Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްއޭ

ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއަރއަކަށް ފުރަތަމަ ފަހަރަށް ރާއްޖެ ހޮވިއްޖެ

13 އޮކްޓޯބަރު 2023 | ހުކުރު 13:26

މިއީ ރާއްޖެއަށް ތާރީޚީ ކަމެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 13 އޮކްޓޯބަރު 2023 | ހުކުރު 13:26
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް

ވޯލްޑް ބޭންކާއި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ގަވަރުނަރުންގެ ބޯޑުގެ ޗެއަރއަކަށް ފުރަތަމަ ފަހަރަށް ރާއްޖެ ހޮވިއްޖެއެވެ.

މި މަގާމަށް ހޮވިފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމެވެ. މިއީ ވޯލްޑް ބޭންކް ގުރޫޕާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑްގެ މެންބަރު ގައުމުތަކުގެ ވޯޓުން ހޮވާ މަގާމެކެވެ.

ޗެއަރޕާސަންގެ މަގާމަށް އެމްއެމްއޭގެ ގަވަރުނަރު އިންތިހާބުވީ ވޯޓުގައި ބައިވެރިވި ހުރިހާ ގައުމުތަކެއްގެ ތާއީދާއެކުގައެވެ. މި މަގާމަށް ރާއްޖެ ހޮވުނުކަން އިއުލާންކޮށްފައި ވަނީ މޮރޮކޯގެ މަރަކެޝްގައި މިހާރު ކުރިއަށްދާ ވޯލްޑް ބޭންކް ގްރޫޕް، އައިއެމްއެފް އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ.

މި ބަދަލާއެކު، އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ 2024ވަނަ އަހަރީ ބައްދަލުވުންތަކުގެ ޗެއަރކަން ކުރައްވާނީ ގަވަރުނަރު އަލީ ހާޝިމެވެ.

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ރާއްޖެއަށް ފަޚުރުވެރި އަދި ތާރީހީ ކަމެއް ކަމަށެވެ. އަދި މި މޮޅާ ގުޅިގެން އެމަނިކުފާނު ވަނީ އެމްއެމްއޭގެ ގަވަރުނަރަށް މަރުހަބާ ވިދާޅުވެފައެވެ.

ވޯލްޑް ބޭންކް އަދި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއެއް ހަމަޖައްސަނީ ކޮންމެ އަހަރެއްގައި ވެސް ތަފާތު ސަރަހައްދަކުންނެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޗެއާމަންކަމަށް ހަމަޖައްސާފައިވަނީ އޭޝިއާ ޕެސިފިކް މެންބަރު ގައުމުތަކުންނެވެ.

މިކަމާ ގުޅިގެން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް އަދި ޝަރަފެއް ކަމަށެވެ. ރާއްޖެ އައިމްއެމްއެފްގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވާތާ 45 އަހަރުވެފައިވާއިރު މިއީ ރާއްޖެއަށް މިފަދަ ފުރުސަތެއް ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކަރައްވައި އެ ކަމުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ގަވަރުނަރު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ގަވަރުނަރުންގެ ބޯޑުގެ ޗެއަރގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ އައިއެމްއެފް އަދި ވޯލްޑް ބޭންކު މެންބަރު ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ ގަވަރުނަރުންނާއި ފިނޭންސް މިނިސްޓަރުންގެ އަހަރީ ބައްދަލުވުންތައް ޗެއަރކުރުމެވެ. އަދި ރެމިއުނެރޭޝަން އޮފް އެގްޒެކެޓިވް ޑިރެކްޓާސް އެންޑް ދެއާ އަލްޓަނޭޓްސް ކޮމިޓީ، ޖޮއިންޓް ޕްރޮސީޖާ ކޮމިޓީ އަދި މަލްޓިލެޓެރަލް އިންވެސްޓްމަންޓް ގެރެންޓީ އޭޖެންސީ ޕްރޮސީޖާ ކޮމިޓީގެ ޗެއާކަން ކުރައްވާނީ ވެސް ގަވަރުނަރުންގެ ބޯޑުގެ ޗެއާޕާސަނެވެ.

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2017

މޮރިޝަސް ބޭންކާއި ޝަރޫ ލޯންޗް ސާވިސްގެ މައްޗަށް އަމިއްލަ ފަރާތަކަށް ދެ މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ހުކުމް ކޮށްފި

23 ނޮވެމްބަރު 2017
މޮރިޝަސް ބޭންކާއި ޝަރޫ ލޯންޗް ސާވިސްގެ މައްޗަށް އަމިއްލަ ފަރާތަކަށް ދެ މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ހުކުމް ކޮށްފި
09 ނޮވެމްބަރު 2017

ވޯލްޑް ބޭންކުގެ އިސް ބޭފުޅުންނާއި ވަޒީރުން ބައްދަލުކުރައްވައިފި

09 ނޮވެމްބަރު 2017
ވޯލްޑް ބޭންކުގެ އިސް ބޭފުޅުންނާއި ވަޒީރުން ބައްދަލުކުރައްވައިފި
25 އޮކްޓޯބަރު 2017

ވޯލްޑް ބޭންކް ލަދުގެންފި، އައިއެމްއެފް އުޅެނީ ރާއްޖެއިން ލޯނު ނުނަގައިގެން: ރިޔާޒް

25 އޮކްޓޯބަރު 2017
ވޯލްޑް ބޭންކް ލަދުގެންފި، އައިއެމްއެފް އުޅެނީ ރާއްޖެއިން ލޯނު ނުނަގައިގެން: ރިޔާޒް
06 ސެޕްޓެމްބަރު 2017

ވޯލްޑް އިލެކްޝަން ބޮޑީސްގެ އެސެމްބްލީގައި އީސީ ބައިވެރިވެއްޖެ

06 ސެޕްޓެމްބަރު 2017
ވޯލްޑް އިލެކްޝަން ބޮޑީސްގެ އެސެމްބްލީގައި އީސީ ބައިވެރިވެއްޖެ
16 ޖުލައި 2017

އައިއެމްއެފްގެ ޓީމާއެކު ބޭއްވި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި

16 ޖުލައި 2017
އައިއެމްއެފްގެ ޓީމާއެކު ބޭއްވި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި
04 ޖުލައި 2017

ވޯލްޑް ސްކޯލާސް ކަޕްގައި ޣިޔާސުއްދީނާއި ބިލަބޮންގ އަށް ފަހްރުވެރި ކާމިޔާބީއެއް

04 ޖުލައި 2017
ވޯލްޑް ސްކޯލާސް ކަޕްގައި ޣިޔާސުއްދީނާއި ބިލަބޮންގ އަށް ފަހްރުވެރި ކާމިޔާބީއެއް
24 ޖޫން 2017

ކުނި މެނޭޖް ކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 17.5 މިލިއަން ޑޮލަރު ދެނީ!

24 ޖޫން 2017
ކުނި މެނޭޖް ކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 17.5 މިލިއަން ޑޮލަރު ދެނީ!
26 އެޕްރީލު 2017

ކޮރަޕްޝަން މައްސަލައެއްގައި ފޭދޫ އަވަށު ބޯޑުގެ ރައީސްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި

26 އެޕްރީލު 2017
ކޮރަޕްޝަން މައްސަލައެއްގައި ފޭދޫ އަވަށު ބޯޑުގެ ރައީސްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި
12 އެޕްރީލު 2017

އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި

12 އެޕްރީލު 2017
އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި
12 އެޕްރީލު 2017

އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭ ގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މިއަދު ފާސްކުރަނީ

12 އެޕްރީލު 2017
އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭ ގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މިއަދު ފާސްކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް