Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން މަޝްވަރާ ކޮށްފި

މެޖޯރިޓީ ޕާޓީގެ ގޮތުން އެމްޑީޕީން ބޭނުންވަނީ ރިޔާސަތާ ހަވާލުވާން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 7 އޮކްޓޯބަރު 2023 | ހޮނިހިރު 14:55
އެމްޑީޕީ ޕީޖީ ގްރޫޕުން ރައީސްއާ ބައްދަލުކުރެއްވުމުގެ ތެރެއިން

އެމްޑީޕީ ޕީޖީ ގްރޫޕުން ރައީސްއާ ބައްދަލުކުރެއްވުމުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމަންޓްރީ ގްރޫޕުން މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ ހޮނިހިރު ދުވަހު އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެމްބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއެކު ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ. މި ބައްދަލުކުރެއްވުމުގައި ދައުލަތުގެ ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

"ރާއްޖެ އެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލު ކުރެއްވުމުގައި ޕީޖީ ގްރޫޕުގެ މެމްބަރުން ވަނީ އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރަން ޖެހޭތީ މަޖިލީހުގައި މެޖޯރިޓީ އޮތް ޕާޓީގެ ގޮތުން މަޖިލީހުގެ ރިޔާސަތާ އެ ޕާޓީން ހަވާލުވާން ޖެހޭކަން ފާހަގަކުރައްވާފައެވެ. އެހެންވެ، ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމަށް ވަނީ މަޝްވަރާ ކޮށްފައެވެ.

ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވީ އެމްޑީޕީގައި ހުންނަވައިގެންނެވެ. ނަމަވެސް އެމަނިކުފާނު ވަނީ އެމްޑީޕީ ދޫކުރައްވައި ދަ ޑިމްކޮރެޓްސްއާ ގުޅިވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާ އެމްޑީޕީން ހަވާލުވުމުގެ އިތުރުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ތައްޔާރުވުމާ ގުޅޭގޮތުންނާއި ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ޕީޖީ ގްރޫޕުގެ މެމްބަރުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި ސަރުކާރު ހިންގާނެ ގޮތާ ގުޅޭގޮތުން ވެސް މެމްބަރުން ވަނީ ރައީސަށް ލަފާ ދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
12 އޮކްޓޯބަރު 2025

"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"

12 އޮކްޓޯބަރު 2025
"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"
07 އޮކްޓޯބަރު 2025

އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި

07 އޮކްޓޯބަރު 2025
އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު