Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އަކުއާ ބަރ ބައި ލުކޭލް ކެފޭ

ދުބާއީގެ މި ކެފޭގައި ބޯފެން ނޫން އެއްޗެއް ނެތް!

މެގްނީޒިއަމް، ކެލްސިއަމް އަދި ސަލްފޭޓް މާއްދާތަކުން މުއްސަނދިކޮށްފައިވާ މި ފެނަކީ، ކަސްރަތު ކުރުމުގައި ބުރަކޮށް އުޅުމަށްފަހު ކަރު ހިއްކުން ފިލުވާލުމަށް ބޯން އެންމެ ރަނގަޅު ފެން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2023 | އާދީއްތަ 10:13
އަކުއާ ބަރ ބައި ލުކޭލް ކެފޭ

އަކުއާ ބަރ ބައި ލުކޭލް ކެފޭ

ފަތުރުވެރިންނާއި މެހެމާނުންގެ މެދުގައި ފަނޑުވުމެއް ނެތި އެތަނެއްގެ ނަން ވިދާ ބަބުޅަމުންދާ ދުބާއީގައި ފިނި ބުއިންތައް ވިއްކަމުން ދިޔަ ކެފޭ ތެރެއަށް ވަދެގެން ދިޔައިރު، އެފަދަ އެހެން ތަންތަނާ މާ ބޮޑު ތަފާތު ކަމެއް ފެންނާކަށް ނެތެވެ. ކަމަށް ޚާއްޞަކޮށްފައި ވާ ދަޅުބުރިބުރި ޒާތުގެ ޝޭކަރތައް އެކި ގޮތްގޮތަށް ހެލުވުމަށް ފަހު، އެކި ޒާތްޒާތުގެ މޭވާތަކާއެކު ތަށިތައްޓަށް އަޅާ، ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި މުވައްޒަފުން އަވަދިނެތި އުޅެމުން ދިޔައެވެ. ތަނާ މެދު ދެކެމުން ދިޔަ ގޮތް ބަދަލު ކޮށްލަނީ، މެނޫ އަތު ޖެހޭ ހިސާބުންނެވެ. ކެފޭއިން ލިބޭ ހަމަ އެކަނި އެއްޗަކީ ބޯފެނެވެ. ހުރިހާ ބުއިންތައްވެސް ބިނާ ވަނީ ބޯފެނުގެ މައްޗަށެވެ.

'އަކުއާ ބަރ ބައި ލުކޭލް'ގެ ދޮރުތައް، ކަސްޓަމަރުންނަށްޓަކައި ހުޅުވާލީ ޖޫން 5 ވަނަ ދުވަހުއެވެ. ކެފޭއިން ލިބެން ހުރި ފެނުގެ ރަހަތަކާއި ބާވަތްތަކުގެ ޢަދަދު 30 އަށް އަރައެވެ. މި ފެން ތައްޔާރު ކުރަނީ އެކަމަށް ޚާއްޞަ ފިލްޓަރު ނިޒާމެއް ބޭނުން ކޮށްގެންނެނެ. ފެނުގެ ތެރެއަށް އެކި ކަހަލަ މިނަރަލްތައްވެސް އަޅައެވެ.

'އަކުއާ ބަރ ބައި ލުކޭލް'އިން ލިބެން ހުރި ފެނުގެ ބާވަތްތަކަށް ބަލާއިރު "ސަރކިޓްސް"އަކީ ފާހަގަކޮށްލެވޭ އެއް ބާވަތެވެ. މެގްނީޒިއަމް، ކެލްސިއަމް އަދި ސަލްފޭޓް މާއްދާތަކުން މުއްސަނދިކޮށްފައި ވާ މި ފެނަކީ، ކަސްރަތު ކުރުމުގައި ބުރަކޮށް އުޅުމަށްފަހު ކަރު ހިއްކުން ފިލުވާލުމަށް ބޯން އެންމެ ރަނގަޅު ފެން ކަމަށް ބުނެވެއެވެ.

ދުބާއީގެ ރަށްވެއްސެއް ކަމަށް ވާ ޖަމާލް ޝާރް ފާހަގަ ކުރި ގޮތުގައި، 'އަކުއާ ބަރ ބައި ލުކޭލް'ގެ މަޤްޞަދާ މެދު އޭނާ އުފާ ކުރެއެވެ. އެއީ އެއް ފަހަރު ބޭނުން ކުރުމަށް ފަހު އެއްލާލާ ޕްލާސްޓިކް ފުޅިފުޅީގައި ފެން ބަންދުކޮށްގެން ގެންގުޅުމުގެ ބަދަލުގައި، ފިލްޓަރު ފެނާއި، އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޭނުން ކުރެވޭ ފުޅިފުޅީގައި ފެން ބުއިމުގެ އާދަ، މީހުންގެ މެދުގައި އަށަގެންނެވޭނެތީ ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.

އެކި ދިރާސާތަކުން ދައްކާ ގޮތުގައި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ގެ ރަށްވެހިންގެ ތެރެއިން ކޮންމެ މީހަކީ، އެވަރޭޖު ގޮތެއްގައި އަހަރެއްގެ މައްޗަށް، 450 އަށް ވުރެ ގިނަ ޕްލާސްޓިކް ފުޅި ބޭނުން ކުރާ މީހެކެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކާ ބެހޭ އދގެ (ކޮޕް-28) ސަމިޓް ކުރިއަށް ގެންދަން ތާވަލުކޮށްފައި ވަނީވެސް ޔޫއޭއީގައެވެ. ޔޫއޭއީއިން އަމާޒު ހިފާފައިވަނީ، އެ ޤައުމުން ބޭރު ކުރާ ޖައްވު ހޫނު ކުރާ ވިހަ ގޭސްތަކުގެ މިންވަރު، 2050 ވަނަ އަހަރު އަންނައިރު 00 ރޭޓަށް ދަށް ކުރުމަށެވެ. އެ އަމާޒަށް ވާސިލު ވުމަށްޓަކައި، އެއް ފަހަރު ބޭނުން ކުރުމަށް ފަހު އެއްލާލާ ޕްލާސްޓިކް ބޭނުން ކުރުން، 2024 ވަނަ އަހަރުން ފަށައިގެން ޔޫއޭއީގައި މަނާވެގެން ދާނެއެވެ.

'އަކުއާ ބަރ ބައި ލުކޭލް' އިން ތަފާތު އަގުތަކުގައި ބޯފެން ލިބެން ހުރެއެވެ. އަމިއްލައަށް ގެންދާ ފެންފުޅި ފުރާލުމަށް ޚަރުދު ކުރަން ޖެހެނީ އެންމެ ޑޮލަރެއްގެ މިންވަރެވެ. ނުވަތަ ކެފޭއިން ލިބޭ ތަފާތު ކޮކްޓޭލްތަކުގެ ފެން ބޭނުން ނަމަ، ބައެއް އުފެއްދުންތަކުގެ އަގު 9 ޑޮލަރަށްވެސް އަރައެވެ.

'އަކުއާ ބަރ ބައި ލުކޭލް' އަމާޒު ހިފާފައި ވަނީ ވިޔަފާރި އިތުރަށް ފުޅާކޮށް، ފުޅިފުޅީގައި ބަންދު ކޮށްފައި ހުންނަ ފެން ބޭނުން ކުރުމުގެ އާދަ މުޅިން ހުއްޓުވާލުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ކޯންޗެއްބާ؟" އަކީ ކޮންއެއްޗެއް؟

"ކޯންޗެއްބާ؟" އަކީ ކޮންއެއްޗެއް؟

23 ނޮވެމްބަރު 2017
ދުބާއީގެ ކްލާސް ރޫމްތަކުގައި ވަރަށް އަވަހަށް ރޮބޮޓްތައް ފެނިގެންދާނެ

ދުބާއީގެ ކްލާސް ރޫމްތަކުގައި ވަރަށް އަވަހަށް ރޮބޮޓްތައް ފެނިގެންދާނެ

14 ސެޕްޓެމްބަރު 2017
"ސިންގަލް" ކޮށް ހުރުމަކީ އެހާ ފަސޭހަކަމެއް ނޫން: އެންޖެލީނާ ޖޯލީ

"ސިންގަލް" ކޮށް ހުރުމަކީ އެހާ ފަސޭހަކަމެއް ނޫން: އެންޖެލީނާ ޖޯލީ

05 ސެޕްޓެމްބަރު 2017
އަހަރެންގެ އެއްޗެއް ހޯދުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނަން: ކަންގަނާ

އަހަރެންގެ އެއްޗެއް ހޯދުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނަން: ކަންގަނާ

19 އޯގަސްޓު 2017
ފިލްމުތައް އުފައްދަނީ އޯޑިއެންސަށް، ކްރިޓިކުންނަށް ނޫން: އަރުޖުން ކަޕޫރު

ފިލްމުތައް އުފައްދަނީ އޯޑިއެންސަށް، ކްރިޓިކުންނަށް ނޫން: އަރުޖުން ކަޕޫރު

28 މެއި 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު