Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓަލީގެ ގައުމީ ޓީމު

ފުލުހުންގެ ތަހުގީގެއް ކުރިއަށްދާތީ ޓޮނާލީއާއި ޒަނިއޯލޯ، އިޓަލީގެ ސްކޮޑުން އުނިކޮށްފި

ޓޮނާލީއާއި ޒަނިއޯލޯގެ މައްޗަށް ކުރަނީ ކޮން ތުހުމަތެއް ކަމެއް އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަނުން ހާމަކޮށްފައެއްނުވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 އޮކްޓޯބަރު 2023 | ހޮނިހިރު 05:00
އިޓަލީގެ ގައުމީ ޓީމުގައި ހިމެނޭ ޓޮނާލީއާއި ޒަނިއޯލޯ

އިޓަލީގެ ގައުމީ ޓީމުގައި ހިމެނޭ ޓޮނާލީއާއި ޒަނިއޯލޯ

ޖިނާއީ ތަހުގީގެއް ފުލުހުން ކުރިއަށް ގެންދާތީ، އިޓަލީ ގައުމީ ޓީމުގެ ސްކޮޑުން ސަންޑްރޯ ޓޮނާލީ އަދި ނިކޮލޯ ޒަނިއޯލޯ އުނިކޮށްފިއެވެ.

އެކަން އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ޔަގީން ކޮށްދީފައެވެ. ޔޫރަޕިއަން ޗެމްޕިއަންޝިޕް ކޮލިފައިންގައި މޯލްޓާއާއި އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، ކަވާސިއާނޯގައި ހުންނަ އަޒްޒޫރީގެ ޓްރެއިނިން ސެންޓަރުގައި އުޅެނިކޮށް ޓިއުރިން ޕްރޮސެކިއުޓަރުން ވަނީ އެ މައްސަލައިގެ ތަހުގީގުގެ މައުލޫމާތު ކުޅުންތެރިންނަށް ވެސް ދީފައެވެ.

ޓޮނާލީއާއި ޒަނިއޯލޯގެ މައްޗަށް ކުރަނީ ކޮން ތުހުމަތެއް ކަމެއް އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޓީމުގެ ސްކޮޑު ދޫކޮށް، އެ ދެ ކުޅުންތެރިން ގެއަށް ދިއުމުގެ ހުއްދަ ދިނީ ކުރިއަށްހުރި މެޗުތަކާ ކުރިމަތިލާން އެ ދެ ކުޅުންތެރިން ރަނގަޅު ހާލަތެއްގައި ނެތްކަމަށް ފެޑެރޭޝަނުން ގަބޫލުކުރާތީ ކަމަށް އެ ފެޑެރޭޝަނުން ވަނީ ބުނެފައެވެ.

ޓޮނާލީއަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އޭސީ މިލާން ދޫކޮށް ނިއުކާސަލަށް އޭނާ ބަދަލުވީ މިއަހަރުއެވެ. ޒަނިއޯލޯ އަންނަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާއަށް ކުޅެމުންނެވެ.

މީގެ އިތުރުން އިޓަލީގެ އެހެން ފުޓުބޯޅަ ކުޅުންތެރިއެއް ކަމަށްވާ ނިކޮލޯ ފަޖިއޯލީއާ، ބެޓިންގެ އަމަލުތައް ހިންގިކަމަށް ބުނެ، ޓިއުރިންގެ ޕްރޮސެކިއުޓަރުން އަންނަނީ އޭނާއާ ދެކޮޅަށްވެސް ތަހުގީގެއް ހިންގަމުންނެވެ. ފުޓުބޯޅަ މެޗުތަކަށް ބެޓްކުރި ކުޅުންތެރިއަކު، މަދުވެގެން ތިން އަހަރަށް ސަސްޕެންޑުކޮށް، އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަންގެ ޤަވާއިދުގައި ވާގޮތުން މަދުވެގެން 25،000 ޔޫރޯ (26،520 ޑޮލަރު)ން ޖޫރިމަނާ ކުރުމުގެ ފުރުސަތު އޮވެއެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2024

ޕެރިސް 2024 ގެ ރައީސާ ދެކޮޅަށް ތަހުގީގެއް ފަށައިފި

07 ފެބުރުއަރީ 2024
ޕެރިސް 2024 ގެ ރައީސާ ދެކޮޅަށް ތަހުގީގެއް ފަށައިފި
19 އޯގަސްޓު 2023

ލޯނު އެއްބަސްވުމެއްގެ ދަށުން، އިޓަލީގެ ނިކޯލޯ ޒަނިއޯލޯ، އެސްޓަން ވިލާއަށް

19 އޯގަސްޓު 2023
ލޯނު އެއްބަސްވުމެއްގެ ދަށުން، އިޓަލީގެ ނިކޯލޯ ޒަނިއޯލޯ، އެސްޓަން ވިލާއަށް
01 ޖުލައި 2023

ނަސްލީ ތަފާތުކުރުމުގެ ތުހުމަތުގައި ޕީއެސްޖީގެ ކޯޗު ގަލްޓިއާ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

01 ޖުލައި 2023
ނަސްލީ ތަފާތުކުރުމުގެ ތުހުމަތުގައި ޕީއެސްޖީގެ ކޯޗު ގަލްޓިއާ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
07 ނޮވެމްބަރު 2019

ހައި ކޯޓުގެ އަމުރާއެކު ކްރިކެޓް ކޯޗު ފުލުހުންގެ ބެލުމުގެ ދަށަށް

07 ނޮވެމްބަރު 2019
ހައި ކޯޓުގެ އަމުރާއެކު ކްރިކެޓް ކޯޗު ފުލުހުންގެ ބެލުމުގެ ދަށަށް
13 އޮކްޓޯބަރު 2017

ޕީއެސްޖީގެ ޗެއާމަންގެ މައްޗަށް ސްވިޓްޒަލެންޑްގައި ޖިނާއީ ތަހުގީގެއް ހިންގަނީ

13 އޮކްޓޯބަރު 2017
ޕީއެސްޖީގެ ޗެއާމަންގެ މައްޗަށް ސްވިޓްޒަލެންޑްގައި ޖިނާއީ ތަހުގީގެއް ހިންގަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު