޓާއި އެއްގަމުގައި ހުންނަ އޮފީސް ގުޅާލަ ދެނީ ކޭބަލެއް މެދުވެރި ކޮށް

ވޯޓަރައިޒްއިން ކަނޑު އަޑީގައި ޤާއިމު ކޮށްފައި ވާ ޑީސަލިނޭޝަން ޕްލާންޓާއި އެއްގަމުގައި ހުންނަ އޮފީސް ގުޅާލަ ދެނީ ކޭބަލެއް މެދުވެރި ކޮށް

ސާފު ބޯފެނަށް އެދި، ދުނިޔޭގެ ފެންވަރުގައި އިތުރު ވަމުން ދާ ޑިމާންޑަށް އޮތް އެއް ޙައްލަކީ މޫދުލޮނު ނުވަތަ ލޮނުފެން ސާފުކޮށްގެން ބޯފެނަށް ބަދަލު ކުރުމެވެ. އެ މަރުޙަލާއަށް ކިޔައި އުޅޭ އާންމު ނަމަކީ ޑީސަލިނޭޝަންއެވެ. ޑީސަލިނޭޓް ކުރުމަކީ، މޫދުލޮނުގައި އެކުލެވޭ ލޮނާއި އެނޫންވެސް އެފަދަ މިނަރަލްތައް ފެނުން ވަކި ކުރުމެވެ. އެއީ އެކަން ކުރުމަށް، ފުދޭ ވަރަކަށް ހަކަތަ ބޭނުން ވާ މަރުޙަލާއެކެވެ. ހަކަތަ އިސްރާފުވެގެން ދިއުމަކީވެސް މިއަދު ދުނިޔެއަށް ކުރިމަތިލާން ޖެހިފައި އޮތް އިތުރު ގޮންޖެހުމެކެވެ.

ޑީސަލިނޭޓް ކުރުމުގެ ތެރޭގައި ހަކަތަ ބޭކާރު ވެގެން ދާ ދިއުމަށް ޙައްލެއް ހޯދައިދިން އެއް ބަޔަކީ ނޯވޭގެ ކުންފުންޏެއް ކަމަށް ވާ 'ވޯޓަރައިޒް' އެވެ. އެ ކުންފުނިން އެންމެ ފަހުން ޕޭޓަންޓް ރައިޓްސް ހޯދި ހައްލަކީ ހަކަތަ ރައްކާ ކުރާ، ރިވަރސް އޮސްމޯސިސް ފިލްޓަރޭޝަން މަޝްރޫޢެކެވެ.

ރިވަރސް އޮސްމޯސިސްއަކީ ފެނުގައި އެކުލެވޭ ލޮނުގެ މާއްދާތައް ވަކި ކުރުމަށް ބޭނުން ކުރާ އެންމެ އަސާސީ ގޮތެވެ. އިންތިހާއަށް ހިމުން މެންބްރޭޏްތަކެއްގެ ތެރެއިން ބާރު ޕްރެޝަރުގައި ލޮނުފެން ފޮނުވައިގެން، އޭގައި އެކުލެވޭ ލޮނުގެ ބައިތައް ފުރާނާލައެވެ. އެކަން ކުރުމަށް ފުދޭ ވަރަކަށް ހަކަތަ ބޭނުން ވާ އިރު، ބޮޑު ޚަރަދެއްވެސް ހިނަގއެވެ.

ވޯޓަރައިޒްގެ ޑީސަލިނޭޝަން ޕްލާންޓް ހުންނަނީ އެއްގަމަކު ނޫނެވެ. އެ ޕްލާންޓް ހުންނަނީ ކަނޑުގެ 400 މީޓަރު އަޑީގައެވެ. ހަކަތައިގެ ގޮތުގައި ބޭނުން ކުރަނީ ފެނުގައި އެކުލެވޭ ހައިޑްރޯސްޓެޓިކް ޕްރެޝަރެވެ. ހައިޑްރޯސްޓެޓިކް ޕްރެޝަރަކީ ބަންދުވެފައި ވާ ކޮންމެ ތަނެއްގައި އެކުލެވޭ ދިޔާ މާއްދާއެއްގެ ސަބަބުން އުފެދޭ ޕްރެޝަރަށެވެ. މިސާލަކަށް ތަށިގަނޑަކަށް ފެން އަޅައިފިނަމަ، އެ ތަށީގެ އަރިއަތިމަތީގައި ޕްރެޝަރެއް ހުންނާނެއެވެ. ހައިޑްރޯސްޓެޓިކް ޕްރެޝަރަރއޭ މި ކިއަނީ އެ ޕްރެޝަރަށެވެ.

ވޯޓަރައިޒްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ނީލްސް ޕީޓަރ ރައިޓް ފާހަގަ ކުރި ގޮތުގައި، ހައިޑްރޯސްޓެޓިކް ޕްރެޝަރ ބޭނުން ކުރުމުގެ ސަބަބުން، 30 އާއި 40 ޕަސެންޓާ ދެމެދު މިންވަރަކަށް ހަކަތަ ސަލާމަތް ކުރެވެއެވެ.

ފުޅާ ދާއިރާއެއްގައި ޑީސަލިނޭޓް ކުރާ އެންމެ ވަރުގަދަ ޕްލާންޓްތައް އެންމެ ގިނަ ޢަދަދަކަށް ހުންނަނީ މެދުއިރުމަތީގެ ޤައުމުތަކުގައެވެ. މެދުއިރުމައްޗަކީ ހަކަތައިގެ އަގުތަކަށް ބަލާއިރު، އެންމެ ޖީބަށް ލުއި ސަރަޙައްދެވެ. ތިމާވެށީގެ ޤާނޫނުތައްވެސް، ދުނިޔޭގެ އެހެން ހިސާބުތަކާ އަޅާ ބަލާއިރު އިންތިހާއަށް ލުއި ދީފައި އޮންނަ ސަރަޙައްދެކެވެ. 

ވޯޓަރައިޒްއިން ފާހަގަ ކުރި ގޮތުގައި، އެ ކުންފުނީގެ އީޖާދަކީ ސާފު ފެން އުފެއްދުމުގެ މަޝްރޫޢަށް އެއްގަމުން ބިން ބޭނުން ވާ މިންވަރު 90 ޕަސެންޓާ ހިސާބަށް ކުޑަ ކޮށްދޭނެ އީޖާދެކެވެ. ހަކަތަ ބޭނުން ކުރާ މިންވަރު 40 ޕަސެންޓާ ހަމައަށް ދަށް ކުރެވިގެން ދާ ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ޖައްވަށް ބޭރުވެގެންދާ ކާބަންޑައިއޮކްސައިޑް ނުވަތަ ސީއޯޓޫގެ ވިހަ މާއްދާގެ މިންވަރުވެސް މަދު ކުރެވެއެވެ. ވޯޓަރައިޒްގެ ޑީސަލިނޭޝަން ޕްލާންޓް ޤާއިމު ކޮށްފައި ހުންނަނީ ކަނޑުގެ 400 މީޓަރު އަޑީގައި ކަމުން، ކަނޑުގެ ދިރުންތަކަށް ލިބޭ ގެއްލުންވެސް އިންތިހާއަށް ކުޑަ ވެގެން ދާނެ ކަމަށް އެ ކުންފުނިން ފާހަގަ ކުރެއެވެ.

ވޯޓަރައިޒްއިން ކަނޑު އަޑީގައި ޤާއިމު ކޮށްފައި ވާ ޑީސަލިނޭޝަން ޕްލާންޓާއި އެއްގަމުގައި ހުންނަ އޮފީސް ގުޅާލަ ދެނީ ކޭބަލެއް މެދުވެރި ކޮށެވެ. ހަކަތަ ސަޕްލައި ކުރުމުގެ އިތުރުން، ކުރަންޖެހޭ މުޢާމަލާތްތައްވެސް ކުރަނީ އެ ކޭބަލް މެދުވެރިކޮށެވެ. ކަނޑު އަޑީގެ ސަތަޙައިން ސާފު ކުރާ ފެން، އެއްގަމަށް ނެގުމަށްޓަކައި ފެން ދައުރު ކުރެވޭ ގޮތަށް ހޮޅިއެއްވެސް އަޅާފައި އޮވެއެވެ. އެ ޕްލާންޓުން ދުވާލެއްގެ މައްޗަށް، 50 މިލިއަން ލީޓަރުގެ ސާފު ފެން އުފައްދާ ކަމަށް ވޯޓަރައިޒްއިން ބުނެއެވެ.

ދުނިޔެއަށް މިއަދު ކުރިމަތިލާން ޖެހިފައި ވާ ތަފާތު އެތައް ގޮންޖެހުންތަކުގެ ތެރެއިންވެސް، ސާފު ފެން ނުލިބުމުގެ މައްސަލައަކީ ޙައްލު ހޯދުމަށް އެންމެ ދަތި ވެފައި ވާ އެއް މައްސަލައެވެ. ތަޣައްޔަރުކަން އިންތިހާއަށް އިތުރުވެގެން ދިއުމާއި، ހަނަފަސްކަން އިތުރުވުމާއި، ބިމުގެ ފެންފަށަލަ ހިނދެމުން ދިއުމަކީ، ސާފު ފެން ލިބުމަށް ކުރިމަތިވެފައިވާ ހުރަސްތަކުގެ ތެރެއިން ބައެއް ހުރަސްތަކެވެ.

ޙާލަތު ގޯސް ވަމުން ދާ ވަރަކަށް އެކަމުގެ އަގު އަދާ ކުރާ ބަޔަކަށް ވާނީ އިންސާނީ ދަރިފަސްކޮޅެވެ. ޤުދުރަތީ ދިރުންތަކާއި އިޤްތިޞާދީ ވެއްޓެވެ. ވަރލްޑް ރިސޯސަސް އިންސްޓިޓިއުޓް ދާދި ފަހުން އާންމު ކުރި އަންދާޒާތަކަށް ބަލާއިރު، 2050 ވަނަ އަހަރު އަންނައިރު، ދުނިޔޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ)ގެ 3 ބައިކުޅަ 1 ބައި އޮންނާނީ ފެނުގެ ދަތިކަމުގެ ނުތަނަވަސް ކަމަށް ހުށަހެޅިފައެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ސާފު ފެނުގެ ސަޕްލައި އެންމެ ގިނައިން ބޭނުން ކުރާ އަދި ސާފު ފެނުގެ ސަޕްލައިއަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވަނީ ސިނާޢީ ދާއިރާއިންނެވެ. އަދި ޢާބާދީގެ ސަބަބުން ކުރިމަތި ވާ ޕްރެޝަރާއި، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އުފެދޭ ފެނުގެ ކާރިޘާއިން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނީވެސް ސިނާޢީ ދާއިރާއަށް ކަމަށް ޤަބޫލު ކުރެވެއެވެ.

ޕީޓަރ ރައިޓް ޤަބޫލު ކުރާ ގޮތުގައި ވޯޓަރައިޒްގެ ޓެކްނޮލޮޖީއަކީ ފެނުގެ މައްސަލައަށް އޮތް ޙައްލުގެ ބައެކެވެ. ކަނޑުގެ އަޑިން ނަގާ ފެނަކީ، އޭގެ ޒާތުގައިވެސް ސިނާޢީ މަސައްކަތްތަކަށް އެންމެ އެކަށީގެންވާ އެއްޗެއްކަން އޭނާ ފާހަގަ ކުރިއެވެ.

ވޯޓަރައިޒްއިން ކަނޑު އަޑީގައި ޤާއިމު ކޮށްފައި ވާ އެންމެ ޔުނިޓަކުން ދުވާލެއްގެ މައްޗަށް ބައި ލައްކަ ކޮޑި މީޓަރު ނުވަތަ 50 މިލިއަން ލީޓަރުގެ ފެން އުފައްދާ އިރު، އެއީ 3 ލައްކައާއި 4 މީހުންގެ ސިޓީއަކަށް ބޭނުންވާ ފެނުގެ ސަޕްލައިއަށް ފުދޭނެ މިންވަރެކެވެ. ބޮޑެތި ސިޓީތަކަށް ބޭނުން ވާ ފެނުގެ ސަޕްލައި ކުރުމަށްޓަކައި ޔުނިޓް އިތުރު ކުރުމުން ފުދޭނެ ކަމަށް ޕީޓަރ ރައިޓް ފާހަގަ ކުރިއެވެ.

ވޯޓަރައިޒްއިން މިހާރު ދަނީ އެ ކުންފުނީގެ ޓެކްނޮލޮޖީ ބޭނުން ކުރުމަށް ޝަޢުޤުވެރި ވާ ޖަމިއްޔާތަކާއެކު، ދުނިޔޭގެ އެކި ހިސާބުތަކުގައި އެ ނިޒާމު ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮލަށް ފަސޭހަ ގޮތަކަށް ކުނި އުކާލާ، މަގުތައް ސާފު ކުރަން ބޭނުންތަ؟ އެހެންވިއްޔާ ޙައްލަކީ...

ބޮލަށް ފަސޭހަ ގޮތަކަށް ކުނި އުކާލާ، މަގުތައް ސާފު ކުރަން ބޭނުންތަ؟ އެހެންވިއްޔާ ޙައްލަކީ...

23 އޮކްޓޯބަރު 2023
ދުބާއީގެ މި ކެފޭގައި ބޯފެން ނޫން އެއްޗެއް ނެތް!

ދުބާއީގެ މި ކެފޭގައި ބޯފެން ނޫން އެއްޗެއް ނެތް!

10 ސެޕްޓެމްބަރު 2023
ޤަތަރުން މިވަގުތު އެންމެ އަގުހެޔޮކޮށް ކޮޓަރިއެއް ލިބެން ހުރީ ކޮންތާކުންކަން އެނގޭތަ؟

ޤަތަރުން މިވަގުތު އެންމެ އަގުހެޔޮކޮށް ކޮޓަރިއެއް ލިބެން ހުރީ ކޮންތާކުންކަން އެނގޭތަ؟

01 ޑިސެމްބަރު 2022
ހަނދަށް ދާން ބޭނުމީވިއްޔާ، އިހަށް ދާންވީ ލަންޒަރޯތޭއަށް!

ހަނދަށް ދާން ބޭނުމީވިއްޔާ، އިހަށް ދާންވީ ލަންޒަރޯތޭއަށް!

13 ނޮވެމްބަރު 2022
ނީލަ ކޯރު ސާފު ކުރުމުގެ މަސައްކަތުގައި ވަރުބަލިކަމެއް ނެތި އެއް ޢާއިލާއެއްގެ 3 ޖީލު

ނީލަ ކޯރު ސާފު ކުރުމުގެ މަސައްކަތުގައި ވަރުބަލިކަމެއް ނެތި އެއް ޢާއިލާއެއްގެ 3 ޖީލު

27 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު