Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮލީވުޑް

ސޮނާލީ އަށް ހެޔޮ ދުޢާކުރި ބޮލީވުޑްގެ ތަރިންނަށް ޝުކުރު އަދާކޮށްފި

ސޮނާލީ ވަނީ އެފަރާތްތަކަށް ޓްވިޓާގައި ވަކިވަކިން ޝުކުރު އަދާކޮށްފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 7 ޖުލައި 2018 | ހޮނިހިރު 12:14
ސޮނާލީ ބެންޑްރޭ

ސޮނާލީ ބެންޑްރޭ

ބޮލީވުޑްގެ ތަރި ސޮނާލީ ބެންޑްރޭ އަށް ކެންސަރު ޖެހިގެން އެމެރިކާގައި ފަރުވާ ހޯދަމުންދާ ކަން ހާމަކުރުމުން އޭނާ އަށް ހެޔޮ ދުޢާކުރި ބޮލީވުޑްގެ ފަރާތްތަކަށް އޭނާ ޝުކުރު އަދާކޮށްފިއެވެ.

އެގޮތުން ސޮނާލީ ވަނީ އެފަރާތްތަކަށް ޓްވިޓާގައި ވަކިވަކިން ޝުކުރު އަދާކޮށްފައެވެ.

ސޮނާލީ ޝުކުރު އަދާކުރި ބޮލީވުޑްގެ ފަންނާނުންގެ ތެރޭގައި ފަރްޚާން އަޚްތަރު، ޖެނީލިއާ ދޭޝްމުކް، ދިއާ މިރުޒާ، މަނީޝާ ކޮއިރާލާ، ޑިނޯ މޯރިއޯ، އަނިލް ކަޕޫރު، ރިތިކް ރޯޝަން، އަބީޝެކް ބައްޗަން، ރާޖް ކުމާރު ރާއޯ، އަރުޖުން ކަޕޫރު، ނެހާ ދޫޕިއާ، ވިވެކް އޯބްރޯއި، ކަރަން ޖޯހަރު، ރިޝީ ކަޕޫރު އަދި މާދުރީ ޑިކްސިޓް ހިމެނެއެވެ.

ސޮނާލީއަށް ކެންސަރު ޖެހިފައިވާކަން ހާމަކޮށް މިހިނގާ ޖުލައި މަހުގެ 4 ވަނަ ދުވަހު ނެރެފައިވާ ސްޓޭޓްމަންޓްގައި ބުނެފައި ވަނީ އޭނާއަށް ޖެހިފައި ވަނީ "ހައި ގްރޭޑް ކެންސަރ" ކަމަށެވެ. ކެންސަރުގެ ޝިކާރައަކަށްވީކަން އެނގުނީ ކުއްލިއަކަށް ކަމަށާއި އެފަދަ ބައްޔެއްގެ އަލާމާތެއް ކުރިން ތަޖުރިބާ ކުރަން ވެސް ޖެހިފައި ނުވާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި މުޅި އާއިލާ އާއި ރައްޓެހިންގެ ފަރާތުން އަޅާލުމާއި ލޯތްބާއި އެހީތެރިކަން އޭނާއަށް ލިބެމުން އަންނަ ކަމަށާއި އެކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށް ބުނެފައި ވެއެވެ.

ޕްރޮޑިއުސަރ ގޯލްޑީ ބޭލްއާ ކައިވެނިކޮށްގެން އުޅޭ ސޮނާލީގެ 13 އަހަރުގެ ފިރިހެން ދަރިއަކު ހުރެއެވެ. މި ދެ މީހުން 2002 ވަނަ އަހަރު ކައިވެނިކުރުމަށް ފަހު ފިލްމް ކުޅުން ހުއްޓާލި ނަމަވެސް، ފަހަކަށް އައިސް ސޮނާލީ ވަނީ ބައެއް ފިލްމްތަކާއި ޓީވީ ސިލްސިލާތަކުގައި ހަރަކާތްތެރިވުމުގެ އިތުރުން ބައެއް ރިއަލިޓީ ޝޯތަކުގެ ޖަޖްކަން ވެސް ކޮށްފައެވެ.

ފިލްމް "އާގް" އިން 1994 ވަނަ އަހަރު ބޮލީވުޑަށް ނިކުތް ސޮނާލީ ފިލްމަކުން އެންމެ ފަހުން ފެނިފައި ވަނީ 2013 ވަނަ އަހަރު ރިލީޒް ކުރި އަކްޝޭ ކުމާރުގެ "ވަންސް އަޕް އޮން އަ ޓައިމް އިން މުމްބާއީ އަގެއިން" އިންނެވެ. މި ފިލްމްގައި އޭނާ ފެނިގެންދަނީ ކެމިއޯ ރޯލަކުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްލެކްބަކް މަރާލި މައްސަލަ: މިނިވަން ވުމުން ސަލްމާން މުމްބާއީ އަށް ހިނގައްޖެ، ބޮލީވުޑްގެ 'ބޮޑެތި' ތަރިން އަދިވެސް ހިމޭނުން

ބްލެކްބަކް މަރާލި މައްސަލަ: މިނިވަން ވުމުން ސަލްމާން މުމްބާއީ އަށް ހިނގައްޖެ، ބޮލީވުޑްގެ 'ބޮޑެތި' ތަރިން އަދިވެސް ހިމޭނުން

08 އެޕްރީލު 2018
ޕްރިޔާގެ އެންމެ ފުރަތަމަ ބޮލީވުޑްގެ ފިލްމު ރަންވީރު ސިންގް އާއި އެކު

ޕްރިޔާގެ އެންމެ ފުރަތަމަ ބޮލީވުޑްގެ ފިލްމު ރަންވީރު ސިންގް އާއި އެކު

12 މާރިޗު 2018
ބޮލީވުޑްގެ ކުރީގެ ބަތަލާ ޝައްމީ މަރުވެއްޖެ

ބޮލީވުޑްގެ ކުރީގެ ބަތަލާ ޝައްމީ މަރުވެއްޖެ

07 މާރިޗު 2018
އާ އަހަރުގެ ޝޯއަށް ބޮލީވުޑްގެ ދެ ފަންނާނަކު ގެންނަނީ

އާ އަހަރުގެ ޝޯއަށް ބޮލީވުޑްގެ ދެ ފަންނާނަކު ގެންނަނީ

20 ޑިސެމްބަރު 2017
ބޮލީވުޑްގެ އެކްޓަރު އަދި ޑައިރެކްޓަރު ނީރަޖް މަރުވެއްޖެ

ބޮލީވުޑްގެ އެކްޓަރު އަދި ޑައިރެކްޓަރު ނީރަޖް މަރުވެއްޖެ

14 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު