Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން - އިސްރާއީލް

ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ރަސްމީކޮށް ހަނގުރާމަ އިއުލާނުކޮށްފި

އިސްރާއީލުން ޣައްޒާގެ ބޯޑަރު ސަރަހައްދަށް ބަރުހަތިޔާރާއި ޓޭންކަރުތައްވެސް ޖަމާކުރަން ވަނީ ފަށާފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2023 | ހޯމަ 10:18
އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ނަތަންޔާހޫ

އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ނަތަންޔާހޫ

އިސްރާއީލުން ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް ރަސްމީކޮށް ހަނގުރާމަ އިއުލާނުކޮށްފިއެވެ.

ރަސްމީކޮށް ހަނގުރާމަ އިއުލާންކޮށްފައި ވާއިރު، ޣައްޒާގައި އަސްކަރީ ބޮޑު އޮޕަރޭޝަނެއްވެސް މިހާރު އިސްރާއީލް ސިފައިން ވަނީ ފަށާފައެވެ. އަދި ޣައްޒާގެ ބޯޑަރު ސަރަހައްދަށް ބަރުހަތިޔާރާއި ޓޭންކަރުތައް ޖަމާކުރަންވެސް ވަނީ ފަށާފައެވެ.

މިފަހަރުގެ މި ބޮޑު ހަމަނުޖެހުންގަނޑު ފެށިފައި މިވަނީ، މިދިޔަ ހޮނިހިރު ދުވަހު އިސްރާއީލުގެ ހަނގުރާމަވެރި ޖަމާއަތަކުން ދިން ކުއްލި ހަމަލާގައި އިސްރާއީލުގެ އެތައް ސަތޭކަ ބަޔަކު މަރުވުމާ ގުޅިގެންނެވެ.

ފަލަސްތީނާއި އިސްރާއީލާ ދެމެދު އެތައް މަހެއްވަންދެން ހަމަނުޖެހުންތައް އިތުރުވެފައި ވީނަމަވެސް ހަމާސްއިން ދިން މި ހަމަލާއަކީ އިސްރާއިލަށް ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީ ކަމަށް، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބަދަލު ހިފާނެކަމުގެ އިންޒާރު ދެއްވައި، ކުރިއަށް އޮތް ތަނުގައި "ދިގު އަދި އުނދަގޫ ހަނގުރާމައަކަށް" ތައްޔާރުވަމުން އަންނަ ކަމަށް ބުނެފައެވެ. އޭނާ ވަނީ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު މީހުން "މިހާރު މިހާރަށް އެތަނުން ދިއުމަށް" ގޮވާލައްވާފައެވެ.

މިދިޔަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހާ ހަމައަށް ހަމާސްއިން ވަނީ، އިސްރާއީލަށް އެތައް ހާސް ރޮކެޓް ހަމަލާތަކެއް ދީފައެވެ.

ހޮނިހިރު ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާއާ ގުޅިގެން އިޒްރޭލުގައި މަރުވި މީހުންގެ އަދަދު 500އަށްވުރެ މައްޗަށް އަރާނެކަމަށް ސީއެންއެންގެ އެނަލިސިސްއިން ދައްކާފައިވާއިރު، 2،000ށްވުރެ ގިނަ މީހުން ޒަޚަމްވެފައި ވާކަމަށް އިޒްރޭލުގެ ސިއްހީ ވުޒާރާއިން ބުނެއެވެ.

ފަލަސްތީނުއިޒްރޭލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު