Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޣައްޒާގެ ބެރުވެރިން

ބާލިދީގައި ބެރު ޖަހަން ފެށި ހުސާމް، ރަބަރު ބޭންޑަކުން ދެނީ ފުން މެސެޖެއް!

ޑްރަމް ސެޓް އުފެއްދުމަށްޓަކައި މުޅިންހެންވެސް ބޭނުންކޮށްފައި ވަނީ އުކާލާފައިވާ އެކިއެކި ސާމާނުތައް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2023 | ހޯމަ 11:54
ހުސާމަކީ ސޯޝަލް މީޑިއާގައިވެސް މަގުބޫލުވަމުން އަންނަ، އަދި ގިނަ ބަޔަކަށް ފަރިތަ ބެރުވެރިއެއް

ހުސާމަކީ ސޯޝަލް މީޑިއާގައިވެސް މަގުބޫލުވަމުން އަންނަ، އަދި ގިނަ ބަޔަކަށް ފަރިތަ ބެރުވެރިއެއް

ކުއްޖަކު ހެދި ބޮޑުވަމުން އަންނަ ދުވަސްވަރު ބައެއް ކަންކަމަށް ހިތުގައި ޖެހޭ ލޯތްބަކީ މުޅި އުމުރަށްވެސް ދެމިގެންދާ ވަރުގަދަ ލޯތްބަކަށް ވެގެން ދާ މަންޒަރު ފެނެއެވެ. ދަޅު ބުރިބުރިއާއި ޑަބިޔާތަކުގައި ހަމައެއް ނެތި ބެރު ޖެހުމުގެ ތެރެއިން ފޫހިފިލުވަމުން ގޮސް، އާދަޔާ ޚިލާފު ބެރުވެރިއެއްގެ ގޮތުގައި އެތައް ބައެއްގެ ސަމާލުކަން ދަމައިގަތް އެކަކީ ފަލަސްތީނަށް އުފަން ހުސާމް ގާސިމެވެ.

އޭތިމީތީގައި ބެރުޖެހަމުން ބޮޑުވަމުން އައި ހުސާމް، އޭނާގެ އަމިއްލަ ޑްރަމް ސެޓެއް ހޯދުމުގެ ހުވަފެނުގައި ހަގީގީ ކުލަ ޖެއްސީވެސް ޚުދު އޭނާގެ އަމިއްލަ ދެ އަތުންނެވެ. ހުސާމްގެ ޑްރަމް ސެޓަކީ އޭނާގެ އަމިއްލަ މަސައްކަތުން އުފައްދާފައިވާ، އޭނާގެ އަމިއްލަ އީޖާދެކެވެ. މި ޑްރަމް ސެޓް އުފެއްދުމަށްޓަކައި މުޅިންހެންވެސް ބޭނުންކޮށްފައި ވަނީ މީހުން އުކާލާފައިވާ އެކިއެކި ސާމާނުތަކެވެ.

ޑްރަމް ސެޓެއް ހަދަން ބޭނުން ކުރެވިދާނެ ކަމަށް މީގެ ކުރިން މީހަކު ހީވެސް ނުކޮށް ހުރި އެތައް އެއްޗެއް ބޭނުންކޮށްގެން އޭނާ އުފެއްދި ޑްރަމް ސެޓާމެދު ހުސާމް ފަޚުރުވެރިވެއެވެ. އާންމު ޑްރަމް ސެޓްތަކުގައި ހުންނަ ކްރޭޝްގެ ދައުރު އަދާކުރުމަށް ހުސާމް ބޭނުންކުރަނީ ޓްރޭއެކެވެ. ހައި އަދި މީޑިއަމް ޓޮމްސްއަށް ބޭނުންކުރަނީ ޕްލާސްޓިކް ކޮންޓޭނަރުތަކެވެ. ބޭސްގެ ގޮތުގައި ހުސް ފީފާއެއް ބޭނުންކުރާއިރު، ހައި ހެޓްސްގެ ދައުރު އަދާކުރަނީ ސައިކަލު ކްލަޗެވެ.

އެވަރުން އަދި ނިމުނީއެއް ނޫނެވެ. ތާ އަބަދު އިޒްރޭލުގެ ބިރުދެއްކުމާއި ފުރައްސާރައިގެ ޝިކާރައަކަށް ވަމުންދާ ފަލަސްތީނުގެ ރައްޔިތުން އެ އަޑަކަށް ޖެހިލުންވެ، ބިރުގަންނަ އެއް އަޑު ކަމަށްވާ ރަބަރު ބޭންޑުވެސް ހުސާމްގެ ޑްރަމް ސެޓްގައި ބޭނުންކުރެއެވެ.

މިއުޒިކުގެ ރޮނގުން އުޖާލާ މުސްތަގުބަލެއްގެ އުންމީދުގައި ހުރި ހުސާމަކީ، ދުނިޔޭގައި މި ވަގުތު އޮތް އެންމެ ބޮޑު، އަނގަމަތި ހާ ޖަލު ނުވަތަ ޣައްޒާއަށް އުފަން ޒުވާނެކެވެ.

އޭނާ މިއަދު އެވަނީ، ހުސް ވަގުތު ފަޅު ފިލުވާލުމަށް، އަތުން މާ ގިނަ ފައިސާތަކެއް ޚަރަދު ނުކޮށްވެސް މަސައްކަތްތަކެއް ކުރެވިދާނެ ކަން، ކިތަންމެ ހާ ރަނގަޅަކަށްވެސް ސާބިތު ކޮށްދީފައެވެ.

މިއަދު ހުސާމަކީ ސޯޝަލް މީޑިއާގައިވެސް މަގުބޫލުވަމުން އަންނަ، އަދި ގިނަ ބަޔަކަށް ފަރިތަ ބެރުވެރިއެކެވެ.

ޒުވާނުން ކަމަށް ބަލާ އުމުރުފުރައަކީ 18 އަހަރާ 29 އަހަރާ ދެމެދު ކަމަށް ވާއިރު، ފަލަސްތީނުގެ ޒުވާނުންގެ އާބާދީގެ 21.5 ޕަސެންޓް މީހުން ދިރިއުޅެނީ ޣައްޒާގައެވެ. ޣައްޒާއަކީ އިގްތިސާދީ އަދި މާލީ ގޮތުން އިނދަޖެހިފައި އޮތް ސިޓީއެކެވެ. ވަޒީފާ ނުލިބުމުގެ މައްސަލައަކީ ޣައްޒާގެ ޒުވާނުންނަށް ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު އެއް ތަކުލީފެވެ. ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންގެ ތެރެއިން 2 ބައިކުޅަ 1 ބަޔަށްވުރެ ގިނަ މީހުންނަކީ ފަގީރު ކަމަށް ބަލާ މިންގަނޑަށްވުރެ ދެރަ، ނިކަމެތި ހާލަތުގައި ދިރިއުޅެން މަޖުބޫރު ވެފައިވާ ބައެކެވެ. ޣައްޒާގެ އާބާދީގެ 80 ޕަސެންޓް މީހުންނަކީ އިންސާނީ އެހީއަށް ބަރޯސާވެފައިވާ ބައެކެވެ.

ޑްރަމްޣައްޒާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު