Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިކެޓް ވޯލްޑް ކަޕް

ރެކޯޑް ތަކަކާއެކު ޕާކިސްތާނަށް ލަންކާ އަތުން ބޮޑު މޮޅެއް

ޕާކިސްތާނުގެ 245 ލަނޑަކީ ކްރިކެޓް ވޯލްޑްކަޕުގައި މިހާތަނަށް ފެނުނު އެންމެ މަތީ ސްކޯ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 11 އޮކްޓޯބަރު 2023 | ބުދަ 04:00
ޕާކިސްތާން ކުޅުންތެރިން: ލަންކާ ބަލިކުރީ 345 ލަނޑުން

ޕާކިސްތާން ކުޅުންތެރިން: ލަންކާ ބަލިކުރީ 345 ލަނޑުން

ކްރިކެޓް ވޯލްޑްކަޕުގައި ރެކޯޑް ތަކަކާއެކު ޕާކިސްތާނުން ކްރިކެޓް ވޯލްޑްކަޕުގައި ލަންކާ ބަލިކޮށް ބޮޑު މޮޅެއް ރޭ ހޯދައިފި އެވެ.

އިންޑިޔާގެ ރަޖީވް ގާންދީ އިންޓަނޭޝަނަލް ސްޓޭޑިއަމުގައި ކުޅެން ފެށި މެޗުގައި ބެޓްކޮށް ލަންކާއިން ނިންމާލީ 344 ލަނޑު ހަދައިފަ އެވެ. މިއީ ކްރިކެޓް ވޯލްޑްކަޕުގައި މިހާތަނަށް ފެނުނު އެންމެ މަތީ ސްކޯ އެވެ. މިހެންވެ މި އަދަދަށް ޕާކިސްތާނަށް ވާސިލްވެވޭނެ ކަމަށް ގިނަ ބަޔަކު ޝައްކު އުފެއްދި އެވެ.

ހާއްސަކޮށް، މުހިންމު ދެ ބެޓްސްމަނުން ކަމަށްވާ ކެޕްޓަން ބަބަރް އަޒަމް 10 ލަނޑަށް އާއި އިމާމުލް ހައްގު 12 ލަނޑަށް ނުބައިވުމުން މި ޝައްކު އިތުރުވި އެވެ. އެކަމަކު މުހައްމަދު ރިޒްވާން އާއި އަބްދުﷲ ޝާފިގީގެ ޕާޓްނާޝިޕް ޕާކިސްތާނަށް ކާމިޔާބު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި އެވެ. ރިޒްވާން 131 ލަނޑު ހެދިއިރު ޝާފިގީ 113 ލަނޑު ހެދި އެވެ. ހަތަރު ވިކެޓަށް 345 ލަނޑު ޕާކިސްތާނު ހެދިއިރު މި މެޗުގައި ފަހު 20 އޯވަރުގައި އެ ޓީމުގފެ ކުޅުން އާދަޔާ ހިލާފަށް މޮޅެވެ. އަދި މިއީ ކްރިކެޓްގައި ހަތަރު ކުޅުންތެރިއަކު 100 ހަމަކުރި ފުރަތަމަ މެޗެވެ.

މެޗަށް ފަހު ޕާކިސްތާނުގެ ކެޕްޓަން އަޒަމް ބުނީ އޯޕަނިން ބެޓްސްމަނުންނަށް ރަނގަޅަށް ނުކުޅެވުނަސް އޭގެ ފަހުން ކުޅެން ނުކުތް ކުޅުންތެރިން މޮޅަށް ކުޅުމުން ވަރަށް ބޮޑަށް ހިތްހަމަޖެހުނު ކަމަށެވެ.

މެޗަށް ފަހު ރިޒްވާން ބުނީ ޕާކިސްތާނުގެ ކޮންމެ ކުޅުންތެރިއަކު ވެސް ޗޭންޖިން ރޫމުގައި މޮޅުވާނެ ކަމަށް ގަބޫލުކުރި ކަމަށާއި ލަންކާއިން ހެދި އާދަޔާ ހިލާފު ގިނަ ލަނޑުތައް ފަހަތަށް ލައި މެޗު ކާމިޔާބު ކުރެވުނީ އެހެންވެ ކަމަށެވެ.

ލަންކާގެ ކެޕްޓަން ކަސުލް ދަސުން ޝަނަކާ ބުނީ ލަންކާގެ ކުޅުންތެރިންގެ އުކުން ރަނގަޅު ކަމަށާއި ނަމަވެސް ޕާކިސްތާން މޮޅުވީ ދަނޑުގެ ޕިޗްގެ ހާލަތު ވަރަށް ބޮޑަށް އެހީތެރިވުމުން ކަމަށެވެ.

ކްރިކެޓް ވޯލްޑްކަޕުގައި ލަންކާ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އަދި ޕާކިސްތާން ވަނީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ.

ކްރިކެޓް ވޯލްޑްކަޕް 2023

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2023

ކްރިކެޓް ވޯލްޑްކަޕް ޗެމްޕިއަންކަން އޮސްޓްރޭލިޔާ އަށް

20 ނޮވެމްބަރު 2023
ކްރިކެޓް ވޯލްޑްކަޕް ޗެމްޕިއަންކަން އޮސްޓްރޭލިޔާ އަށް
13 ނޮވެމްބަރު 2023

ލަންކާއިން ސަސްޕެންޝަން އިސްތިއުނާފު ކުރަނީ

13 ނޮވެމްބަރު 2023
ލަންކާއިން ސަސްޕެންޝަން އިސްތިއުނާފު ކުރަނީ
13 ނޮވެމްބަރު 2023

ގްރޫޕް ސްޓޭޖުން ކެޓިޔަސް ޕާކިސްތާނަށް 280000 ޑޮލަރު

13 ނޮވެމްބަރު 2023
ގްރޫޕް ސްޓޭޖުން ކެޓިޔަސް ޕާކިސްތާނަށް 280000 ޑޮލަރު
12 ނޮވެމްބަރު 2023

ޕާކިސްތާން ކެޓުމުން ކެޕްޓަން އިސްތިއުފާދޭން ގޮވާލައިފި، ކޯޗުގެ ވިސްނުން ތަފާތު

12 ނޮވެމްބަރު 2023
ޕާކިސްތާން ކެޓުމުން ކެޕްޓަން އިސްތިއުފާދޭން ގޮވާލައިފި، ކޯޗުގެ ވިސްނުން ތަފާތު
11 ނޮވެމްބަރު 2023

ސަރުކާރުން ކްރިކެޓް ބޯޑު އުވާލުމުން، އައިސީސީން ލަންކާ ސަސްޕެންޑްކޮށްފި

11 ނޮވެމްބަރު 2023
ސަރުކާރުން ކްރިކެޓް ބޯޑު އުވާލުމުން، އައިސީސީން ލަންކާ ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު